ކަރަން ކަޕޫރު އަކީ ޝަޝީ ކަޕޫރު ދޮށީ ފިރިހެން ދަރި އެވެ. މޮޑެލް ކުރުމުގެ އިތުރުން ފޮޓޯ ގްރަފީގެ މަސައްކަތުގައި ހަރަކާތްތެރިވާ ކަރަން ކަޕޫރު ވަނީ ހިންދީ މަދު ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. އޭގެ ތެރޭގައި 1986 ވަނަ އަހަރު ނިކުމެފައިވާ އަފްސަރު، ލޯހާ، އަދި ސަލްޓަންޓް ފަދަ ފިލްމްތައް ހިމެނެއެވެ.

ފިލްމާއި މޮޑެލް ކުރުމުގެ މަސައްކަތް ހުއްޓާލިޔަސް މިހާރު ފޮޓޯ ގްރާފަރެއްގެ ގޮތުން ކަރަން ކަޕޫރު ހަރަކާތްތެރި ވެއެވެ. އިސްކޮޅުގައި 6ފޫޓް ހުންނަ ކަރަން މިހާރު ދިރިއުޅެނީ އަންހެނުން އަދި ދަރިފުޅާއެކު އިގިރޭސި ވިލާތުގެ ވެރިރަށް ލަންޑަން ގައެވެ.