ބޮޑު ރީނދޫ މަސް (ސައިންޓިފިކް ނަން: Lutjanus biguttatus)ނުވަތަ (އިނގިރޭސި ބަހުން: Two-spot banded snapper)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް ގިނައިން ފެންނަނީ ބޮޑެތި އައިން ހަދައިގެން ހިމޭންކޮށް ހުއްޓިގެން ތިއްބައެވެ. މިއީ ރަތްމަހުގެ އާއިލާގެ ގިނަ މަސްމަހާ ޚިލާފަށް ދިގުކޮށް އިންނަ މަހެކެވެ. މިމަސް އަޑީގައި އިންނައިރު މަހުގެ ދެއަރިމަތީގައި ހުންނަ ދެރޮނގާއި ބުރަކަށިމަތީގައި ހުންނަ ދެލަފެއް ވަރަށް ފާޅުކޮށް ފެންނަށް ހުރެއެވެ. މަހުގެ ލޯ ބޮޑުވާނެއެވެ. މިމަސް ގިނައިން އުޅެނީ 25-5 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިމަސް ކައިއުޅެނީ ކުދިމަހާ ކަކުނި ފާނޑުގެ ސޫތްޕެވެ.

ބޮޑު ރީނދޫ މަސް

މަހުގެ މަތީބައިގެ ކުލައަކީ ކަޅުކުލައަކަށްދާ މުށި ކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރަންކުލައަކަށްދާ ރީނދޫ ކުލައެވެ. ތުނބުން ފެށިގެން ލޮލުގެ ތިރިން ހުދުކުލައިގެ ފުޅާ ރޮނގެއް މަހުގެ ދިގަށް ހުރެއެވެ. މަހުގެ ބުރަކަށިމަތީގައި ދެފަރާތުގައި ހުދުކުލައިގެ ދެލައް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ.