ކަށީގެ ކެންސަރު
ހަށިގަނޑުގައިވާ ކަށީގެ އެންމެ މުހިއްމު ބޭނުމަކީ ހަށިގަނޑުގައިވާ ގުނަވަންތައް ރައްކާތެރި ކުރުމެވެ. އަދި ލޭގައި ހިމެނޭ ސެލްތައް އުފައްދަނީ ކަށީގެ މަދުންނެވެ. އަދި ހަށިގަނޑު ހަރަކާތް ތެރިކުރުމުގައި ވެސް ކަށި މުހިއްމު ދައުރެއް ކުޅެއެވެ.
ސަބަބު އުނިއިތުރު ގެންނަވާ
ވަކި ސަބަބެއް ހޯދިފައެއް ނުވެއެވެ.
ބާވަތްތައް އުނިއިތުރު ގެންނަވާ
- އޮސްޓިއޯޖެނިކް ސާރކޯމާ
- އެވިންގްސް ސާރކޯމާ
- މަލްޓިޕްލް މައިލޯމާ
އޮސްޓިއޯޖެނިކް ސާރކޯމާ އުނިއިތުރު ގެންނަވާ
އޮސްޓިއޯ ޖެނިކް ސާރކޯމާ އަކީ އުމުރުން 25-10 އަހަރާ ދެމެދުގެ ފިރިހެނުންނާއި ފިރިހެން ކުދިންނަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ. ގިނައިން ޖެހެނީ އަތާއި ފައިގެ ކަށިތަކަށެވެ.
އަލާމާތްތައް އުނިއިތުރު ގެންނަވާ
- ކަށިގަނޑުގެ ބަލިޖެހިފައިވާ ހިސާބު ތަދުވުމާއި ދުޅަވުން
- ބަރުދަން ލުއިވުން
- ވަރުބަލިވުން
- މާބޮޑު އަނިޔާއެއް ލިބުމެއްނެތި ކަށިގަނޑު ދުޅަވެފައިވާ ހިސާބުން ބިއްދައިގެންދިއުން
މިބާވަތުގެ ކެންސަރު ބައެއް ފަހަރު ފުއްޕާމެޔަށާއި، އަދި އެހެން ހިސާބުތަކުގެ ކަށިތަކަށް ވެސް ފެތުރޭގޮތް ވެއެވެ.
ފަރުވާ އުނިއިތުރު ގެންނަވާ
- އޮޕަރޭޝަން ކުރުން
==* ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
އެވިންގްސް ސާރކޯމާ އުނިއިތުރު ގެންނަވާ
އެވިންގްސް ސާރކޯމާ އަކީ ކަށީގައި ކެންސަރުގެ ގަނޑު އުފެދުމެވެ. އުމުރުން 15-5 އަހަރާއި ދެމެދުގެ ކުދިންނަށް އާންމުކޮށްޖެހޭ ކެންސަރުގެ ބާވަތެކެވެ.
އަލާމާތްތައް އުނިއިތުރު ގެންނަވާ
އޮސްޓިއޯޖެނިކް ސާރކޯމާ އާއި އެވިންގްސް ސާރކޯމާގެ އަލާމާތްތައް ތަފާތެއް ނެތެވެ. ބަލިޖެހިފައިވާ ހިސާބުގެ ކަށިގަނޑުގައި ރިހުމާއި، އެއްދުވަހުން އަނެއްދުވަހަށް ރިހުން ބޮޑުވަމުންދިއުމާއި، ބަލިޖެހިފައިވާ ހިސާބުގެ ކަށިގަނޑު ދުޅަވުން ހިމެނެއެވެ.
ފަރުވާ އުނިއިތުރު ގެންނަވާ
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. މިކެންސަރަށް ފަރުވާ ކުރުމުގައި އޮޕަރޭޝަންގެ ނަތީޖާ މާރަގަޅު ނޫންކަންވަނީ ފާހަގަ ކުރެވިފައެވެ.
މަލްޓިޕްލް ސާރކޯމާ އުނިއިތުރު ގެންނަވާ
އާންމު ގޮތެއްގައި މިބާވަތުގެ ކެންސަރު ޖެހެނީ ކަށީގެ މަދުގައި އެކުލެވިފައި ހުންނަ ޕްލަސްމާ ސެލް ތަކަށެވެ. ނަމަވެސް ބައެއް ފަހަރު ސޮފްޓް ޓިޝޫއަށް ވެސް މިބާވަތުގެ ކެންސަރު ޖެހެއެވެ. ޕްލާސްމާ ސެލް އަކީ ހަށިގަނޑުގެ ދިފާޢުގައި މަސައްކަތްކުރާ ސެލްއަކަށްވާތީ، މިސެލްތަކަށް ކެންސަރު ޖެހިއްޖެނަމަ، ހަށިގަނޑުގެ ދިފާޢީބާރު ދަށްވެއެވެ. އުމުރުން 30 އަހަރުން ދަށުގެ މީހުންނާއި ކުދީންނަށް މިބާވަތުގެ ކެންސަރު ޖެހުން މަދެވެ. އާންމުކޮށް ޖެހެނީ އުމުރުން 70-60 އަހަރާއި ދެމެދުގެ މީހުންނަށެވެ.
އަލާމާތްތައް އުނިއިތުރު ގެންނަވާ
- ވަރުބަލިވުން
- ބަރުދަން ލުއިވުން
- ހުންއައުން
- އެކިއެކި ޖަރާސީމްގެ ސަބަބުން އަވަސްއަވަހަށް ބަލިވުން
- ފަސޭހަ ކަމާއެކު ކަށިބިނދުން
ފަރުވާ އުނިއިތުރު ގެންނަވާ
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. އޮޕަރޭޝަންކުރުމުގެ ނަތީޖާ މާރަގަޅެއް ނޫނެވެ.
މަރުޖިޢުތައް އުނިއިތުރު ގެންނަވާ
- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005