ހިންދު ދިދަމަސް
ހިންދު ދިދަމަސް(ސައިންޓިފިކް ނަން: Heniochus pleurotaenia)ނުވަތަ (އިނގިރޭސި ބަހުން: Indian Banner fish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް ގިނައިން ފެނިފައި ހުންނަނީ އެކަހެރިކޮށްނާއި ޖޯޑްޖޯޑަށް އުޅެނިކޮށެވެ. ނަމަވެސް ބައެއް ފަހަރު ކުދި އައިން ހަދައިގެން އުޅޭތަން ވެސް ފެނެއެވެ. މިއީ އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ ވައްތަރުގެ މަހެއްނޫނެވެ. އާންމުކޮށް އުޅެނީ 20-2 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިއީ މަދުމަދުން ދުނިޔޭގެ ދިރޭމަހުގެ މާރުކޭޓް ތަކަށް އެކްސްޕޯޓް ކުރެވޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 7 އިންޗި އަށެވެ. މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވާ މަހަކަށް ވެފައި މަހުގެ އިގިރޭސި ނަމާއި ގުޅޭގޮތުން މިމަހަށް ހިންދު ދިދަމަސް ކިޔާ ނަންދީފައި ވަނީއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއި، 23 އާއި 25 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު، 17 ނުވަތަ 18 ހަރުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 15 މަޑުކަށި ހުރެއެވެ. މަހުގެ ތަލައިގައްޔާއި ލޮލުގެ މަތީ ފަރާތުން ކޮޅަށް އޫކޮށް، އުފުލިފައި ހުންނަ އުފުލުންތަކެއް ހުރެއެވެ. މަހުގައި ހުންނަނީ ހުދުކުލަ އާއި މުށި ކުލައެވެ.