Open main menu

ނޯވޭ، އަކީ އުތުރު ޔޯރަޕުގައި ގާނޫނީ ރަސްކަމެއް ކުރަމުން އަންނަ ގައުމެކެވެ. ނޯވޭ ގެ ލަގަބެއްގެ ގޮތުގައި ބައެއް ފަހަރު ދަމުއިރު ގެ ބިމޭ ކިޔައެވެ.

ނޯވޭ
Kongeriket Norge
Kongeriket Noreg
Flag Coat of arms
Motto: Royal Motto: Alt for Norge (All for Norway)
1814 Eidsvoll oath: Enig og tro til Dovre faller (United and Loyal until the Dovre Mountains fall)
Anthem: Ja, vi elsker dette landet

Capital
and largest city
Oslo
59°56′N 10°41′E / 59.933°N 10.683°E / 59.933; 10.683
Official languages Norwegian¹
Government Constitutional monarchy
Constitution
Independence
 -  Water (%) 6.0%
Population
 -  January 2019 estimate 5,328,212[1] (120th)
 -  2001 census 4,520,947
GDP (PPP) 2017 estimate
 -  Total $377.1 billion[2] (46th)
 -  Per capita $70,665 (3rd)
HDI (2015)0.949[3] HDI_rank = 1st
very high
Currency Norwegian krone (NOK)
Time zone CET (UTC+1)
 -  Summer (DST) CEST (UTC+2)
Calling code 47
Internet TLD .no ³
1Official national language is Norwegian bokmål and nynorsk. Additionally Sami is co-official language of six municipalities and Finnish of one municipality.
2 Excluding Svalbard and Jan Mayen
3 Two more TLDs assigned, but not used: .sj for Svalbard and Jan Mayen; .bv for Bouvet Island

ފިހުރިސްތު

އަވަސް ކަޅިއަކުން ބަލައިލުމެއްEdit

ނޯވޭގެ ރަސްމީ ބަހަކީ ނޮވޭޖިޔަން ބަހެވެ. ނޯވޭ މީހުން ނޯވޭ ބަހުގެ ދެ ވައްތަރެއްގެ ލަހުޖާއަކުން ވާހަކަ ދައްކައެވެ. މި ދެވައްތަރަށް ވެސް ރަސްމީ ގޮތުން ދެވިފައިވަނީ އެއް ހައިސިއްޔަތެވެ. އަދި މީގެ އިތުރުން އިސްކޫލު ތަކުގައި މި ދެ ލަހުޖާ ވެސް ކިޔަވައި ދެވެއެވެ. އުތުރުގައި ތިބި ސާމީ މީހުންގެ ބަހަކީ ސާމީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނޮވޭޖިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޮސްލޯއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ.އަދި ދުސްތޫރީ ރަސްކަމެއް އޮޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 116 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ [4]385207 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ no. .sj , .bv އެވެ. ކޯލިން ކޯޑަކީ +47 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނޮވޭޖިޔަން ކްރޯންއެވެ.

ނަންEdit

ނޯވޭގެ ރަސްމީ ދެ ލަހުޖާއަށް ބަލާއިރުގައި ބޯކްމާލް ލަހުޖާއިން އެ ޤައުމަށް ރަސްމީކޮށް ކިޔާ ނަމަކީ ކޮންގެރިކެޓް ނޮރްގޭއެވެ. ނީނޯސްކް ލަހުޖާއިން ކިޔަނީ ކޮންގެރިކެޓް ނޯރެގްއެވެ. “ނޯވޭ” މި ބަހުގެ އަޞްލަކީ “ނޯ^ް ވޭ” ކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. އަދި މިއިން މަޠްލަބު ކުރެވޭ މާނައަކީ “ދަވޭއި ނޯ^ް ވާޑްސް” ކަމަށް މިފަދަ ބޭފުޅުން ވިދާޅުވެއެވެ.

ޖުޣުރާފީEdit

އިސްކެންޑިނޭވިއާ ބިންދުނީގެ ހުޅަނގު ބައި އޮންނަނީ ނޯވޭގެ އިމުގެ ތެރޭގައެވެ. ނޯވޭގެ އިރުމަތީބައިގެ ބޮޑުބައި ބޯޑަރުގެ ގޮތުން ގުޅިފައި އޮންނަނީ ސްވިޑްންއާއެވެ. ޤައުމުގެ އެންމެ އުތުރުބައި ބޯޑަރުގެ ގޮތުން ގުޅިފައިވަނީ ދެކުނަށް ފިންލޭންޑްއާއެވެ. އިރުމަތީގައި އޮތީ ރަޝިޔާއެވެ. ޑެންމާކު އޮންނަނީ މި ޤައުމުގެ ދެކުނުގައެވެ. އެއީ އެހެން ނަމަވެސް ކަނޑު ހުރަސްކޮށެވެ.

ތާރީޚުEdit

ތާރީހީ ގޮތުން ބަލާއިރު ނޯވޭ ގައި މީހުން ދިރިއުޅެން ފަށާފައިވަނީ އީސާގެފާނުގެ މީލާދުގެ 10،000 އަހަރު ކުރީއްސުރެ އެވެ. ގަލުން ޝިކާރަކޮށް އުޅުނު މީހުންނެވެ. ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުން ނޯވޭގައި ފަށާފައިވަނީ އީސާގެފާނުގެ މީލާދުގެ 4000 އަހަރު ކުރީންނެވެ. ނޯވޭ ޤައުމެއްގެ ގޮތުގައި އެއްބައިވެފައި ވަނީ 872 ވަނަ އަހަރުގައެވެ. އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވައިލެވުނީ 17 މެއި 1814 ގައެވެ. ސްވިޑްންއާ ވަކިވީ 7 ޖޫން 1905 ގައެވެ. ނާޒީ ޖަރުމަނުންގެ ދަށަށް ގޮސްފައިވަނީ 9 އެޕްރީލް 1940 ގައެވެ. މި އަޅުވެތިކަން ނިމުމަކަށް އައިސްފައިވަނީ 8 މެއި 1945 ގައެވެ. ހެރަލްޑް 5 އަށް ނޯވޭ ގެ ރަސްކަން ލިބިވަޑައިގަތީ 1991 މ. ވަނައަހަރުއެވެ.

ޑެމޮގްރަފިކްސްEdit

ނޯވޭ މީހުންނަކީ އަލްމާނީ ނަސްލުގެ ބައެކެވެ. ގައުމުގެ އުތުރުގައި ތިބި ފިއްނީން ނާއި އެތައްހާސް ސާމީން ފިޔަވައި އިތުރު މައިނޯރިޓީ އެއް ނޯވޭއަކު ނެތެވެ. މުޅި ޔޯރަޕަށް ބަލާއިރުވެސް އާބާދީގެ އަކަބުރަ އެންމެ ކުޑަ ގައުމަކީ ނޯވޭއެވެ.

ސަގާފަތުEdit

ނޯވޭގެ ގައުމީ ކަނީސާ އަކީ އަވަންޖާލީ ލުދާރީ ކަނީސާއެވެ. ގާތްގަނޑަކަށް 94 އިންސައްތަ މީހުން ނިސްބަތްވަނީ ކަނީސާއަށެވެ. އަމާމަތު އައްޔަން ކުރަނީ ރަސްގެފާނެވެ. ނޯވޭ ގައި ވަރަށް މަދު އަދަދަކަށް މުސްލިމުން ވެސް އުޅެއެވެ. ނޯވޭ ގައި އާންމު ހަތަރު ޖާމިއާ ހުރެއެވެ. މައިގަނޑު ޖާމިއާ އަކީ އޮސްލޯ ވީ ޖާމިއާ އެވެ. މި ޖާމިއާ އުފަންވެފައިވަނީ 1811 މ. ގައެވެ. އޮސްލޯ ވީ ޖާމިއާ ގެ އިތުރުން ބާގަން ވީ ޖާމިއާ (1948) އާއި ތަރަމްސޯ ވީ ޖާމިއާ (1968) އާއި ތަރަންދޫމުގައި ހުންނަ ސައިންސާއި ޓެކްނޮލޮޖީގެ ޖާމިއާ (1968) ހިމެނެއެވެ.

އިޤްތިޞާދުEdit

ނޯވޭއަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މަން ޑިވެލޮޕްމަންޓް އިންޑެކްސްގައި މެދުކެނޑުމެއް ނެތި 6 އަހަރު އެއްވަނަ ޤައުމެއްގެ ގޮތުގައި ނޯވޭ އޮތުމުން ނޯވޭ ކުރިއަރާފައިވާ މިންވަރު ދޭހަކޮށްދެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 53737 ޑޮލަރެވެ. މިއީ ޕަރކެޕިޓާ އަށް ބަލާއިރުގައި ތިންވަނަ,

އިތުރު ގުޅުންތައްEdit

ReferencesEdit

  1. "Population, 2019-01-01". Statistics Norway. 2019-02-22. Retrieved 2019-03-12. 

  2. "Norway". International Monetary Fund. 

  3. "2016 Human Development Report" (PDF). United Nations Development Programme. 2016. Retrieved 21 March 2017. 

  4. "Arealstatistics for Norway 2019". Kartverket, mapping directory for Norway. 2019. Retrieved 2019-03-22. 

ފަންވަތް:Nordic Council