Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value). އިންސާނުންނާ ޖިންނީންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދަމުންދާ ދިވެހި ފިލްމު "ނުކަނޑާ"އަކީ އިފް ޕްރޮޑަކްޝަންގެ ފަރާތުން އިލްޔާސް ފަރުހާދު އުފައްދާފައިވާ ފިލްމެކެވެ. ހުރިހާ މަންޒަރެއް ސ.މީދޫގައި ނަގާފައިވާ މިފިލްމަކީ ޖިންނިންނާއި އިންސިންގެ މެދުގައި އުފެދޭ ހިޔާލް ތަފާތު ވުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދަމުންދާ ފިލްމެވެ. ‘’ ދޮޅުގަނޑި އިރުގެ މިފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އައްޑޫގައި. މިއީ މިހާތަނަށް ތާރީހީ މުހިންމު ބިނާއެއް ގެ ބޮޑުމަންޒަރުތަކެއް ހިމަނައިގެން ހަދާފައިވާ ފުރަތަމަ ފިލްމަށްވެސް ވާނެ. މިފިލްމުގައި އައްޑޫ ކޯގަން މިސްކިތާއި އެގަބުރުސްތާނު ވަރަށް ބޮޑަށް ދައްކާނެ.’’ ފަރުހާދު ކިޔާދިނެވެ

އިންސާނެއްގެ ފަރާތުން ޖިންނިއެއްގެ އާއިލާއަށް ފޯރާ އުދަގުލެއްގެ ސަބަބުން އުފަންވާ މައްސަލަ ތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ލޯބީގެ ހާދިސާތަކެއްވެސް އެކުލެވިގެންވެއެވެ. ‘’ މި ފިލްމުގެ ނަމަކީ އިންސާނެއްގެ ފަރާތުން ޖިންއަކަށް ވާ އުދަގުލަށް ނިސްބަތްކޮށް ކިޔާފައިވާނަމެއް. އަދި އަނިޔާ ލިބޭ ޖިންނި އާއިލާގެ ކުއްޖަކާ އިންސާނުގެ އަންހެން ކުއްޖަކާ ދެމެދު ލޯބީގެ ކަންތައް ގަނޑެއްވެސް ހިގާނެ.’’ ފަރުހާދު ކިޔާދިނެވެ. ފަރުހާދު ބުނިގޮތުގުގައި މި ފިލްމުއަޅުވާގޮތަށް ހަމަޖެހިފައިވަނީ އައްޑޫގައެވެ. އޭގެ ފަހުގައި ފުވައްމުލަކާއި ކުޅުދުއްފުއްށީގައެވެ. ފަރުހާދު ބުނިގޮތުގައި މިފިލުމުގެ އެންމެ ފަހު ޝޯތައް ދެއްކުމަށް ހަމަޖެހިފައވަނީ މާލޭގައެވެ.

މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ ލުފުޝާން (ލޫއްޕެ) އާއި ޒިޔާ ،ނާއްކޮ،ޝަމީލް އަދި ސުޖީތާ ނުވަތަ ޖީ ފެނިގެންދާ މި ފިލްމުގައި ތިން ލަވަ ހިމެނެއެވެ. މިތިން ލަވަޔަކީވެސް އަމިއްލަ ރާގަށް ކިޔާފައިވާ ތިން ލަވައެވެ