ރިޕަބްލިކް އޮފް ނީޖަރަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.

République du Niger
Republic of Niger
Flag of Niger
Flag
Coat of arms of Niger
Coat of arms
މޮޓޯ: "Fraternité, Travail, Progrès"  ފަންވަތް:Fr icon
"Fraternity, Work, Progress"
ގައުމީ ސަލާމް: La Nigérienne
Location of Niger
ވެރިރަށް
and largest city
Niamey
ރަސްމީ ބަސްތައްFrench (Official)
Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national")
ޑިމޮނިމްNigerien
ސަރުކާރުPresidential republic
Independence 
from France
• Declared
August 3, 1960
ސަރަޙައްދު
• Total
1,267,000 km2 (489,000 sq mi) (22nd)
• Water (%)
0.02
އާބާދީ
• 2009 estimate
15,290,000 [1] (64th)
• Density
12.1/km2 (31.3/sq mi)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$10.180 billion[2]
• ބޮލަކަށް ޖެހެނީ
$739[2]
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$5.382 billion[2]
• ބޮލަކަށް ޖެހެނީ
$391[2]
ޖިނީ (1995)50.5
high
އެޗްޑީއައި (2007[3]) 0.340
Error: Invalid HDI value (182nd)
ފައިސާWest African CFA franc (XOF)
ޓައިމް ޒޯންޔޫޓީސީ+1 (WAT)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+1 (not observed)
ޑްރައިވިންގ ސައިޑްright[4]
ކޯލް ކޯޑް227
އައިއެސްއޯ 3166 ކޯޑްNE
އިންޓަރނެޓް ޓީއެލްޑީ.ne

އަވަސް ކަޅިއަކުން ބަލައިލުމެއް

އުނިއިތުރު ގެންނަވާ

ނީޖަރުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން ނީޖަރުގެ މީހުންނަށް ކިޔަނީ ނިޖޭރިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ނިއާމޭއެވެ. ނީޖަރުގެ ވެރި ރަށަކީ ވެސް މިއީއެވެ. ނީޖަރަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 15 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 64 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.27 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ne. އެވެ. ކޯލިން ކޯޑަކީ +227 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.

ނީޖަރުގެ ނަން ނިސްބަތްވަނީ ނީޖަރު ކޯރަށެވެ.

ނީޖަރުގެ ދެކުނުގައި އޮތީ ނައިޖީރިޔާ އާއި ބެނީންއެވެ. ހުޅަނގުގައި އޮތީ ބުރުކީނާ ފާސޯ އާއި މާލީއެވެ. އުތުރުގައި އޮތީ ޖަޒާއިރާއި ލީބިޔާއެވެ. އިރުމަތީގައި އޮތީ ޗާޑެވެ. ނީޖަރުގެ އޭރިޔާގައި 1.27 މިލިޔަން އަކަކިލޯމީޓަރު ހުންނަ އިރު އޭގެ ތެރެއިން 300 އަކަކިލޯމީޓަރަކީ ފެނެވެ. އެހެން ކަމުން އެމެރިކާގެ ޓެކްސަސްގެ ދެގުނަ ވަރު މުޅީން ނުވެއެވެ. ނީޖަރަކީ ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު 22 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ. އެއީ ޗާޑަށް ފަހުގައެވެ. ނީޖަރަކީ ސައިޒުގެ ގޮތުގެ އެންގޯލާއާ އެއްވަރުގެ ޤައުމެވެ.

މިއަދު ނީޖަރުގެ ބޮޑުބައެއް އޮތީ ޞަޙަރާގެ ގޮތުގައެވެ. މީގެ އެތައް ހާސް އަހަރެއް ކުރީން ނީޖަރުގެ އުތުރަކީ ދަނޑުވެރިކަމަށް ރަނގަޅު ފެހިކަން ހުރި ބިމެއް ކަމަށް ކަމާބެހޭ ޢިލްމުވެރީން ވިދާޅުވެއެވެ. ޢީސާގެފާނުގެ މީލާދުގެ 10000 އަހަރު ކުރީން ވެސް ނީޖަރުގައި މީހުން ދިރިއުޅުނު ކަމަށް ބެލެވެއެވެ. މީލާދީން 1591 ވަނަ އަހަރު ވެއްޓުނު ސޮންގައި އެމްޕަޔަރ އިންވަނީ 1400 ގެ އަހަރުތަކުގެ ތެރޭގައި މިހާރުގެ ނީޖަރުގެ ބޮޑުބައެއްގެ މައްޗަށް ވެރިކަން ހިންގާފައެވެ. ނީޖަރާއި ހުޅަނގުގެ ޤައުމުތަކާ ގުޅުން ފެށިފައިވަނީ މީލާދީން 19 ވަނަ ޤަރުނުގެ ތެރޭގައެވެ. 1922 ވަނަ އަހަރުގައި ނީޖަރު ފްރެންޗް ކޮލޮނީއަކަށް ވިއެވެ. ފަރަންސޭސި ވިލާތުން މި ތަނުގެ އިދާރީ ކަންތައް ބަލަހައްޓާފައިވަނީ ސެނެގާލުގެ ޑާކާރުގައި ތިއްބަވާ ފަރަންސޭސި ގަވަރުނަރުން މެދުވެރިކޮށެވެ. ނީޖަރަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 3 އޯގަސްޓް 1960 ގައެވެ. އެހެން ކަމުން ފަރަންސޭސީންގެ ދަށުގައި ނީޖަރު މާކަ ގިނަ ދުވަހު ނެތެވެ. މީގެ އެއް ސަބަބަކީ ނީޖަރަކީ އައްސޭރި ފަށުގެ ޤައުމަކަށް ނުވާތީ، ފަރަންސޭސީންނަށް މިތަނާ ކުރީން ގުޅުން އުފެއްދިފައި ނެތުމެވެ. އަނެއް ކަމަކީ އިސްތިޢުމާރުގެ ދަށުގައި ހުރި ތަންތަން ދޫކޮށްލި ވަގުތާ ދެމެދު މާ ގިނަ މުއްދަތެއް ނުލިބުމެވެ.

ޑެމޮގްރަފިކްސް

އުނިއިތުރު ގެންނަވާ

ނީޖަރުގެ އާބާދީގެ 50% އަށް ވުރެ ގިނަ މީހުންނަކީ ހައުސަ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. ނީޖަރުގެ އެހެން މީހުންނަކީ ނޯމެޑިކް ސަގާފަތެއް ގެންގުޅޭ މީހުންނެވެ. ނީޖަރުގެ އާބާދީގެ 8% މީހުންނަކީ އަޅުވެތިވެފައިވާ މީހުންނެވެ. އެއީ ފަޤީރުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެކެވެ.

ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައި އޮތް ޤައުމަކަށްވާތީ ފަރަންސޭސި ސަގާފަތުގެ އަސަރުު ވަރަށް ބޮޑަށް ނީޖަރުގެ ސަގާފަތަށް ކޮށްފައިވެއެވެ. ނީޖަރުގެ އާބާދީގެ 90% މީހުންނަކީ މުސްލިމުންނެވެ. މުސްލިމުންގެ އާބާދީގެ 99% މީހުންނަކީ ސުންނީ މުސްލިމުންނެވެ. 1% މީހުންނަކީ ޝީޢީ މުސްލިމުންނެވެ.

ނީޖަރަކީ ތަރައްޤީ ވަމުން އަންނަ ޤައުމެކެވެ. ނީޖަރުގެ 80% ގައި އޮތީ ޞަޙަރާއެވެ. ޤައުމުގެ އަނެއް 20% އަށް ވެސް ހަނަފަސްކަމުގެ ބިރުވެރިކަން އަންނަނީ ކުރިމަތިވަމުންނެވެ. ޤައުމުގެ އިޤްތިޞާދު ބިނާވެފައިވަނީ ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ. މި ގޮތުން ރޯ މެޓީރިއަލެއްގެ ގޮތުގައި ބޭރު ކުރަމުންދާ ޔުރޭނިއަމް ފާހަގަކުރެވެއެވެ. މިހުރިހާ ކަމެއް މިހެން ހުރި އިރުވެސް އަދިވެސް ނީޖަރަކީ ދުނިޔޭގެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 739 ޑޮލަރެވެ.

  1. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  2. 2.0 2.1 2.2 2.3 "Niger". International Monetary Fund. Retrieved 2009-10-01.
  3. Human Development Report 2009. The United Nations. Retrieved 5 October 2009
  4. Which side of the road do they drive on? Brian Lucas. August 2005. Retrieved 2009-01-28