ޕިސްތާ ބަދަން (އިނގިރޭސި ބަހުން: Pistachio nut)އަކީ ޕިސްތާ ގަހުގައި އަޅާ މޭވާ ޕިސްތާ ގެ އޮށެވެ. މިއީ ހަރުތޮށިގަނޑެއް ބޭރުން ލެވިފައި ހުންނަ ބަދަނެކެވެ. މިބަދަނުގެ ބޭރުގައި މަޑު ފެހިކުލައިގެ ފަށެއް ހުރެއެވެ. މިފެހިކުލަ ޕިސްތާ ދޮންވެ ހަރުވެ، ފުރިހަމަ ބަދަނަށްވުމުން މަޑު ރީނދޫ ނުވަތަ ރަތްކުލައަކަށް ބަދަލުވެއެވެ. މިބަދަން ހުންނަނީ ދިގުކޮށެވެ. ޕިސްތާ ބަދަނުގެ ބަރުދަނުގައި 1 ގްރާމް ވަރުހުރެއެވެ. ޕިސްތާ ގަހަކުން އަހަރަކު 50 ކިލޯ ގްރާމްގެ ޕިސްތާ ބަދަން، އުފައްދައެވެ. މާނައަކީ އަހަރަކު 50 ހާސް ޕިސްތާ އުފެދެއެވެ. ޕިސްތާ ގަސް ދުނިޔޭގައި ހުންނަތާ މިހާރު 80 މިލިއަން އަހަރު ވެދާނެ ކަމަށް ބުނެވެއެވެ.

ޕިސްތާ ބަދަން