ކަޅުކައްޅަ(އިނގިރޭސި ބަހުން: Pedilanthus tithymaloides)ނުވަތަ(އިނގިރޭސި ބަހުން: Zig zag plant)އަކީ ޅަނދޮޅުކޮށް ހެދޭ ދުރުދުރުގައި ފަތް ހުންނަ ގަހެކެވެ. މިގަހުގެ ފަތް އެތުރިފައި ހުންނަނީ ގޮފީގެ ދެފަރާތުގައި އެއްފަތް އަނެއްފަތާ ދިމާވާގޮތަށެވެ. މިއީ ބޯކޮށް ހުންނަ އާވިރަހަލާ ފަތެކެވެ. ފަތުގައި ހުންނަނީ ގަދަ ފެހިކުލައެވެ. މިގަހުގެ ގަސްގަނޑުގެ ކުލައަކީވެސް ގަދަފެހިކުލައެވެ. މިއީ ވަރަށް ކިރު ގިނަ ގަހެކެވެ. ކަޅުކައްޅަ ފަތަކީ ކެއުމުގައި ބޭނުންކުރެވޭ ފަތެކެވެ. އާންމުކޮށް ބޭނުންކުރެވެނީ ސަޓަނި ހަދައިގެން ކެއުމަށެވެ.

ކަޅުކައްޅަ