ނިތްކުރި ކަށިގަނޑު(އިނގިރޭސި ބަހުން: frontal bone) އަކީ ބުމައާއި ބޮލުގެ އިސްތަށިފެޅި ހިސާބާއިދެމެދުގައިވާ ކަށިގަނޑު އެވެ. މިއީ އިންސާނާގެ ބޮލުގެ ނާށިގަނޑު އުފެދުމުގައި ވެސް ބައިވެރިވާ ކަށިގަނޑެކެވެ. ނިތްކުރި ކަށިގަނޑު ގައި ވެސް މައިގަނޑު ދެބައެއް އެކުލެވެއެވެ. އެއީ:-

  • ދިގަށް އިންނަ ބައި: މިއީ ނިތްކުރި ހިމެނޭ ހިސާބުގައިވާ ބައެވެ. މިކަށިގަނޑުގެ ބޮޑުބައެއް އެކުލެވިގެންވަނީ ވެސް މިބައިންނެވެ.
  • ހުރަސްކޮށް އިންނަ ބައި: މިއީ ލޮލުގެ އެތެރޭގެ ފުރާޅު އުފެދިފައިވާ ބައެވެ. މިއީ ވަރަށް ކުޑަ ބައެކެވެ.