ހައިމް–މަންކް ސިންޑްރޯމް
ހައިމް–މަންކް ސިންޑްރޯމް (އިނގިރޭސި ބަހުން: Haim Munk syndrome )އަކީ އުފެދުމުގައި ހުންނަ ކަމެއްގެ ސަބަބުން ޖެހޭ ވާރުތަވާ ބައްޔެކެވެ. މިބަލިޖެހުމުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވޭނެއެވެ. ހައިމް–މަންކް ސިންޑްރޯމް ވާރުތަވަނީ އޮޓޯސޯމަލް ރިސެސިވް ޓްރޭޓް އެއްގެ ގޮތުގައެވެ. މާނައަކީ މަންމަ އާއި ބައްޕަގެ ފަރާތުން ވެސް ބަލި ވާރުތާ ބަހާ ނުވަތަ ޖީން ލިބިފައިވުމެވެ.
ބައްޔަށްކިޔާ އެހެނިހެން ނަންތައް
އުނިއިތުރު ގެންނަވާ- ކޮޗިން ޖެވިޝް ޑިސްއޯޑަރ
- ކެރަޓޯސިސް ޕާމޯޕްލާންޓަރިސް
ހައިމް–މަންކް ސިންޑްރޯމް (އިނގިރޭސި ބަހުން: Nelson's syndrome )އަކީ އުފެދުމުގައި ހުންނަ ކަމެއްގެ ސަބަބުން ޖެހޭ ވާރުތަވާ ބައްޔެކެވެ. މިބަލިޖެހުމުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވޭނެއެވެ. ހައިމް–މަންކް ސިންޑްރޯމް ވާރުތަވަނީ އޮޓޯސޯމަލް ރިސެސިވް ޓްރޭޓް އެއްގެ ގޮތުގައެވެ. މާނައަކީ މަންމަ އާއި ބައްޕަގެ ފަރާތުން ވެސް ބަލި ވާރުތާ ބަހާ ނުވަތަ ޖީން ލިބިފައިވުމެވެ.
- އަތްތިލަ އަދި ފައިތިލައިގެ ހުދު ހަމުގައި ރަތް ކުލައިގެ ބޯކޮށް ހުންނަަަަ ތޮށިލީ ޕެޗްތަކެއް އުފެދުން
- ދޮހާއެކު ހަންގަނޑުގައި އިންފެކްޝަން އަށަގަތުން
- އަތްފައިގެ އިގިލިތަކުގެ ނިޔަފަތި އާދަޔާ ޚިލާފަށް ބޮޑުވުން
- ދަތް ސާބިތުކަމާއެކު ހިފެހެއްޓިފައި ހުރުމުގައި ބައިވެރިވާ ބައިތައް ހަލާކުވުން: ނަތީޖާއެއްގެ ގޮތުން މާއަވަހަށް ކިރުބޯދަތްތައް ފައިބާގޮތް ވެއެވެ.
- ފައިތިލަ ފަތިކޮށްހުރުން
- އަތްފައިގެ އިގިލިތައް އާދަޔާ ޚިލާފަށް ދިގުވެފައި ހިމަވުން
- އަތްފައި އިގިލިތަކުގެ ކޮޅުގައި ހުންނަ ކަށީގެ ބައި ހަލާކުވެ ނެތިދިއުން