ނިއުޒިލޭންޑަކީ (އިނގިރޭސި: Aotearoa :Māori ،New Zealand) ޕެސިފިިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.

New Zealand
Aotearoa  (Māori)
Flag of New Zealand
Flag
Coat of arms of New Zealand
Coat of arms
ގައުމީ ސަލާމް: "God Defend New Zealand"
"God Save the Queen"1
Location of New Zealand
ވެރިރަށްWellington
Largest cityAuckland2
ރަސްމީ ބަސްތައްEnglish (98%)3
Māori (4.2%)3
NZ Sign Language (0.6%)3
ނަސްލު ގުރޫޕުތައް
78% European/Other4
14.6% Māori4
9.2% Asian4
6.9% Pacific peoples4
ޑިމޮނިމްNew Zealander,
Kiwi (colloquial)
ސަރުކާރުParliamentary democracy and Constitutional monarchy
HM Queen Elizabeth II
Sir Anand Satyanand
John Key
• Speaker
Dr Lockwood Smith
Dame Sian Elias
25 May 18545
• Dominion
26 September 19075
11 December 1931 (adopted 25 November 1947)
13 December 1986
ސަރަޙައްދު
• Total
268,021 km2 (103,483 sq mi) (74th)
• Water (%)
2.1
އާބާދީ
• 2024 estimate
5,308,243[1] (123rd)
• 2006 census
4,027,9476
• Density
16.1/km2 (41.7/sq mi) (201st)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$115.809 billion[2] (60)
• ބޮލަކަށް ޖެހެނީ
$27,083[2] (34)
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$128.409 billion[2] (54)
• ބޮލަކަށް ޖެހެނީ
$30,030[2] (28)
ޖިނީ (1997)36.2
medium
އެޗްޑީއައި (2009) 0.950[3]
Error: Invalid HDI value (20th)
ފައިސާNew Zealand dollar (NZD)
ޓައިމް ޒޯންޔޫޓީސީ+12 (NZST7)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+13 (NZDT)
(Sep to Apr)
ތާރީޚު ފޯމެޓްdd/mm/yyyy
ޑްރައިވިންގ ސައިޑްleft
ކޯލް ކޯޑް+64
އައިއެސްއޯ 3166 ކޯޑްNZ
އިންޓަރނެޓް ޓީއެލްޑީ.nz8
1 "God Save the Queen" is officially a national anthem but is generally used only on regal and vice-regal occasions. [4][5]
2 Auckland is the largest urban area; Auckland City is the largest incorporated city.
3 Percentages add to more than 100% because some people speak more than one language. They exclude unusable responses and those who spoke no language (e.g. too young to talk).[6]
4 Percentages add to more than 100% because some people identify with more than one ethnic group.[7]
5 There is a multitude of dates that could be considered to mark independence (see Independence of New Zealand).
6 Number of people who usually live in New Zealand.[8]
7 The Chatham Islands have a separate time zone, 45 minutes ahead of the rest of New Zealand.
8 The territories of Niue, the Cook Islands and Tokelau have their own cctlds, .nu, .ck and .tk respectively.

އަވަސް ކަޅިއަކުން ބަލައިލުމެއް

އުނިއިތުރު ގެންނަވާ

ނިއުޒިލޭންޑުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި މާއޮރީ ބަހާއި ނިއުޒިލޭންޑް ސައިން ލޭންގުއޭޖެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނިއުޒިލޭންޑަރސްއެވެ. ނުރަސްމީ ނަމެއްގެ ގޮތުގައި ކިވީސް ވެސް ކިޔައެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޯކްލޭންޑެވެ. މި ޤައުމުގެ ވެރިރަށަކީ ވެލިންޓަންއެވެ. ނިއުޒިލޭންޑަކީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 123 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 268021 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ nz. އެވެ. ކޯލިން ކޯޑަކީ +64 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނިއުޒިލޭންޑް ޑޮލަރެވެ.

ޔޫރަޕުގެ މީހުން ނިއުޒިލޭންޑަށް އައުމުގެ ކުރީގައި މާއޮރީ ބަހުން މުޅި މި ޤައުމަށް އެއްކޮށް ކިޔާ ނަމެއް އޮންނަ ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ރަށްތަކަށް ވަކީން އެމީހުން ކިޔާ ނަންތަކެއް އޮތެވެ. މި ގޮތުން ނޯތު އައިލެންޑަށް، އެ ބަހުން ކިޔާ ނަމަކީ “ތެ އިކަ އަ މާއުއި” އެވެ. މީގެ މާނައަކީ (މާއުއީގެ މަހެވެ). އަދި ސައުތު އައިލެންޑަށް ކިޔާ ނަމަކީ “ތެ ވައި ޕައުނަމު” އެވެ. މީގެ ނަމަކީ ގްރީންސްޓޯންގެ ފެނެވެ. މީގެ އިތުރުން ވެސް ސައުތު އައިލެންޑަށް “ތެ ވަކަ އޮ އައޮރަކީ” އެވެ. 20 ވަނަ ޤަރުނާ ހަމަޔަށް ނޯތު އައިލެންޑަށް ކިޔަމުން އައި ނަމަކީ އައޮތެއަރޮއަ” އެވެ. މީގެ މާނައަކީ “ލޭންޑް އޮފް ލޯންގް ވައިޓް ކްލައުޑް” އެވެ. މިހާރު މާއޮރީ ބަހުން މުޅި ޤައުމަށް ވެސް ކިޔާ ނަމަކީ މިއީއެވެ. ކުރީން ޔޫރަޕު މީހުން މި ޤައުމަށް ކީ ނަމަކީ ނޮވާ ޒީލޭންޑިޔާއެވެ. ފަހުން މި ނަން އިނގިރޭސި ކުރުމަށް ފަހު ނިއުޒިލެންޑް މި ނަމަށް ބަދަލުކުރެވުނީއެވެ.

ނިއުޒިލޭންޑަކީ ޕެސިފިކްގެ ހުޅަނގު ދެކުނުގައި އޮތް ޖަޒީރާ ޤައުމެކެވެ. މި ޤައުމު އެކުލެވިގެންވަނީ ބޮޑު ދެ ބިމަކާއި ބައިވަރު ކުދި ރަށްތަކެއްގެ މައްޗަށެވެ. ބޮޑު ދެ ބިމަކީ ނޯތު އައިލެންޑާއި ސައުތު އައިލެންޑެވެ. ކުޑަރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ ސްޓެވަރޓް އައިލެންޑް/ރަކިއުރާ އާއި ޗަތަމް އައިލެންޑްސްއެވެ. ރިއަލްމް އޮފް ނިއުޒިލޭންޑްގެ ތެރޭގައި ކުކް އައިލެންޑްސް އާއި ނީއު ވެސް ހިމެނެއެވެ. މިއީ ޒާތީ ވެރިކަމެއް ކުރާ ތަންތަނެވެ. މީގެ އިތުރުން ތޮކެލާއު އާއި ރޮސް ޑިޕެންޑެންސީ ވެސް ހިމެނެއެވެ. ރޮސް ޑިޕެންޑެންސީއަކީ އެންޓާޓިކާ ބައްރުގައި ނިއުޒިލޭންޑުން އެ ޤައުމުގެ ބައެއް ކަމުގައި ކްލެއިމްކުރާ ސަރަޙައްދެވެ.

ނިއުޒިލޭންޑަކީ ދުނިޔޭގެ ރަށްތަކުގެ ތެރެއިން އެންމެ ފަހުން މީހުން ދިރިއުޅެން ފެށި ރަށްތަކުގެ ތެރޭގައި ހިމެނޭ ޖަޒީރާއެކެވެ. މިތަނުގައި މީހުން ވަޒަންވެރިވެފައިވާ ކަމަށް ބެލެވިފައިވަނީ މީލާދީން 13 ވަނަ ޤަރުނުގައެވެ. ނިއުުޒިލެންޑަށް އިނގިރޭސިންގެ ކިބައިން މިނިވަންކަން ލިބުނީ 25 މެއި 1854 ގައެވެ.

ޑެމޮގްރަފިކްސް

އުނިއިތުރު ގެންނަވާ

ނިއުޒިލޭންޑުގެ އާބާދީގެ 78% މީހުންނަކީ ޔޫރަޕުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. ޔޫރަޕު ދަރިކޮޅުގެ ނިއުޒިލެންޑް މީހުންނަށް ކިޔާ ނަމަކީ “ޕާކޭހާ” އެވެ. މިއީ މާއޮރީ ބަހުން، މާއޮރީ މީހުން ނޫން މީހުންނަށް ކިޔާ އާއްމު ނަމެކެވެ. ޔޫރަޕު ދަރިކޮޅަށް ބަލާއިރުގައި ނިއުޒިލޭންޑުގައި ގިނަވާނީ ބްރިޓިޝް އަދި އައިރިޝް ދަރިކޮޅުގެ މީހުންނެވެ. 1987 ވަނަ އަހަރާ ހަމަޔަށް ނިއުޒިލޭންޑުގެ ހަމައެކަނި ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. އެހެން ނަމަވެސް 1987 ވަނަ އަހަރުން ފެށިގެން ނިއުޒިލޭންޑުގެ އަސްލު ރަށްވެހީންގެ ބަސްކަމުގައިވާ މާއޮރީ ބަހަކީ ނިއުޒިލޭންޑުގެ ރަސްމީ ބަހެއް ކަމުގައި ވަނީ ހަމަޖައްސާފައެވެ. ހަމަ އެހެންމެ 2006 ވަނަ އަހަރު ނިއުޒިލޭންޑުގެ އިޝާރީ ބަހަކީ ވެސް ރަސްމީ ބަހެއް ކަމުގައިވަނީ ހަމަޖައްސާފައެވެ. ރަސްމީ ދަރަޖަ ލިބިފައިނުވާ ބަސްތަކުގެ ތެރެއިން އެންމެ އާއްމު ބަހަކީ ސަމޯއަން ބަހެވެ. މީގެ އިތުރުން ފަރަންސޭސި ބަހާއި ހިންދީ ބަހާއި ޔޫ ބަހާއި އުތުރު ޗައިނާ ބަސްވެސް ފާހަގަކޮށްލެވެއެވެ. ނިއުޒިލޭންޑުގައި ދިވެހި އާއިލާތައް ވެސް ދިރިއުޅެމުން ގެންދެއެވެ.

މިއަދުގެ ނިއުޒިލެންޑްގެ ސަގާފަތަށް ބަލާއިރުގައި، އެންމެ ބޮޑު ނުފޫޒެއް އައިސްފައިވަނީ އިނގިރޭސި ސަގާފަތުންނެވެ. މީގެ އިތުރުން އެމެރިކަން އަދި އެ ޤައުމުގެ އަޞްލު ރަށްވެހީން ކަމުގައިވާ މާއޮރީ ދަރިކޮޅުގެ މީހުންގެ ސަގާފަތުގެ އަސަރު ވެސް މިއަދުގެ ނިއުޒިލޭންޑުގެ ސަގާފަތުގެ ތެރެއިން ފެނެއެވެ.

ނިއުޒިލެންޑުގެ އިޤްތިޞާދަކީ މި ޒަމާނާ އެކަށޭނަ ގޮތުން ތަރައްޤީކުރެވިފައިވާ އިޤްތިޞާދެކެވެ. ނިއުޒިލޭންޑުގެ ރައްޔިތުންގެ މެދުގައި ކުރެވޭ ގިނަ ސަރވޭތަކުގައި އެ ޤައުމުގެ ރައްޔިތުން ބުނަނީ އެމީހުންގެ ދިރިއުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމުގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 27083 ޑޮލަރެވެ.

  1. Estimated resident population clock. Statistics New Zealand. Last calculated 24 ނޮވެމްބަރު 2024.
  2. 2.0 2.1 2.2 2.3 "New Zealand". International Monetary Fund. Retrieved 2009-10-01.
  3. HDI of New Zealand. The United Nations. Retrieved 21 July 2009.
  4. "New Zealand's National Anthems". Ministry for Culture and Heritage. Archived from the original on 2013-04-24. Retrieved 2008-02-17. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  5. "Protocol for using New Zealand's National Anthems". Ministry for Culture and Heritage. Archived from the original on 2013-04-24. Retrieved 2008-02-17. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  6. "Statistics New Zealand:Language spoken (total responses) for the 1996-2006 censuses (Table 16)". Statistics New Zealand. 2006-12-21. Archived from the original on 1362848921. Retrieved 2008-02-20. {{cite web}}: Check date values in: |archive-date= (help); Unknown parameter |dead-url= ignored (|url-status= suggested) (help)
  7. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  8. ފަންވަތް:NZ Quickstats