Open main menu

ހަމުގެ ކެންސަރުގެ ދެބާވަތެއް ހުރެއެވެ. އެއީ ސްކްއޭމަސް ސެލް ކެންސަރު އަދި މެލިގްނަންޓް މެލަނޯމާ އެވެ.

ފިހުރިސްތު

ސަބަބުEdit

ވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އަވީގައި ގިނައިން އުޅުމަކީ ހަމުގެ ކެންސަރު ޖެހުމުގެ ސަބަބެއްކަމަށްވަނީ ބެލެވިފައެވެ. އަދި ހަމުގެ ކުލަ ދޮން މީހުންނަށް ހަމުގެ ކެންސަރު ޖެހުން އިތުރުކަން ފާހަގަ ކުރެވެއެވެ.

ސްކްއޭމަސް ސެލް ކެންސަރުEdit

މިބާވަތުގެ ކެންސަރު ގިނައިން ޖެހެނީ ސީދާ އަވީގައި ގިނަ ވަގުތު ހޭދަކުރާ މީހުންނަށެވެ. މިބާވަތުގެ ކެންސަރު ގިނަ ފަހަރު ޖެހިފައި ހުންނަނީ މޫނާއި އަތަށެވެ. ބަލީގެ އަލާމާތެއްގެ ގޮތުގައި ފާހަގަކުރެވެނީ ފަސޭހަނުވާ ފާރުކޮޅެއް ނުވަތަ ފާރުކޮޅު ތަކެއް ހަމުގައި ހުރުމެވެ. ބަލި ދެނެގަންނަނީ މިއިން ފާރުކޮޅަކުން ކުޑަ އެތިކޮޅެއް ނަގައިގެން ޓެސްޓްކޮށްގެންނެވެ.

ފަރުވާEdit

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.


މެލިގްނަންޓް މެލަނޯމާEdit

މިއީ ވަރަށް ހަލުވިކޮށް ފެތުރޭ ކެންސަރުގެ ބާވަތެކެވެ. މިބާވަތުގެ ކެންސަރު ޖެހިފައިވާ މީހުންގެ ކެންސަރު ޖެހިފައިވާ ހިސާބުގެ ލިމްފް ގްލޭންޑްތައް ވެސް ދުޅަވެފައި ހުރެއެވެ.

އަލާމާތްތައްEdit

  • ހަމުގައި ހުންނަ ކަޅުތިލަ ނުވަތަ އުފަންލަފް ކުއްލިއަކަށް ބޮޑުވާންފެށުން
  • ހަމުގައި ހުންނަ ކަޅުތިލައިން ކުއްލިއަކަށް ލޭއަންނަން ފެށުން
  • ކުދިކުދި ކަޅުތިލަތައް ހަމުގައި އިތުރުވާން ފެށުން

ފަރުވާEdit

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައްEdit

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005