ހިކަނދިތުން މިޔަރު
ހިކަނދިތުން މިޔަރު (އިނގިރޭސި ބަހުން: Loxodon macrorhinus)ނުވަތަ (އިނގިރޭސި ބަހުން: Sliteye shark)އަކީ މިޔަރު ބާވަތެކެވެ. މިއީ އިސްކޮޅުން ކުޑަ ހިމަތޮޅި މިޔަރެކެވެ. މިއީ ހޫނު ކަނޑުތަކުގައި އުޅޭ މިޔަރެއް ކަމުން ރާއްޖޭގެ ކަނޑުތަކުގައި މިބާވަތުގެ މިޔަރު ގިނަ އަދަދަކަށް އުޅެއެވެ. މިއީ ތިލަފަޅު މަތީގައްޔާއި، ފުނުގައި ވެސް އުޅޭ މިޔަރެެއްކަމުން ދިވެހިންގެ މަސްވެރިކަމުގައި މިބާވަތުގެ މިޔަރު ފެންނަލެއް މަދެއް ނޫނެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއް ނޫނެވެ. މިބާވަތުގެ މިޔަރު އަތޮޅުން ބޭރު މާކަނޑުތަކުގައި ގައްޔާއި، އެތެރެ ވަރީގެ ކަނޑުތަކުގައި ވެސް އުޅެއެވެ. އާންމުގޮތެއްގައި އުޅޭ ފުންމިނަކީ 80-7 މީޓަރާއި ދެމެދެވެ.
ހިކަނދިތުން މިޔަރުގެ ހިމަވާނެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ފުރަތަމަ އުރަހަ ކުޑަވެފައި އުރަހައިގެ ކޮޅު ވަށްވާނެއެވެ. މިޔަރުގެ ނިސްބަތުން ކަންފަތް ކުޑަވާނެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުއަޅި ކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ފަނޑު ހުދުކުލައަށެވެ. އުރަހަތަކުގެ ކައިރިފަށް ހުންނަނީ ފަނޑު ހުދުކުލައަށެވެ.
ހިކަނދިތުން މިޔަރުގެ ކާނާއަކީ ކުދިމަހާއި، ކަކުނިފާޑުގެ ސޫތްޕެވެ. މިއީ ގާތްގަނޑަކަށް 95 ސެންޓި މީޓަރަށް ބޮޑުވާ މިޔަރެކެވެ. މިބާވަތުގެ މިޔަރު ޖިންސީ ގޮތުން ބޮޑުވާ ކަމަށްވަނީ 91-62 ސެންޓި މީޓަރާއި ދެމެދަށެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 4-2 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ.