ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު

ޝަޚްސީ ވަނަވަރު

އުނިއިތުރު ގެންނަވާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު، އުފަންވެ ވަޑައިގެންނެވީ 1964 ޖުލައި 09 ވަނަ ދުވަހު، މިލަދުންމަޑުލު އުތުރުބުރީ މަރޮށީގައެވެ. ތަޢުލީމް ހާސިލު ކުރެއްވީ މާލެވަޑައިގެން، މަޖީދިއްޔާ ސްކޫލުންނެވެ. ސާނަވީ ތަޢުލީމް ނިންމަވާ ލެއްވީ 1983 ވަނަ އަހަރުއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު އާއި އަނބިކަނބަލުން ސެލްވިއާ ޙަމީދަށް ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެއް ލިބިވަޑައިގެންފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) އާ ގުޅިވަޑައިގެންނެވީ 1984 މާޗް 13 ވަނަ ދުވަހުއެވެ. ލާންސްކޯޕްރަލް ރޭންކުގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި، ބްރިގޭޑިއރ ޖެނެރަލް އަޙްމަދު މުޙައްމަދު އެންލިސްޓެޑް ތަފާތު ރޭންކުތަކުގައި 8 އަހަރު ޚިދުމަތް ކުރެއްވިއެވެ. ކަމިޝަން އޮފިސަރަކަށް ބަދަލު ކުރެއްވީ 21 އޭޕްރީލް 1992 ގައެވެ. ބްރިގޭޑިއަރ ޖެނެރަލުގެ ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވީ 08 ފެބްރުއަރީ 2009 ގައެވެ. ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދު ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އިސްކުރެއްވީ 2012 މާޗް 04 ވަނަ ދުވަހުއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކުގައި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެނސް ފޯސްގެ މަޤާމުގައެވެ.

އެޕޮއިންޓްމަންޓްތައް

އުނިއިތުރު ގެންނަވާ

އެމްއެންޑީއެފް ހެޑްކްއޯޓާރޒުގެ އެކްޒެކިއުޓިވް އޮފިސަރކަން

އެމްއެންޑީއެފް އިންޖިނިއަރިންގ ސަރިވިސްގެ ކޮމާންޑިންގ އޮފިސަރުކަން

ސަޕްލައި ޔުނިޓުގެ ކޮމާންޑިންގ އޮފިސަރުކަން

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެކްޒެކެޓިވް އޮފިސަރކަން

ރީޖަނަލް ހެޑްކްއޯޓަރޒް ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރުކަން

ރީޖަނަލް ހެޑްކްއޯޓާރޒް ސ. ގަމުގެ ކޮމާންޑިންގ އޮފިސަރުކަން

ކުއިކް ރިއެކްޝަން ފޯސް (ކިއުއާރުއެފް) 1 ގެ ކޮމާންޑިންގ އޮފިސަރުކަން

ޕްލޭނިންގ އެންޑް ރިސަރޗް ޑެވެލޮޕްމަންޓް ވިންގުގެ ކޮމާންޑިންގ އޮފިސަރުކަން

ސިފައިންގެ އެކުވެރި ކުންފުނި (އެސްއީކޭ)ގެ ޗެއަރމަންކަން

ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބު (އެސްއާރުސީ) ގެ ރައީސްކަން

އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަް


ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު އޮފިސަރ ކެޑޭޓް ކޯސް ފުރިހަމަ ކުރެއްވީ ޕާކިސްތާނުގެ ކުއެޓާގައި ހުންނަ ކޮމާންޑް އެންޑް ސްޓާފް ކޮލެޖުންނެވެ. މީގެ އިތުރުން، އޭޝިއާ ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީސް (އޭޕީސީއެސްއެސް) އާއި ހަވާއީ އެންޑް އެން އެލުމްނަސް އޮފް ނިއަރ އީސްޓް ސައުތު އޭޝިއާ ސެންޓަރ ފޮރ ސްޓްރެޓީޖިކް ސްޓަޑީސް އާއި ވޮޝިންގޓަން ޑީސީ އަދި ޖަރުމަނު ވިލާތުގައި ހުންނަ މާޝަލް ޔޫރަޕިއަން ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީސް އިން އެމަނިކުފާނު ތަޢުލީމު ހާސިލު ކުރައްވާފައި ވެއެވެ. ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދު، ގަވަރނަންސް އެންޑް މެނޭޖްމަންޓް އޮފް ޑިފެންސް ކޯސް ފުރިހަމަ ކުރައްވާފައިވަނީ ޖަރުމަނު ވިލާތުގެ ކްރޭންފީލްޑް ޔުނިވަރސިޓީގެ ރޯޔަލް މިލިޓަރީ ކޮލެޖް އޮފް ސައިންސް އިންނެވެ.

ޝަރަފުގެ ނިޝާން

އުނިއިތުރު ގެންނަވާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 މެޑެއްޔާއި 10 ކުލަ ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި އަދި 3 ނޮވެމްބަރުގެ މެޑެލި ހިމެނެއެވެ.


ގަލަމީ ތަސްވީރު

އުނިއިތުރު ގެންނަވާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު (ސާރވިސް ނަންބަރު 826) އަކީ 1984 ވަނަ އަހަރު މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި، ވަފާތެރިކަމާއި އަދި އިޚްލާޞްތެރިމަކާއިއެކު ނަފުސަށްވުރެން ވާޖިބަށް އިސްކަންދީގެން، 30 އަހަރާއި 11 މަހާއި 10 ދުވަހުގެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވައި 2015 ފެބުރުއަރީ 23 ވަނަ ދުވަހު ޝަރަފްވެރިކަމާއިއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދުވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތުގިނަ ކޯސްތައް ފުރިހަމަ ކުރައްވައި، ތަޢުލީމާއި ތަމްރީނާއި އަދި ތަޖުރިބާ ހޯއްދަވާފައެވެ. އޭގެތެރޭގައި އިންޖިނިއަރިންގ، ޓްރާންސްޕޯޓް، މެނޭޖްމަންޓް، ލޮޖިސްޓިކްސް، ލީޑަރޝިޕް، ސެކިއުރިޓީ އަދި އަސްކަރީ ދާއިރާއިން ހައްދަވާފައިވާ ތަމްރީނުތަކާއި ޙާޞިލްކުރައްވާފައިވާ ތަޖްރިބާތައް ފާހަގަކުރެވެއެވެ.


ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދުވަނީ ފާހަގަކުރަންޖެހޭފަދަ، ކޮމާންޑް އަދި ސްޓާފް މުހިންމު މަޤާމްތަކެއް ފުރުއްވާ އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު ސިފައިންގޭގައި އަދާކުރެއްވި މުހިންމު މަޤާމުތަކުގެ ތެރޭގައި އެން.އެސް.އެސް މޯޓަރ ޓްރާންސްޕޯޓްގެ އޮފިސަރ ކޮމާންޑިންގެ މަޤާމާއި، އެން.އެސް.އެސް އިންޖިނިއަރިންގ ސާރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އޮފީސް އޮފް ދަ ޗީފް އޮފް ސްޓާފްގެ އެގްޒެކެޓިވް އޮފިސަރުގެ މަޤާމާއި، ޑިފެންސް މިނިސްޓްރީގެ އެގްޒެކެޓިވް އޮފިސަރުގެ މަޤާމާއި، އާރު.އެޗް.ކިޔު ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އާރު.އެޗް.ކިޔު ސ. ގަންގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ކިޔު.އާރ.އެފް ޔުނިޓް 2 ގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ކިޔު.އާރ.އެފް ޔުނިޓް 3 ގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ކިޔު.އާރ.އެފް ޔުނިޓް 2 ގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އެން.އެސް.އެސް ސަޕްލައި ޔުނިޓްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ޕްލޭނިންގ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ވިންގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އެސް.އީ.ކޭގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، އެސް.އާރު.ސީގެ ރައީސްކަމުގެ މަޤާމާއި، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގެ ކޮމާންޑަރުގެ މަޤާމް ހިމެނެއެވެ. އަދި، ޚިދުމަތްތަކުގެ ތެރޭގައި، ސިފައިންގެ އޮނިގަނޑުގައި ހިމެނޭ ގިނަ ބޯޑްތަކާއި، ކޮމިޓީތަކުގެ މެމްބަރުކަން ގިނަދުވަސްތަކެއްވަންދެން ކުރެއްވުމުގެ އިތުރަށް ޕްރޮމޯޝަން ބޯޑްގެ ވައިސް ޗެއަރމަންކަމުގެ މަޤާމާއި، ލަފާދޭމަޖްލިސްގެ ވައިސް ޗެއަރމަންކަމުގެ މަޤާމް ފުރުއްވާފައިވާކަން ފާހަގަކުރަމެވެ. ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދު ރިޓަޔަރވެވަޑައިގެންނެވިއިރު ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު ކުރައްވާފައިވާ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، ދިވެހި އަސްކަރިއްޔާއަކީ ޤާބިލް، ޕްރޮފެޝަނަލް އަސްކަރިއްޔާއަކަށް ހެދުމަށްޓަކައި ކުރެވުނު ގިނަގުނަ މަސައްކަތްތަކާއި ސިފައިންގެ ތަރައްޤީއާއި ހިންގުން ހަރުދަނާކުރުމަށް ކުރެވިގެންދިޔަ ގިނަމަސައްކަތްތަކުގައި، މުހިންމު އިސްދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކުރަމެވެ. ހަމައެހެންމެ، ސިފައިންގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚާއްޞަކޮށް ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ކޯޑް އޮފް ކޮންޑަކްޓް އެކުލަވާލައި ވުޖޫދަށް ގެނައުމުގައި ޖެނެރަލް އަޙުމަދު އަދާކުރެއްވި އިސްދައުރު ޚާއްޞަގޮތެއްގައި ފާހަގަ ކުރަންޖެހެއެވެ. އަދި 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާއި، 2003 ސެޕްޓެމްބަރ 19/20 ގައި މާފުށީ ޖަލުގައި ހިނގި ހާދިސާ އާގުޅިގެން ސިފައިން ހިންގި އޮޕަރޭޝަނާއި، 2004 ޑިސެމްބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއާއި، 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާގުޅިގެން އިޚްލާޞްތެރި ކަމާއެކު އަދާކުރެއްވި ޤައުމީ ވާޖިބު ފާހަގަ ކުރެވެއެވެ. އަދި ހދ. އަތޮޅުގެ ކުބުރުދޫ އާއި މާވައިދޫއާއި ފަރިދޫ މީހުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރުމަށް ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލެވިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރެއްގެ އިތުރުން އެ އޮޕަރޭޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ފީލްޑްގައި ހުންނަވައިގެން ޖެނެރަލް އަޙްމަދު ކުރެއްވި ބުރަ އަދި ބަރު މަސައްކަތްތަކުގެ ސަބަބުންކަންވެސް ފާހަގަކުރަމެވެ.


ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު ސިފައިންގޭގައި އިޚްލާޞްތެރިކަމާއި، ވަފާތެރިކަމާއިއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާންގެ ގޮތުގައި 08 މެޑެލް އާއި 10 ކުލަ ލިބިވަޑައިގެންފައި ވެއެވެ.


ޚިދުމަތުގެ ސައިޓޭޝަން

އުނިއިތުރު ގެންނަވާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1984 މާރިޗު 13 ވަނަ ދުވަހުއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއްގެ ވަނީ ފުރުއްވާފައެވެ. އެގޮތުން އެމްއެންޑީއެފް ހެޑްކްއޯޓާރޒުގެ އެކްޒެކިއުޓިވް އޮފިސަރކަމާއި އެމްއެންޑީއެފް އިންޖިނިއަރިންގ ސަރިވިސްގެ ކޮމާންޑިންގ އޮފިސަރުކަމާއި، ސަޕްލައި ޔުނިޓުގެ ކޮމާންޑިންގ އޮފިސަރުކަމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެކްޒެކެޓިވް އޮފިސަރކަން ރީޖަނަލް ހެޑްކްއޯޓަރޒް ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރުކަމައި، ރީޖަނަލް ހެޑްކްއޯޓާރޒް ސ. ގަމުގެ ކޮމާންޑިންގ އޮފިސަރުކަމާއި، ކުއިކް ރިއެކްޝަން ފޯސް (ކިއުއާރުއެފް) 1 ގެ ކޮމާންޑިންގ އޮފިސަރުކަމާއި، ޕްލޭނިންގ އެންޑް ރިސަރޗް ޑެވެލޮޕްމަންޓް ވިންގުގެ ކޮމާންޑިންގ އޮފިސަރުކަމާއި، ސިފައިންގެ އެކުވެރި ކުންފުނި (އެސްއީކޭ)ގެ ޗެއަރމަންކަމާއި، ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބު (އެސްއާރުސީ) ގެ ރައީސްކަމާއި، އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރކަމާއި އެމްއެންޑީއެފް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމް ހިމެނެއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު ދިވެހި އަސްކަރިއްޔާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވީ 4 މާރިޗު 2012 އިން، 23 ފެބުރުވަރީ 2015 އަށެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު ވަނީ 30 އަހަރާއި 11 މަހާއި 10 ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދަކީ ސިފައިންގެ ޤާނޫނާއި ގަވާއިދުތަކަށް ވަރަށް ބޮޑަށް ލޯހުޅުވިފައި ހުންނެވި އެ ޤަވާޢިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއި ބަދަލުތައް ގެންނެވުމުގައި އަސްކަރިއްޔާގެ ކުރިމަގަށް ޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ދިވެހި އަސްކަރިއްޔާގައި ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ޚިދުމަތަކީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ކޮށްދެއްވި އަގުހުރި ޤައުމީ ޚިދުމަތްތަކެވެ. ކޮމާންޑް އަދި ސްޓާފް މުހިންމު މަޤާމްތަކެއް ފުރުއްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު މުޙައްމަދު ވަނީ އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވައިގެން ވަރަށް އަގުހުރި ޚިދުމަތްތަކެއް ދިވެހި އަސްކަރިއްޔާއަށް ކޮށްދެއްވާފައެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ސިފައިންގެ އިދާރީ ހިންގުން ހަރުދަނާކުރެއްވުމަށާއި، ސިފައިންގެ ޤަވާޢިދުތައް އިތުރަށް ހަރުދަނާކުރެއްވުމަށް ކުރެއްވި އަގުހުރި މަސައްކަތްތަކެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު މުޙައްމަދު މަސައްކަތް ކުރައްވާފައިވާ ރޭންކުތަކުގެ ތެރޭގައި ލާންސްކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 2، ވޮރަންޓް އޮފިސަރ ގްރޭޑް 1 ހިމެނެއެވެ. އަދި ކަމިޝަންޑް އޮފިސަރެއްގެ ގޮތުގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކު ހިމެނޭއިރު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ ބްރިގޭޑިއަރ ޖެނެރަލް ރޭންކުގައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު އަސްކަރިއްޔާގައި އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތާއި ދެއްކެވި މަތިވެރި އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 ކުލަ އާއި 9 މެޑެލި ލިބިވަޑައިގެންފައިވެއެވެ. ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ދިވެހި އަސްކަރިއްޔާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 23 ފެބުރުވަރީ 2015 ގައެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދަކީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމަށް ފަހުގައި ވެސް ދިވެހި އަސްކަރިއްޔާ ފަޚުރުވެރިވާފަދަ ހަރުދަނާ އަސްކަރީ އަޚްލާޤެއްގެ މަތީގައި ސާބިތުވެ ހުންނެވި ނަމޫނާ ޝަޚްސިއްޔަތެކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދަކީ ސިފައިންނަށާއި ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ހުރިހާ ބޭފުޅުންނަށް ވެސް ހުރި އައުލާ ރިވެތި މިސާލެކެވެ.