ކަމަލާ ހެރިސް
ރަސްމީ ފޮޓޯ، 2021
49 ވަނަ އެމެރިކާގެ ނައިބު ރައީސް
މަޤާމާ ހަވާލުވެވަޑައިގަތީ
ޖެނުއަރީ 20، 2021
ރައީސްޖޯ ބައިޑަން
ކުރިން ހުންނެވީމައިކް ޕެންސް
ފަހުން ވަޑައިގަތީ
އެމެރިކާގެ ކެލިފޯނިއާގެ ސެނެޓަރ
މަޤާމުގައި
ޖެނުއަރީ 3، 2017 – ޖެނުއަރީ 18، 2021
ކުރިން ހުންނެވީބާބަރާ ބޮކްސަރ
ފަހުން ވަޑައިގަތީ
32 ވަނަ ކެލިފޯނިއާގެ އެޓާނީ ޖެނެރަލް
މަޤާމުގައި
ޖެނުއަރީ 3، 2011 – ޖެނުއަރީ 3، 2017
ގަވަރނަރޖެރީ ބްރައުން
ކުރިން ހުންނެވީޖެރީ ބްރައުން
ފަހުން ވަޑައިގަތީ
ސަން ފްރެންސިސްކޯގެ ޑިސްޓްރިކްޓް އެޓާނީ
މަޤާމުގައި
ޖެނުއަރީ 8، 2004 – ޖެނުއަރީ 3، 2011
ކުރިން ހުންނެވީޓެރެންސް ހަލީނާން
ފަހުން ވަޑައިގަތީ
އުފަންވީ
ކަމާލާ ދޭވީ ހެރިސް

(1964-10-20) އޮކްޓޯބަރ 20, 1964 (60 އަހަރު )
އޮކްލެންޑް، ކެލިފޯނިއާ
ސިޔާސީ ޕާޓީޑިމޮކްރެޓިކް
އަނބި ނުވަތަ ފިރިޑަގް އެމްހޯފް
މައިންބަފައިން
ދިރިއުޅެނީއެއް ނަންބަރު އޮބްޒަވޭޓަރީ ސާރކަލް
ތަޢުލީމް
ސޮއި
ވެބްސައިޓްކެމްޕޭން ވެބްސައިޓް

ކަމަލާ ދޭވީ ހެރިސް (އިނގިރޭސިބަހުން: Kamala Harris؛ އުފަންވީ 20 އޮކްޓޯބަރ 1964) އަކީ އެމެރިކާގެ ސިޔާސީ އަދި ޤާނޫނީ ވަކީލެކެވެ. އޭނާ އަންނަނީ 2021 އިން ފެށިގެން އެމެރިކާގެ 49 ވަނަ އަދި މިހާރުގެ ނައިބު ރައީސްގެ މަޤާމުގައި، ރައީސް ޖޯ ބައިޑަންއާއެކު ޚިދުމަތް ކުރަމުންނެވެ. އޭނާއަކީ އެމެރިކާގެ ފުރަތަމަ އަންހެން، އެފްރިކަން އެމެރިކަން، އަދި އޭޝިއަން އެމެރިކަން ނައިބު ރައީސްއެވެ. މިއީ އެމެރިކާގެ ތާރީޚުގައި އެންމެ މަަތީ މަޤާމެއް ފުރާ އަންހެން ބޭފުޅެކެވެ. ހެރިސްއަކީ 2024 ގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެވެ. އޭނާ ވަނީ 2017 އިން 2021 އަށް އެމެރިކާގެ ސެނެޓުގައި ކެލިފޯނިއާގެ ޖޫނިއަރ ސެނެޓަރެއްގެ ގޮތުގައި، އަދި އޭގެ ކުރިން ކެލިފޯނިއާގެ އެެޓަރނީ ޖެނެރަލްގެ ގޮތުގައި ޚިދުމަތްކޮށްފައެވެ.

އޯކްލެންޑް، ކެލިފޯނިއާގައި އުފަންވި ހެރިސް ވަނީ ހަވާރޑް ޔުނިވަރސިޓީ އަދި ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ހޭސްޓިންގްސް ކޮލެޖް އޮފް ލޯ އިން ގްރެޖުއޭޓްވެފައެވެ. އޭނާގެ ޤާނޫނީ ކެރިއަރ ފެށުނީ އަލަމީޑާ ކައުންޓީގެ ޑިސްޓްރިކްޓް އެޓަރނީ (ޑީއޭ) ގެ އޮފީހުގައެވެ. އޭގެ ފަހުން އޭނާ ސަން ފްރެންސިސްކޯ ޑީއޭގެ އޮފީހަށް އަދި ފަހުން ސަން ފްރެންސިސްކޯ ސިޓީ އެޓަރނީގެ އޮފީހަށް ރެކްރޫޓްކުރެވުނެވެ. އޭނާ 2003 ގައި ސަން ފްރެންސިސްކޯގެ ޑީއޭ އަށް އަދި 2010 ގައި ކެލިފޯނިއާގެ އެޓަރނީ ޖެނެރަލްގެ މަޤާމަށް އިންތިޚާބުވިއެވެ. އަދި 2014 ގައި އެޓަރނީ ޖެނެރަލްގެ މަޤާމަށް އަލުން އިންތިޚާބުވިއެވެ. އޭނާއަކީ މި މަޤާމުތަކަށް އިންތިޚާބުވި ފުރަތަމަ އަންހެން، ފުރަތަމަ އެފްރިކަން އެމެރިކަން، އަދި ފުރަތަމަ އޭޝިއަން އެމެރިކަން ބޭފުޅެވެ.

ހެރިސްއަކީ 2017 އިން 2021 އަށް ކެލިފޯނިއާގެ ޖޫނިއަރ ޔޫ.އެސް ސެނެޓަރެވެ. އޭނާ 2016 ގެ ސެނެޓް އިންތިޚާބު ކާމިޔާބުކޮށް، ޔޫ.އެސް ސެނެޓަށް އިންތިޚާބުވި ދެވަނަ އަސްވަދު އަންހެން ބޭފުޅާ އަދި ފުރަތަމަ ސައުތު އޭޝިއަން އެމެރިކަން ބޭފުޅާއަށް ވެގެންދިޔައެވެ. ސެނެޓަރެއްގެ ހައިސިއްޔަތުން، ހެރިސް ވަނީ ހަތިޔާރު ކޮންޓްރޯލްކުރުމުގެ ހަރުކަށި ޤާނޫނުތަކަކަށް، ޑްރީމް އެކްޓަށް، ފެޑެރަލް ފެންވަރުގައި ކެނެބިސސް ޤާނޫނީކުރުމަށް، އަދި ޞިއްޙީ ފަރުވާ އާއި ޓެކްސް ނެގުމުގެ އިޞްލާޙުތަކަށް ވަކާލާތުކޮށްފައެވެ.

ކުރީކޮޅުގެ ދިރިއުޅުން

އުނިއިތުރު ގެންނަވާ

ކަމަލާ ދޭވީ ހެރިސް އުފަންވީ 20 އޮކްޓޯބަރު 1964 ގައި، އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ އޯކްލަންޑުގައެވެ.[1][2] އޭނާގެ މަންމަ، ޝިޔާމަލާ ގޯޕާލަން، އަކީ އިންޑިއާއިން 1958 ގައި އެމެރިކާއަށް އައި ބަޔޮލޮޖިސްޓެކެވެ. އޭނާ އައީ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ބާރކްލީގައި އެންޑޮކްރިނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށެވެ. އޭނާގެ 40 އަހަރުގެ ދިގު ރިސާރޗް ކެރިއަރުގައި، ޕްރޮޖެސްޓެރޯން ރިސެޕްޓަރ ޖީނުގެ މައްޗަށް ކުރި މަސައްކަތުން ގައިނާރުގެ ކެންސަރު ދިރާސާކުރުމުގައި ކުރިއެރުންތަކެއް ލިބުނެވެ. ކަމަލާގެ ބައްޕަ، ޑޮނަލްޑް ޖޭ. ހެރިސް، ޖަމައިކާއިން އެމެރިކާއަށް އައީ 1961 ގައެވެ. އޭނާވެސް ޔުސީ ބާރކްލީގައި ކިޔެވުމަށް ވަނެވެ. އަދި ޑިވެލޮޕްމަންޓް އިކޮނޮމިކްސްގެ ދާއިރާއިން ތަޚައްޞުޞްވިއެވެ. އޭނާއަކީ ސްޓޭންފޯޑް ޔުނިވަރސިޓީގެ އިކޮނޮމިކްސް ޑިޕާރޓްމަންޓުގައި ދާއިމީ މަޤާމެއް ލިބުނު ފުރަތަމަ އަސްވަދު އިލްމުވެރިޔާއެވެ. އަދި މިހާރު އެތަނުގައި އެމެރިޓަސް މަޤާމު އަދާކުރައްވައެވެ. ކަމަލާ ހެރިސްގެ މައިންބަފައިން ބައްދަލުވީ 1962 ގައެވެ. އަދި ކައިވެނިކުރީ 1963 ގައެވެ. ކަމަލާ އާއި މާޔާ ހަފްތާ ބަންދުގައި އުޅެނީ ޕާލޯ އަލްޓޯގައި ހުރި އެމީހުންގެ ބައްޕަގެ ގޭގައެވެ. އަދި ހަފްތާ ދުވަސްތަކުގައި އުޅެނީ ބާރކްލީގައި ހުރި އެމީހުންގެ މަންމަމަގެ ގޭގައެވެ. ޝިޔާމަލާއަކީ އޯކްލަންޑް އަދި ބާރކްލީގައި ތިބި އެފްރިކަން-އެމެރިކަން ސިޔާސީ އަދި އިޖްތިމާޢީ ޙަރަކާތްތެރިންނާއި އިލްމުވެރިންނާ ރަޙްމަތްތެރިކަން އޮތް މީހެކެވެ.

ހެރިސް ޢާއިލާ ދިރިއުޅުނީ ކެލިފޯނިއާގެ ބާރކްލީގައެވެ. 1966 ގައި، ކަމަލާގެ ދެވަނަ އުފަންދުވަސް އައުމާ ކައިރިވެފައިވަނިކޮށް، އެމީހުން އެހެން ތަނަކަށް ބަދަލުވިއެވެ. އެމީހުން އެތައް އަހަރެއް ވަންދެން ދިރިއުޅުނީ މިޑްވެސްޓުގެ ކޮލެޖު ރަށްތަކުގައެވެ. އެތަންތަނުގައި އެމީހުންގެ މައިންބަފައިން ކިޔަވައިދިނުމުގެ ނުވަތަ ރިސާރޗްގެ މަޤާމުތައް އަދާކުރިއެވެ. މ. މިގޮތުން އެމީހުން ދިރިއުޅުނު ތަންތަނުގެ ތެރޭގައި އިލިނޮއިސްގެ އަރބާނާ (ކަމަލާގެ ދައްތަ މާޔާ އުފަންވީ މިތަނުގައި 1966 ގައި)، އިލިނޮއިސްގެ އެވަންސްޓަން، އަދި ވިސްކޮންސިންގެ މެޑިސަން ހިމެނެއެވެ. 1970 އާ ހަމައަށް އައިއިރު އެމީހުންގެ ކައިވެނި ވަނީ ފަސޭހަނޫން ހާލަތަކަށް ގޮސްފައެވެ. އަދި ޝިޔާމަލާ އޭނާގެ ދެ އަންހެން ދަރިންނާއެކު ކެލިފޯނިއާއަށް އެނބުރި ދިޔައެވެ. ކަމަލާގެ އުމުރުން 7 އަހަރުގައި އެމީހުން ވަރިވިއެވެ. 1972 ގައި ޑޮނަލްޑް ހެރިސް ސްޓޭންފޯޑް ޔުނިވަރސިޓީގައި މަޤާމެއް ޤަބޫލުކުރިއެވެ. ކަމަލާ އާއި މާޔާ ހަފްތާ ބަންދުގައި އުޅެނީ ޕާލޯ އަލްޓޯގައި ހުރި އެމީހުންގެ ބައްޕަގެ ގޭގައެވެ. އަދި ހަފްތާ ދުވަސްތަކުގައި އުޅެނީ ބާރކްލީގައި ހުރި އެމީހުންގެ މަންމަމަގެ ގޭގައެވެ. ޝިޔާމަލާއަކީ އޯކްލަންޑް އަދި ބާރކްލީގައި ތިބި އެފްރިކަން-އެމެރިކަން ސިޔާސީ އަދި އިޖްތިމާޢީ ޙަރަކާތްތެރިންނާއި އިލްމުވެރިންނާ ރަޙްމަތްތެރިކަން އޮތް މީހެކެވެ. 1976 ގައި ހެރިސްގެ މަންމަ މެކްގިލް ޔުނިވަރސިޓީ ސްކޫލް އޮފް މެޑިސިންގައި ރިސާރޗް މަޤާމެއް ޤަބޫލުކުރައްވައި، އޭނާގެ ދެ ދަރިފުޅުންނާއެކު މޮންޓްރިއަލް، ކިއުބެކްއަށް ބަދަލުވެވަޑައިގެންނެވިއެވެ. ހެރިސް 1981 ގައި މޮންޓްރިއަލްގެ ވެސްޓްމައުންޓް ހައި ސްކޫލުން ގްރެޖުއޭޓްވިއެވެ.

ހެރިސް 1981-82 ގައި މޮންޓްރިއަލްގެ ވެނިއަރ ކޮލެޖުގައި ކިޔެވިއެވެ. އޭގެ ފަހުން އޭނާ ވޮޝިންގްޓަން ޑީ.ސީ ގައި ހުންނަ، ތާރީޚީގޮތުން ކަޅު ނަސްލުގެ މީހުންނަށް ޚާއްޞަ ޔުނިވަރސިޓީއެއް ކަމުގައިވާ ހަވާރޑް ޔުނިވަރސިޓީއަށް ވަދެވަޑައިގަތެވެ. ހަވާރޑްގައި އޭނާ "ޑިވައިން ނައިން" ގެ ތެރެއިން އެއް ޖަމްޢިއްޔާ ކަމުގައިވާ އަލްފާ ކަޕާ އަލްފާގެ މެންބަރަކަށްވިއެވެ. އޭނާ 1986 ގައި ޕޮލިޓިކަލް ސައިންސް އަދި އިކޮނޮމިކްސް ދާއިރާއިން ޑިގްރީ ހާސިލުކުރެއްވިއެވެ. އޭގެ ފަހުން ހެރިސް ސަން ފްރާންސިސްކޯގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ހޭސްޓިންގްސް ކޮލެޖް އޮފް ލޯއަށް ވަދެވަޑައިގަތެވެ. އެތަނުގައި އޭނާ ބްލެކް ލޯ ސްޓޫޑެންޓްސް އެސޯސިއޭޝަންގެ ޗެޕްޓަރުގެ ރައީސްކަން ކުރެއްވިއެވެ. އޭނާ 1989 ގައި ޖުުރިސް ޑޮކްޓަރ ހާސިލުކުރެއްވިއެވެ.

  1. Kim, Catherin; Stanton, Zack (August 11, 2020). "55 Things You Need to Know About Kamala Harris". Politico. Archived from the original on August 22, 2020. Retrieved August 23, 2020.
  2. United States Congress. "ކަމަލާ ހެރިސް (id: H001075)". Biographical Directory of the United States Congress. Retrieved May 20, 2020.