ރާޖު ބައްބަރު
ރާޖު ބައްބަރު (އުފަންވެފައިވަނީ ޖޫން 23، 1952) އަކީ އިންޑިޔާގެ ހިންދީ އަދި ޕަންޖާބީ ފިލްމީ ތަރި އެކެވެ. އުފަންވެފައިވަނީ އިންޑިޔާގެ އާގްރާ އަށެވެ. މިދާއިރާގެ ތަޢުލީމް ޙާޞިލްކުރީ އާގްރާ ކޮލެޖް އަދި ނޭޝަނަލް ސްކޫލް އޮފް ޑްރާމާ އިންނެވެ. އެސުކޫލް ނިންމީ 1975 ވަނަ އަހަރު އެވެ. ސިޔާސީ ދާއިރާގައި މިހާރު ވެސް ހަރަކާތްތެރި ވެލައްވައެވެ. ރާޖު ބައްބަރު ފުރަތަމަ ފިލްމަކުން ފެނިގެންދިޔައީ 1975 ވަނަ އަހަރު ނިކުތް ފިލްމް ކިއްސާ ކުރުސީކާ އިންނެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ތަފާތު އެތައް ފިލްމަކުން އޭނާވަނީ ފެނިގެން ގޮސްފައެވެ. ސިޔާސީ ދާއިރާއިން ރާޖު ބައްބަރު ގުޅިލެއްވީ ސަމަޖުވާދީ ޕާޓީ އާއެވެ. އިންޑިޔާގެ ޕާލަމެންޓްގައި އާގްރާގެ މެންބަރުކަން 3 ފަހަރު ކާމިޔާބު ކުރައްވާފައެވެ. އަމަރު ސިންގ ގެ ފާޑުކިޔުންތަކުގެ ސަބަބުން ރާޖު ބައްބަރު ސަމަޖުވާދީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް އެކަހެރިކުރެވުނެވެ. އޮކްޓޯބަރު 5، 2008 ގައި ރާޖު ބައްބަރު އިންޑިޔާގެ އެންމެ ބޮޑު ސިޔާސީ އެއް ޕާޓީ ކޮންގްރެސް ޕާޓީ އާއި ގުޅިލެއްވި އެވެ.