ކަޅުފެން ހުން

ކަޅުފެން ހުން(އިނގިރޭސި ބަހުން: Black water fever) އަކީ މެލޭރިޔާ ޖެހި ގިނަ ދުވަސްވުމުން ކުރިމަތިވާ ހުމެކެވެ. މިވައްތަރުގެ ހުން ޖެހެނީ މެލިގްނަންޓް މެލޭރިޔާ ތަކުރާރުކޮށް ޖެހުމުން ނުވަތަ މެލޭރިޔާ ޖެހުމުން ދެވޭ ކިނިން ތެރަޕީ ނުވަތަ ކިނިން ބޭނުންކޮށްގެން ދެވޭ ފަރުވާ ފުރިހަމަ ނުކުރެވުމުންނެވެ.

މިވައްތަރުގެ ހުން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޭމަދުވުން އަދި ރީނދޫވުން ފަދަ މައްސަލަތައް ހިމެނެއެވެ. އަދި ކުޑަކަމުދާ ތަކެތި ކުލަ ގަދަ ރަތް ނުވަތަ ކަޅު ކުލައަކަށް ބަދަލުވެއެވެ.