ހައިޕަރނެފްރޯމާ
ހައިޕަރނެފްރޯމާ(އިނގިރޭސި ބަހުން: Hypernephroma) ޖެހޭ ވަކި ސަބަބެއް އަދި ހޯދިފައި ނެތްނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް މިބާވަތުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 5 ގުނަ އިތުރެވެ. ޞިއްޙީ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ބައެއް ކެމިކަލްގެ ސަބަބުން ވެސް މިކެންސަރު ޖެހޭކަން ވަނީ ފާހަގަ ކުރެވިފައެވެ. މިބާވަތުގެ ކެންސަރު ގިނައިން ޖެހެނީ އުމުރުން 50 އަހަރަށްވުރެ މަތީ ފިރިހެނުންނަށެވެ.
އަލާމާތްތައް
އުނިއިތުރު ގެންނަވާ- ބަލީގެ ފުރަތަމަ މަރުހަލާގައި ވެސް ބަލިކަމުގެ އިހްސާސް އެމީހަކަށް ކުރެވުން
- ބަރުދަން ލުއިވުން
- ކާހިތްނުވުން
- ކުޑަކަމުދާ ނަޖިހުގައި ލޭހުރުން
- ސަބަބެއް ނޭނގި ހުންއައުން
- ބަނޑުގައި ރިހުން
ފަރުވާ
އުނިއިތުރު ގެންނަވާ- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005