ނެދަލޭންޑު
ނެދަލޭންޑަކީ ހުޅަނގުއުތުރު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
Kingdom of the Netherlands Koninkrijk der Nederlanden | |
---|---|
ގައުމީ ސަލާމް: "Het Wilhelmus" | |
ވެރިރަށް and largest city | Amsterdam[{{{2}}}] |
ރަސްމީ ބަސްތައް | Dutch[{{{2}}}] |
ނަސްލު ގުރޫޕުތައް | 80.9% Ethnic Dutch 19.1% various others |
ޑިމޮނިމް | Dutch |
ސަރުކާރު | Parliamentary democracy and Constitutional monarchy |
• Monarch | HM Queen Beatrix |
Mark Rutte (VVD) | |
Independence through the Eighty Years' War from the Spanish Empire | |
• Declared | 26 July 1581 |
• Recognized | 30 January 1648[{{{2}}}] |
ސަރަޙައްދު | |
• Total | 41,526 km2 (16,033 sq mi) (135th) |
• Water (%) | 18.41 |
އާބާދީ | |
• 2009 estimate | 16,558,674 (61st) |
• Density | 396/km2 (1,025.6/sq mi) (24th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $677.490 billion[1] (20th) |
• ބޮލަކަށް ޖެހެނީ | $40,558[1] (9th) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $876.970 billion[1] (16th) |
• ބޮލަކަށް ޖެހެނީ | $52,499[1] (9th) |
އެޗްޑީއައި (2007) | 0.964[2] Error: Invalid HDI value (6th) |
ފައިސާ | Euro (€)[{{{2}}}] (EUR) |
ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+2 (CEST) |
ކޯލް ކޯޑް | 31 |
އައިއެސްއޯ 3166 ކޯޑް | NL |
އިންޓަރނެޓް ޓީއެލްޑީ | .nl[{{{2}}}] |
|
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާނެދަލޭންޑްސްގެ ރަސްމީ ބަހަކީ ޑަޗް ބަހެވެ. އިނގިރޭސި ބަހުން ނެދަލޭންޑްސްގެ މީހުންނަށް ކިޔަނީ ޑަޗްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަމްސްޓަޑަމްއެވެ. ޤައުމުގެ ވެރިރަށަކީ ވެސް އަމްސްޓަޑަމްއެވެ. އެހެން ނަމަވެސް ސީޓް އޮފް ގަވަރންމަންޓްއަކީ ދަހޭގެވެ. ނެދަލޭންޑްސްއަކީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 16 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 61 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 41526 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ nl. އެވެ. ކޯލިން ކޯޑަކީ +31 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ނަން
އުނިއިތުރު ގެންނަވާނެދަލޭންޑްސްއަށް ބައެއް ފަހަރު ހޮލެންޑޭ ވެސް ކިޔައެވެ. އެހެން ނަމަވެސް މިއީ ރަނގަޅު ގޮތެެއް ނޫނެވެ. އެހެނީ އުތުރު ހޮލެންޑާއި ދެކުނު ހޮލެންޑަކީ ނެދަލޭންޑްސްގެ 12 ޕްރޮވިންސުގެ ތެރެއިން އެންމެ ދެ ޕްރޮވިންސު ކަމުގައިވާތީއެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާނެދަލޭންޑްސްގެ އުތުރުގައި ވެސް އަދި ހުޅަނގުގައި ވެސް އޮތީ އުތުރު ކަނޑެވެ. ދެކުނުގައި އޮތީ ބެލްޖިއަމްއެވެ. އިރުމަތީގައި އޮތީ ޖަރުމަނެވެ. ފެހި ވިނަތަކާއި ކޯރުތަކުގެ ސަބަބުން ނެދަލޭންޑަކީ ވަރަށް ރީތި ޤުދުރަތީ މަންޒަރުތަކެއް ސިފަވެގެންދާ ޤައުމެކެވެ.
ތާރީޚު
އުނިއިތުރު ގެންނަވާރޫމީންގެ ވެރިކަމުގެ ދުވަސްވަރުގައި މި ސަރަޙައްދު އެކުލެވިފައި އޮތީ ނެދަލޭންޑުގެ 17 ޕްރޮވިންސާއި މިއަދުގެ ބެލްޖިއަމް އާއި ލަގްޒެންބާގުގެ އިތުރުން ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ ބައެއް ވެސް ހިމެނޭ ގޮތުންނެވެ. މި ޕްރޮވިންސްތަކާއި ސްޕޭނާ ދެމެދު 80 އަހަރަށް ދެމިގެން ދިޔަ ހަނގުރާމަައެއް ކުރެވުނެވެ. މި ހަނގުރާމަ ފެށުނީ މީލާދީން 1568 ވަނަ އަހަރުއެވެ. ދެން އައީ ޑަޗް ޖުމްހޫރިއްޔާގެ ދައުރެވެ. 1581 ވަނަ އަހަރުގައި ފިލިޕް 2 ގެ ވެރިކަމުގެ ދަށުން މިނިވަންވުމަށް ފަހުގައި ހަތް ޕްރޮވިންސުން، ރިޕަބްލިކް އޮފް ސެވަން ޔުނައިޓެޑް ނެދަލޭންޑްސް، ޤާއިމުކުރިއެވެ. މިއިން ކޮންމެ ޕްރޮވިންސަކީ ވެސް ޒާތީ މިނިވަންކަމެއް ލިބިފައި އޮތް ޕްރޮވިންސެކެވެ. 19 ޖަނަވަރީ 1795 ވަނަ އަހަރު ބަޓާވިއަން ރިޕަބްލިކް އުފެއްދިއެވެ. މީލާދީން 1795 ވަނަ އަހަރުން ފެށިގެން 1806 ވަނަ އަހަރަށް ނެދަލޭންޑް އޮތީ ފަރަންސޭސިވިލާތް ނަމޫނާއަކަށް ބަލައިގެން އޮތް ޖުމްހޫރިއްޔާއެއްގެ ގޮތުގައެވެ. މީލާދީން 1806 އިން 1810 އަކަށް ކިންގްޑޮމް އޮފް ހޮލޭންޑްގެ ނަމުގައި ނަޕޯލިއަން ބޮނަޕާޓް މި ތަނުގައި ރަސްކަމެއް ޤާއިމުކޮށް، އެއީ އޭނާގެ ތިންވަނަ ކޮއްކޮ ލުއީގެ ދަށުން ހިނގާ، އޭނާގެ ގޮނޑިކޮއްކޮ ވެރިކަމެއް ކަމުގައި ހަމަޖެއްސިއެވެ. އެހެން ނަމަވެސް ލުއީ ވެރިކަން ކުރައްވަމުން ގެންދެވީ އޭނާގެ ބޭބެ ނަޕޯލިޔަން އެދިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. އޭނާގެ ބޭބެއަށް ވުރެ ބޮޑަށް ލުއީ އިސްކަން ދެއްވީ ޑަޗް ރައްޔިތުންނަށެވެ. އެހެން ކަމުން ލުއީއަށް ވެރިކަން ދޫކޮށްލެއްވުމަށް މަޖުބޫރު ކުރެވުނެވެ. މިކަމާ ގުޅިގެން 1 ޖުލައި 1810 ގައި ލުއީ ވެރިކަން ދޫކޮށްލެއްވުމުން، ދެން ތަޚުތަށް ވަޑައިގަތީ ލުއީ ގެ ފަސް އަހަރުގެ ދަރިކަލުން ނަޕޯލިއަން ލުއީއެވެ. އެހެން ނަމަވެސް މިކަމަކީ ވެސް ނަޕޯލިއަން ބޮނަޕާޓް ބޭނުންފުޅުވާ ގޮތަކަށް ނުވާތީ އެންމެ 10 ދުވަހުގެ ތެރޭގައި އޭނާގެ ބާވަކޮއްކޮގެ ވެރިކަން ނިމުމަކަށް ގެނެސް، ހޮލޭންޑުގެ ރަސްކަން އުވާލައި، އެއީ ފަރަންސޭސި އެމްޕަޔަރގެ ބައެއް ކަމުގައިި ހަމަޖެއްސިއެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާނެދަލޭންޑުގެ އާބާދީގައި އެންމެ ގިނައީ ޑަޗް ނަސްލުގެ މީހުންނެވެ. ޑަޗް ނަސްލުގެ މީހުންނަކީ ޤައުމުގެ އާބާދީގެ 80% މީީހުންނެވެ. 2.4% މީހުންނަކީ އިންޑޮނޭޝިއަނުންނެވެ. 2.4% މީހުންނަކީ ޖަރުމަނުންނެވެ. 2.2% މީހުންނަކީ ތުރުކީންނެވެ. 2.0% މީހުންނަކީ ސުރިނާމީންނެވެ. 1.9% މީހުންނަކީ މޮރޮކޯ ނަސްލުގެ މީހުންނެވެ. ދެން އެހެން ނަސްލުތަކުގެ މީހުންނެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާނެދަލޭންޑަކީ ކުރެހުންތެރި ކަމުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޤައުމެކެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާނެދަލޭންޑުގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް ކުޅެމުން އަންނަނީ އެ ޤައުމުގެ ކިރެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 40558 ޑޮލަރެވެ.
- ↑ 1.0 1.1 1.2 1.3 "Netherlands". International Monetary Fund. Retrieved 2009-10-01.
- ↑ Human Development Report 2009. The United Nations. Retrieved 5 October 2009