ޖެނިޓަލް ވޯރޓްސް އުނިއިތުރު ގެންނަވާ

 
ހިއުމަން ޕެޕިލޯމާ ވައިރަސް

މިއީ ހިއުމަން ޕެޕިލޯމާ ވައިރަސް(Human papilloma virus) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ޖެހުނަސް ގިނަފަހަރު އޭގެ އަލާމާތްތައް ނުފެނި ދެއެވެ. ނަތީޖާއެއްގޮތުން ބަލިހުރެ، އެކަން ނޭގި އެހެންމީހުންނަށް ޖިންސީ ގުޅުމުގެ ޒަރީޢާއިން ބަލި އެރުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ޢަލާމާތްތައް ފެންނަނަމަ ބަލިޖެހިފައިވާ މީހާއާ ޖިންސީ ގުޅުން ހިންގާތާ ދެތިން ހަތަރު ހަފްތާގެ ތެރޭގައި ބަލީގެ ޢަލާމާތްތައް ފެންނާނެއެވެ.


ޖެނިޓަލް ވޯރޓްސް ޖެހުން އުނިއިތުރު ގެންނަވާ

ޖެނިޓަލް ވޯރޓްސް ޖެހެނީ ބަލިޖެހިފައިވާ މީހާއާއެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގައިފި ނަމައެވެ.


ޖެނިޓަލް ވޯރޓްސް ޖެހުމުން ފެނިދާނެ އަލާމާތްތައް އުނިއިތުރު ގެންނަވާ

ޖެނިޓަލް ވޯރޓްސް ޖެހުމުން ޖިންސީ ގުނަވަނާއި އޭގެ ވަށައިގެންވާ ހިސާބުތަކުގައި އުންތަކެއް ހެން ހުންނަ ހަންކޮޅު ތަކެއް އުފެދެއެވެ. އާންމު ގޮތެއްގައި މިހަންކޮޅުތައް އުފެދެނީ ފުރަގަސް ފަރާތް، އަދި ޖިންސީ ގުނަވަން ފަދަ ހޫނު ތެތްކަން އެކުލެވޭ ހިސާބު ތަކުގައެވެ. މިބުނި ހަންކޮޅުތައް އެންމެ ހަންކޮޅެއް ނުވަތަ ބައިވަރު ހަންކޮޅުތަކުގެ ސިފައިގައި ވެސް ފާޅުވެދާނެ އެވެ. މިހަންކޮޅުތައް ކުދިކުދިކޮށް ނުވަތަ ބޮޑުކޮށް ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ.


 
ފިރިހެނާގެ ޖިންސީ ގުނަވަނަށް ޖެނިޓަލް ވޯރޓްސް ޖެހިފައި

ބައެއްފަހަރު ކޮލިފްލާވަރ ގެ ސިފަޔަށް ވެސް މިބުނި ހަންކޮޅުތައް އުފެދިފައި ހުރެދާނެއެވެ. އުންތަކެއްހެން އުފުލިފައި ހުންނަ މިހަންކޮޅުތަކުގެ ސަތަހަ ހުންނަނީ މަޑު ރަތްކުލައިގައެވެ. ފަސޭހަ ކަމާއެކު މިބުނި ހަންކޮޅުތަކުން ލޭހިލޭ ގޮތް ވެއެވެ. މިބަލި ޖެހުމަކީ އަންހެނުންގެ ކުރިމަތި ފަރާތަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރުވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

 
އަންހެނާގެ ޖިންސީ ގުނަވަނަށް ޖެނިޓަލް ވޯރޓްސް ޖެހިފައި

ޖެނިޓަލް ވޯރޓްސް އިން ރައްކާތެރިވުން އުނިއިތުރު ގެންނަވާ

ޖެނިޓަލް ވޯރޓްސް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
  • ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
  • ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
  • ރާބުއިން އަދި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން