ކައްޓަލަ(އިނގިރޭސި ބަހުން: Ipomoea batatas)ނުވަތަ (އިނގިރޭސި ބަހުން: Sweet potato) އަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ކައްޓަލައަކީ ބިންމަތީގައި ފެތުރިފައިވާ ވެލަކުން ބިމުގެ އަޑިއަށް ފައިބައިގެން ހެދޭ އެއްޗެކެވެ. ކައްޓަލައިގެ ތަފާތު ވައްތަރު ތައް ހުރެއެވެ. ކައްޓަލައިގައި ސްޓާރޗްގެ އިތުރުން ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން ބީ6 އެކުލެވިގެން ވެއެވެ. އަދި ފައިބަރު ވެސް ގިނަ އަދަދަކަށް ހުރެއެވެ. ހަކުރު ބަލީގެ މީޙުންނަށް ރަގަޅު އެއްޗެއް ކަމަށް ކައްޓަލަ ވަނީ ދިރާސާ ތަކުން ދައްކާފައެވެ.

ބިމުން ނަގާފައިވާ ކައްޓަލަތަކެއް