ހަނީ އިރާނީ
ހަނީ އިރާނީ އަކީ ހިންދީ ފިލްމްތަކުގެ ސްކްރިޕްޓް ލިޔުންތެރި އެކެވެ.އަދި ފިލްމީ އެކްޓްރެސް އެއްވެސް މެއެވެ. އޭނާ އަކީ ލަވަ ލިޔުންތެރިޔާ ޖާވިދު އަޚުތަރުގެ ކުރީގެ އަންހެނުންނެވެ. އަދި ޑައިރެކްޓަރ ފަރުހާން އަޚުތަރު އާއި ޒޯޔާ އަޚުތަރުގެ މަންމަ އެވެ.
ހަނީ އިރާނީ ފިލްމީ ދާއިރާއިން ފުރަތަމަ ފެނިގެންދިޔައީ ކުޑަކުއްޖެއްގެ ރޯލުން ހިންދީ ފިލްމް ޗިރާގު ކަހާން ރޯޝްނީ ކަހާން އިންނެވެ. އޭގެ ފަހުން ބޮމްބޭ ޗޯރު އިންނެވެ. ހަނީ އިރާނީ ވަނީ ތަފާތު 7 ފިލްމެއްގައި އެކްޓްރެސްއެއްގެ ގޮތުން ހަރަކާތްތެރިވެ، އެއް ފިލްމް ޑައިރެކްޓްކޮށް، އަދި 15 ހިންދީ ފިލްމްގެ ސްކްރިޕްޓް ލިޔެ ތައްޔާރުކޮށްދީފައެވެ.
ހަނީ އިރާނީ އަކީ ހިންދީ ސްކްރީން ރައިޓަރ އެވެ. ނުވަތަ ސްކްރިޕްޓް ލިޔުންތެރި އެކެވެ. މިއީ ސްކްރިޕްޓް ލިޔުންތެރިޠާ ޖާވިދު އަޚްތަރު ގެ ފުރަތަމަ އަނބިމީހާ އެވެ. އަދި މިއީ އިރެކްޓަރުން ކަމުގައިވާ ފަރުހާން އަޚްތަރު، ޒޯޔާ އަޚްތަރު ގެ މަންމަ އެވެ. ހަނީ އިރާނީ އަކީ ފަރަހް ޚާން ގެ ބޮޑު ދައިތަ އެވެ. އަދި 1950-1960 ގެ އަހަރުތަކުގައި ހިންދީ ފިލްމް ތަކުގައި ކުޑަކުއްޖެއްގެ ރޯލް ކުޅެގެން މަޝްހޫރުވި ޑޭޒީ އިރާނީ ގެ ދައްތައެވެ. ވަރަށް ގިނަ ފިލްމްތަކެއްގައި ނަމަވެސް ހަނީ އިރާނީ ވަނީ ހަރަކާތްތެރި ވެފައެވެ. އެގޮތުން 72 ފިލްމްގައި ހަރަކާތްތެރިވެ، އެތައް ފިލްމަކަށް ސްކްރިޕްޓް ލިޔެދީ އަދި އެއް ފިލްމް ޑައިރެކްޓްކޮށްފައި ވެއެވެ. ޑައިރެކްޓްކޮށްފައިވާ ފިލްމަކީ 2003 ވަނަ އަހަރު ނިކުތް އަރުމާން އެވެ.