އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މައި ގުނަވަނަކީ ރަހިމެވެ. ނުވަތަ މިއީ މިނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އެއްގުނަވަނެވެ. ރަހިމުގެ މަތިން ކުރިންވެސް ބުނިހެން ދެފަރާތުގައި ދެ ބިސްދަތުރުކުރާ ހޮޅި ރަހިމާއި ގުޅިފައި ވެއެވެ. ރަހިމުގެ ތިރީ ބަޔަކީ ރަހިމުގެ ކަރެވެ. މިބައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވޭ ގޮތަށެވެ. ބިސްރަވައިގައި އުފައްދާ ބިސް ބިސްދަތުރުކުރާ ހޮޅި ކަނޑަތުކޮށް ރަހިމަށް ވާޞިލްވެ، ފިރިހެނާ ޖިންސީ ގުޅުމުގެ ތެރޭގައި އަންހެނާގެ ހަށިގަނޑަށް ދޫކޮށްލާ މަނަވީ ޙައިވާން އާ ބައްދަލުވެއްޖެނަމަ ބިސް ރަހިމުގައި ފާރުގައި މުޑުވަށްވެ، އިންދައެވެ. އަދި ރަހިމުގެ ތެރޭގައި ދަރިފުޅު އަށަގަނެ ބޮޑުވަމުން އާދެއެވެ.


ދޫކުރާ ހޯރމޯންތައް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕްރޯލެކްޓިން

ޕްރޯލެކްޓިން ނުވަތަ (އިނގިރޭސި ބަހުން: Prolactin)އަކީ ގާތުންދޭ ދުވަސްވަރު ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އެންޓީރިއޯ ޕިޓޫއިޓަރީ ގްލޭންޑް ގައި ހުންނަ ލެކްޓޯޓްރޯޕް(Lactotrope) ސެލްތަކުން އުފައްދައި ދޫކުރެއެވެ. މީގެ އިތުރުން އުރަމަތި އަދި މާބަނޑު ދުވަސްވަރު ރަހިމުގެ ފާރުން ވެސް މިހޯރމޯން އުފައްދައި ދޫކުރެއެވެ. ގާތުން ކިރުދިނުމުގެ ތެރޭގައި ކުޑަ ދަރިފުޅު މައިމީހާގެ އުރަމަތީގައި އަނގަޖަހައި ދަމާލުމުން، ޕްރޯލެކްޓިން އުފެއްދުމަށް ބާރުއަޅައެވެ. ނަތީޖާއެއްގެ ގޮތުން އުރަމައްޗަށް ކިރުއެރި، ފުރެއެވެ. އެއީ ޖެހިގެން އަންނަ ފަހަރު ގާތުންދޭން ވާއިރު ކިރު އުރަމަތީގައި ޖަމާވެފައި ބެހެއްޓުމަށްޓަކައެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރިލަކްސިން

ރިލަކްސިން ނުވަތަ (އިނގިރޭސި ބަހުން: Relaxin) އަކީ 1926 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހޯދުނު ހޯރމޯން އެކެވެ. ތަފާތު 3 ވައްތަރެއް މި ހޯރމޯންގެ ހުރެއެވެ. އަންހެނުންނަށް ނިސްބަތްކުރާއިރު މިހޯރމޯން އުރަމަތީގައި ވެސް އުފެދެއެވެ. އަދި ބިސްރަވައިގައި އުފެދޭ ކޯޕަސް ލޫޓިއަމް(Corpus luteum) އިންވެސް ދޫކުރެއެވެ. މާބަނޑު ދުވަސްވަރު ރަހިމުގެ ފާރުންނާއި، އަދި ވިހާއިރު ތުއްތު ދަރިފުޅާއެކު ފައިބާ މަސް(Placenta) އިންވެސް މިހޯރމޯން ދޫކުރެއެވެ.

އުފެދި ބޮޑުވުން

އުނިއިތުރު ގެންނަވާ

އިތުރު ފޮޓޯތައް

އުނިއިތުރު ގެންނަވާ

އަދިވެސް ބައްލަވާ ލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ