ބިންބި(ސައިންޓިފިކް ނަން: Eleusine coracana)ނުވަތަ އަކީ ގޮވާމުގެ ބާވަތެކެވެ. މިއީ އިނގިލިތަކެއްހެން ހުންނަ ކުރާގަނޑެއްގައި ގަންނަ ފުއްކުދި ގޮވާމެކެވެ. މިގޮވާމުގެ ބޭރުގައި ހިލަތޮށްޓެއް ހުންނާނެއެވެ. މިހަރުވީމާ ހުންނާނީ ގަދަރަތްކުލައިގައި ނުވަތަ މުށި ކުލައިގައެވެ. ނުވަތަ ކަޅު ރަތްކުލައިގައެވެ. މިގޮވާމުގެ ފުއްތައް ހުންނަނީ ވަށްކޮށެވެ.

ބިންބި

ބިންބި ތަފާތު ގޮތްގޮތަށް ބޭނުންކުރެއެވެ. އެގޮތުން ބިންބި ފުށްހިލުން، ބިންބިފުށުން ފަތަފޮޅި ފިހުން، އަދި ބިންބި މާޖައްސައިގެން ކެއުން، އަދި ބިންބި އިން ތަފާތު ފޮނި ކާތަކެތި ތައްޔާރު ކުރެއެވެ. ދިވެހި ރާއްޖޭގައި ބިންބި ފުށްހިލައިގެން ކުޑަކުދިންނަށް އާންމު ގޮތެއްގައި ކާންދީ އުޅޭކަން ފާހަގަ ކުރެވެއެވެ.

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

 
ވިކިމީޑިޔާ ކޮމަންސް ގައި މި މަޒްމޫނާއި ގުޅޭ ލިޔުމެއް އެކުލެވިގެންވޭ:
 
Wikibooks
ވިކިފޮތް ކުކްބުކްގައި މިމަޒްމޫނާ ގުޅޭ މަޒްމޫނެއް ޝާއިޢު ކުރެވިފައިވޭ!