ރޮށި އަކީ ގޮދަން ފުށުން ފިހެގެން ތައްޔާރު ކުރާ އެއްޗެކެވެ. ދިވެހިންގެ ކެއުމުގައި ޚާއްޞަކޮށް ހެދުނުގެ ނާސްތާގައި ވަރަށް ގިނައިން ރޮށި ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. ތަފާތު ގޮތްގޮތަށް، ތަފާތު ވައްތަރުގެ ކާތަކެއްޗާއި އެކު ކެއުމަށް ރޮށި ބޭނުންކުރެއެވެ. ރޮށި ކެއުމަށް ބޭނުންކުރާ ގޮތްތަކުގެ ތެރޭގައި، ރިހަ، ގަރުދިޔަ ފަދަ ދިޔާ އެއްޗަކާއެކު މޮޑެގެން ކެއުން، ރިހާކުރު ފަދަ އެއްޗަކާއެކު ޖަހައިގެންކެއުން، އަދި މޮޑެފައި ހުންނަ މަސްގަނޑާއެކު ނުވަތަ ހިކިކޮށް ހަނާކޮށްފައި ހުންނަ މަސްފަދަ އެއްޗަކާއެކު ޖަހައިގެން ކެއުމަށް ބޭނުންކުރުން ފަދަ ގޮތްތައް ހިމެނެއެވެ. ރާއްޖޭގެ އިތުރުން އިންޑިޔާ، އަދި ސްރީލަންކާ ފަދަ ގައުމުތަކުގެ ރައްޔިތުން ވެސް ކެއުމުގައި ރޮށި ފުދޭވަރަކަށް ބޭނުންކުރާ ކަމަށް ވެއެވެ.

ރޮށި