ހީމަގްލޯބިން ސީ (އެޗް.ބީ.ސީ) އަކީ ލޭގައި ހުންނަ އާދަޔާ ޚިލާފު ކަމެކެވެ. ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. ހީމަގްލޯބިން ސީ އަކީ މީގެތެރެއިން ބީޓާ ޗެއިން ގައިވާ އާދަޔާ ޚިލާފު ކަމެކެވެ. ތެލެސީމިޔާގެ އެހެން ބާވަތްތަކެކޭ އެއްފަދައިން މިއީ ވެސް މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ.