ހޭންހާރޓް ސިންޑްރޯމް
ހޭންހާރޓް ސިންޑްރޯމް(އިނގިރޭސި ބަހުން: Hanhart syndrome ) އަކީ އުފެދުމުގައި ހުންނަ ޢައިބެކެވެ. ބައްޔަށްކިޔާ އެހެނިހެން ނަންތައް
- ހައިޕޯގްލޮސިއާ، ހައިޕޯޑެކްޓައިލިއާ ސިންޑްރޯމް = ދޫކުރުވެ، އަތްފައިގެ އިގިލިތައް ކުޑަވާ ބަލި
- ޕީރޮމީލިއާ ވިތު މައިކްރޯނަތިއާ = އަތްފައި ޢައިބުވުމާއެކު ދަތްދޮޅި ކުޑަވުން
- އެގްލޮސިއާ އެޑެކްޓައިލިއާ = ދޫ ނުހުރުން، އިގިލިތައް ނުހުރުން
މިބަލީގައި ފާހަގަކޮށްލެވޭ ނިޝާން ތަކަކީ:-
- ރަގަޅަށް ފުރިހަމަނުވާ ކުރުދުލެއް އޮތުން ނުވަތަ ލިބިފައިވުން،ނުވަތަ ދޫކުރުވުން
- އަތްފައިގެ އިގިލިތައް ނުހުރުން، ނުވަތަ އިގިލިތަކުން ބައެއް މަދުވުން
- އަތްފައި ފުރިހަމައަށް އުފެދިފައި ނެތުން، ނުވަތަ އަތްފައި ޢައިބުވުން
- އާދަޔާ ޚިލާފަށް ދަތްދޮޅި ކުޑަވުން
ހޭންހާރޓް ސިންޑްރޯމް ޖެހޭ ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. އަދި މިބަލި ޖެހުމުން ޢައިބުވެފައި ހުންނަ މިންވަރު އެކި މީހުންގެ ތަފާތެވެ. މާނައަކީ އެއްބައި މީހުންނަށް ކޮންމެވެސް އެއްތަނެއް ނުވަތަ ދެތަނެއްގައި ޢައިބު އުފެދިފައި ހުންނަ އިރު އަނެއް ބައި މީހުންނަށް އެތައް ބައިވަރު ތަނެއްގައި ޢައިބު އުފެދިފައި ހުރެދާނެއެވެ. އަދި މަތީގައި ބަޔާން ކުރެވިފައިނުވާ ހަށިގަނޑުގެ ބައިތަކުގައި ވެސް ޢައިބު ހުރުމަކީ ވެދާނެ ގޮތެކެވެ.