ހާޖަރާ ޢަބުދުލް ކަރީމް (ނުވަތަ ހުތްހާޖަރާ) އަކީ ކުރީގެ ދިވެހި ފިލްމީ ތަރިއެކެވެ. ހާޖަރާ އަކީ އެކްޓްރެސް އެކެވެ. ޑައިރެކްޓަރެކެވެ. އަދި ޕްރޮޑިއުސަރެކެވެ. މަންމަގެ ބައިތަކާއި، ރުޅިވެރި، އަދި ޒީލަގަދަ ބައިތަކާއި، ކޮމެޑީ ބައިތަކުން މަޝްހޫރުކަން ހޯދި، ހާޖަރާ ނިޔާވީ އުމުރުން 69 އަހަރުގައި 2007 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ހާޖަރާ ޢަބުދުލް ކަރީމް

ފިލްމީ ދާއިރާގައި އުނިއިތުރު ގެންނަވާ

ހާޖަރާ އަކީ ދިވެހި ފިލްމީ ދާއިރާގައި ކުލަގަދަކޮށް ފާހަގަ ކޮށްލެވޭނެ ތަރިއެކެވެ. އޭނާ ދިވެހި އެތައް ފިލްމް ތަކާއި، ވީޑިއޯ ލަވަތަކުގައި ހަރަކާތްތެރި ވެފައެވެ. ހާޖަރާ ފިލްމީ މަސައްކަތުގައި އެންމެ ފަހުން ބެލުންތެރިންނަށް ހާޖަރާ ފެނިގެން ގޮސްފައިވަނީ 2004 ވަނަ އަހަރު ދިވެހި ޓީވީން ދެއްކި ޑްރާމާ ސިލްސިލާ ތިޔޭ މިހިތުގެ ވިންދަކީ އިންނެވެ.

ކުޅެފައިވާ ފިލްމްތައް އުނިއިތުރު ގެންނަވާ

  • އިތުބާރު (1987) - ޚަދީޖާ
  • ލޭކަރުނަ (1988) - ރުޤިއްޔާ
  • ދޮންމަންމަ (1992) - ޖަމީލާ
  • ލޯބި ވެވޭނީ ފުރާނަ ދީގެން (1992) - ދޮންކަމަނަ
  • ކުށްހީ
  • ބޭވަފާ (1993) - ދޮންއައިސަ
  • ވަރި (1993)
  • މިތުރު (1993)
  • ޅީދަރިފުޅު (1996) - ދޮންދީދީ
  • ބަދަލް (1996) - ޝާދިޔާގެ މަންމަ
  • އެންމެ ފަހު ދުވަސް (1997) - އަޒީޒާގެ މަންމަ
  • ދަންމަޅި (1998)
  • ވިރާޝާ (1999) - ވިރާޝާގެ މަންމަ
  • ކައިވެނީގެ ފުރަތަމަ ރޭ (1999) - ހާޖަރާ
  • އަޖައިބު (2000) - އައިސާމަނިކެ / މަރީނާގެ މަންމަ
  • މަޖުބޫރު ލޯބި (2000) - ޝީތާ
  • ދުމަށް އެރި ތަރި (2001) - ދޮންކަތްދަ
  • އާނ... އަހަރެންވެސް ލޯބިވިން (2002) - ސުޒީގެ މަންމަ

ކުޅެފައިވާ ޑްރާމާތައް އުނިއިތުރު ގެންނަވާ

  • ހުވަނި
  • ދޯޕައްޓާ (2000) - ރުޤިއްޔާ
  • ފަހު ފިޔަވަޅު (2002) - ސިއްތި ދަލޭކަ
  • ތިޔޭ މިހިތުގެ ވިންދަކީ (2003-2004) - ޒައިނަބް

އަދިވެސް ބައްލަވާ ލައްވާ އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ