ބާކޫއަކީ އަޒަރުބައިޖާނުގެ ވެރިރަށް އަދި އެއްމެ ބޮޑު ސިޓީ. މީގެ އިތުރުން ބާކޫ އަކީ ކެސްޕިއަން ކަނޑު ކައިރިގައިވާ ހިސާބު އަދި ކޯކަސް ހިސާބުގަނޑުގެވެސް އެއްމެ ބޮޑު ސިޓީ. ބާކޫ އަކީ އަޕްޝެރޮން ޕެނިންސިއުލާގެ ދެކުނު ހިސާބުގައިވާ ސިޓީއެއް. ކަނޑުގެ ލެވެލް އިން 28 މީޓަރު (92 ފޫޓު) ދަށުގައިވާ މި ސިޓީއަކީ ދުނިޔޭގެ އެއްމެ އުސްމިނުން ދަށުގައިވާ ވެރިރަށަކަށް ވުމުގެ އިތުރުން ކަނޑުގެ ލެވެލުގެ ދަށުގައިވާ އެއްމެ ބޮޑު ސިޓީ.

ބާކޫ، އަޒަރުބައިޖާން

ބާކޫ ބެހިގެން ވަނީ ބަޔަކަށް: ދަ އޯލްށް ޓައުން (އިޝެރީ ޝެހެރު)، ތަރައްގީވަމުން އަންނަ 'ބޫމް ޓައުން' އަދި ސޯވިޔެޓު ޒަމާނުގައި އުފައްދައިފާ ސިޓީގެ ހިސާބު ގަނޑު. ބާކޫގެ މެޓްރޯޕޮލިޓަން ހިސާބުގަނޑުގައި 3 މިލިޔަން އެއްހާ މީހުން ދިރިއުޅޭ. އަދި މީގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކީ ރެފިއުޖީ މީހުންނާއި އިންޓާނަލީ ޑިސްޕްލޭސްޑް މީހުން. 

ބާކޫއަކީ ތެޔޮ ގިނަ ރަށެއް. އަދި ވަރަށް ގިނަ ސަރުކާރު އަދި އަމިއްލަ ޔުނިވާސިޓީވެސް ވޭ. 

2012 މޭމަހުގައި ބާކޫގާއި 57 ވަނަ ޔޫރޯވިޜަން ލަވަ މުބާރާތް ބާއްވާފައިވޭ. އަދި 2020 ވަނަ އަހަރުގެ ސަމާ އޮލިމްޕިކްސް ބޭއްވުމުގެ ފުރުސަތަށް ވަނީ އެދެފަ. މި ސިޓީގެ މައި ފުޓުބޯޅަ ޓީމް ތަކަކީ ނެފްޓްޗީ ބާކޫ، އެފްސީ ބާކޫ އަދި އިންޓާ ބާކޫ. ބާކޫއަކީ ދުނިޔޭގެ ފެންވަރުގެ ރާޒުވާކުޅުމުގެ މަރުކަޒެއް.

އަވަށް އުނިއިތުރު ގެންނަވާ

ބާކޫ ބެހުގެން ވަނީ 11 ރަޔޮން (އަވަށް) އަށް އަދި މީގެ ތެރެއިން 5 އަވަށަކީ ސިޓީ.