ސީނުކަރައިގެ މީހުންގެ ޖުމްހޫރިއްޔާ
People's Republic of China
中华人民共和国
Zhōnghuá Rénmín Gònghéguó
Flag of China Coat of arms of China
ދިދަ ނިޝާން
މޮޓޯ: ނ.
ޤައުމީ ސަލާމް: މާރޗް އޮފް ދި ވޮލަންޓިއަރސް
Location of China
ވެރިރަށް ބީޖިންގ
އެންމެ ބޮޑު ޝަހަރު ޝަންހާއީ
ރަސްމީ ބަސް (ތައް) ސީނީ ބަސް
ސަރުކާރު އިޝްތިރާކީ ޖުމްހޫ2Kރިއްޔާ
ހޫ ޖިންޓާއޯ
ވެން ޖިއަބާއޯ
ޤާއިމުވީ
- މީހުންގެ ޖުމްހޫރިއްޔާ
- ޢިއުލާންކުރީ

އޮކްޓޫބަރު 1، 1949
އަކަމިން
 • ޖުމްލަ
 • ފެން (%)
 
9,596,960 އކކމ (3ވަނަ)
2.8
އާބާދީ
 • 2007 އަންދާސީ.
 • [[As of |]] ބޯހިމެނުން

 • އަކަބުރަ
 
1,317,000,000 (1ވަނަ)

އކކމ/140(72ވަނަ)
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ)
 • ޖުމްލަ
 • ޕަރ ކެޕިޓާ
2006 އަންދާސީ
$10 ޓްރިލިއަން (2ވަނަ)
$2040 (110ވަނަ)
އ.ތ.ފ (2004) 0.768 (81ވަނަ) – މެދުމިންވަރު
ފައިސާ ރެންމިބީ (RMB¥) (CNY)
ވަގުތު ޒޯން
 • ހޫނު މޫސުމް (ދ.ރ.ވ)
(ވ.ބ.ގ+8:00)
ބެލިފައެއްނުވޭ (ވ.ބ.ގ+8:00)
އިންޓަނެޓް މ.ދ.އ .cn
ފޯން ކޯޑު +86

ސީނުކަރައިގެ މީހުންގެ ޖުމްހޫރިއްޔާ (ސާދާ ސީނީ ބަހުން: ; ބޯދާ ސީނީ ބަހުން: ) ނުވަތަ ޢާއްމު ނަމުން ކިޔާ ގޮތަށް ނަމަ ސީނުކަރަ އަކީ އިރުމަތީ އޭޝިޔާ ގައި އޮތް އެއްމެ ބޮޑު ޤައުމެވެ. 1.31 ބިލިއަން މީހުންގެ އާބާދީއެއް އޮތް މިޤައުމަކީ ދުނިޔޭގެ އެއްމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ގޮތުން ބަލާއިރު 9.5 މިލިއަން އަކަކިލޯމީޓަރުގެ އަކަމިނެއް ލިބިފައިވާ ސީނުކަރަ އަކީ ބިމުގެ ނިސްބަތުން ދުނިޔޭގެ 3 ވަނަ އަށް އެއްމެ ބިޔަ ޤައުމެވެ. ސީނުކަރައިގެ ވެރިރަށަކީ ބީޖިންގ އެވެ.

1949 ވަނަ އަހަރު އެ ޤައުމު ޤާއިމު ވީއްސުރެ ސީނުކަރައިގެ ޤިޔާދަތު ބަލަހައްޓަމުން އައީ އެއްޕާޓީ އޮންނަ ނިޒާމުގެ ދަށުން ސީނުކަރައިގެ ކޮމިއުނިސްޓު ޕާޓީއެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ނުވަތަ ސީނުކަރައަކީ އިރުމަތީ އޭޝިޔާގައި އޮތް އެންމެ ބޮޑު ޤައުމެވެ. އަދި މިވަގުތު މުލި ދުނިޔޭގައި ވެސް އޮތް އެންމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. އާބާދީގައި 1.3 ބިލިޔަން މީހުން ތިބި ޗައިނާއަކީ ދުނިޔޭގެ މުޅި އާބާދީގެ ގާތްގަނޑަކަށް ފަސް ބައިކުޅަ އެއް ބައި ޙިއްޞާކުރާ ޤައުމެވެ. އެންމެ ޕާޓީއެއްގެ މައްޗަށް ބިނާވެފައިވާ ވެރިކަމުގެ ނިޒާމެއް އޮތް ޗައިނާގައި ވެރިކަން ކުރަނީ “ކޮމިއުނިސްޓް ޕާޓީ އޮފް ޗައިިނާ” އިންނެވެ. ޗައިނާގައި އެ ޤައުމުގެ އާދައިގެ މަތީން ހިނގާ 22 ޕްރޮވިންސު އޮވެއެވެ. ޒާތީވެރިކަމެއް އޮންނަ ފަސް ސަރަޙައްދު އޮވެއެވެ. މި ފަސް ސަރަޙައްދަކީ؛ ޚިންޖިއާން، އިނަރ މޮންގޯލިޔާ، ޓިބެޓް، ނިންޚިޔާ، އަދި ގުއާންޚީއެވެ. މީގެ އިތުރުން ހަތަރު މުނިސިޕަލްޓީ އާއި ވަރަށް ބޮޑު ޒާތީ މިނިވަންކަމެއް އޮންނަ ދެ ސަރަޙައްދު އޮވެއެވެ. ހަތަރު މުނިސިޕަލްޓީއަކީ؛ ބެއިޖިން، ތިއާންޖިން، ޝަންހާއީ އަދި ޗޮންކިން އެވެ. ވަރަށް ބޮޑު ޒާތީ މިނިވަންކަމެއް ދެވިފައި އޮންނަ ޚާއްޞަ އިދާރީ ސަރަޙައްދުތަކަކީ ހޮންކޮންގާއި މަކާއޯއެވެ. ޗައިިނާގެ ވެރިކަން ކުރާ ރަށަކީ ބެއިޖިންގެވެ. އަކަމިނުގައި ގާތްގަނޑަކަށް 9.6 މިލިޔަން އަކަކިލޯމީޓަރު ހުރި ޗައިނާއަކީ އަކަމިނަށް ބިލާއިރު ދުނިޔޭގައި އޮތް ތިންވަނައަށް ނުވަތަ ހަތަރުވަނައަށް އެންމެ ބޮޑު ޤައުމެވެ. ދުނިޔޭގެ އެންމެ ޤަދީމީ ޙަޟާރަތްތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ޤަދީމީ ޙަޟާރަތު އުފަންވެފައިވާ ރީނދޫކޯރުގެ އައްސޭރީގައެވެ. މިއަދު ދުނިޔޭގައި އިޤްތިޞާދީ ގޮތުން ތިންވަނައަށް އެންމެ ބޮޑު ޤައުމުގެ ގޮތުގައި އޮތް ޗައިނާއަކީ އ.ދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން މެންބަރެކެވެ. ނިއުކްލިޔަރ ހަތިޔާރު ހުރި ޗައިނާއަކީ ސިފައިންގެ ލަޝްކަރު އެންމެ ބޮޑު ޤައުމެވެ. އަދި ހަމައެހެންމެ ތިންވަނައަށް ދިފާޢީ ބަޖެޓު ވެސް އެންމެ ބޮޑު ޤައުމުމެއެވެ. “މާކެޓް ބޭސްޑް އިކޮނޮމިކް ރިފޯމް” ތަކެއް 1978 ވަނަ އަހަރުގައި ތަޢާރަފުކުރި ފަހުން ޗައިނާ ވެފައިވަނީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދު ކަމުގައެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އަމިއްލަ އުފެއްދުންތައް ބޭރުކުރާ ޗައިނާއަކީ ތިންވަނައަށް އެންމެ ގިނައިން ބޭރު އުފެއްދުންތައް އެތެރެކުރާ ޤައުމު ވެސް މެއެވެ. ޗައިނާގެ ޞިނާޢީކުރިއެރުމުގެ ސަބަބުން އެ ޤައުމުގެ ފަޤީރުކަމުގެ ނިސްބަތްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މި ގޮތުން 1981 ވަނަ އަހަރުގައި ޗައިނާގެ ފަޤީރުކަން 53% ގައި އޮތް ނަމަވެސް 2001 ވަނަ އަހަރާ ހަމަޔަށް އައިއިރު މި ޢަދަދުވަނީ 8% އަށް ތިރިވެފައެވެ. އެހެން ނަމަވެސް މިއަދު ޗައިނާއަށް ވަނީ އެހެން މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ. “އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތު” ގެ ސަބަބުން ޗައިނާގެ ޒުވާންފުރައިގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ހަމަ އެއާއެކު މުސްކުޅީންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިކަމާ ގުޅިގެން ވަރަށް ބޮޑު އިޖްތިމާޢީ ހަމަނުޖެހުމަކާ އެ ޤައުމަށްވަނީ ކުރިމަތިލާން ޖެހިފައެވެ. އިންސާނީ ޙައްޤުތަކުގެ މައްސަލައިގައި ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ޗައިިނާއަކީ ނޫސްވެރިކަމުގެ މިނިވަންކަމެއް ވެސް ނެތް ޤައުމެކެވެ.

ތާރީޚު އުނިއިތުރު ގެންނަވާ

ޗައިނާގެ ލިޔެވިފައިވާ ތާރީޚު ފެށެނީ ޢީސާއީ ސަނަތުގެ 1550 އަހަރު ކުރީންނެވެ. ޝާން ޚާންދާނުގެ ވެރިކަމުގައި ޤަދީމީ ސީނުކަރައިގެ ލިޔުންތައް ލިޔެފައިވާ ކަހަނބު ފަތްތަކަކީ 1500 ބީ.ސީ އާ ހިސާބުގެ އެއްޗެހިކަމަށް ކާބަން ޑޭޓިން އިން ދައްކައެވެ. އެހެން ނަމަވެސް ޗައިނާގައި މީހުން އާބާދުވެ ދިރިއުޅެން ފަށާފައިވަނީ މީގެ ވެސް އެތައް ޤަރުނެއް ކުރީންކަމަށް އެ ޤައުމުގެ އާސާރު ހެކިދެއެވެ.

ޚާރިޖީ ގުޅުންތައް އުނިއިތުރު ގެންނަވާ

ފައިލު:Mao proclaiming the establishment of the PRC in 1949.jpg

ދުނިޔޭގައި މިވަގުތު އޮތް ކޮމިއުނިސްޓް މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާއަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކާއެކު ޚާރިޖީ ގުޅުންތައް ބާއްވަމުން އަންނަ ޤައުމެކެވެ. ހުޅަނގުގެ ޤައުމުތަކުގެ ތެރެއިިން ޗައިނާއާއެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރީ ސުވިޑެންއިންނެވެ. އެއީ 9 މެއި 1950 ގައެވެ.

އިންސާނީ ޙައްޤުތައް އުނިއިތުރު ގެންނަވާ

އިންސާނީ ޙައްޤުތަކާ ޚިލާފަށް ޙަރަކާތްތެރިވާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޗައިނާގައި އެ ޤައުމުގެ ސިޔާސަތާ ދެކޮޅަށް ޙަރަކާތްތެރިވުމުގެ ފުރުޞަތެއް ވެސް އަދި ހަމަ އެހެންމެ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތެއް ވެސް ނޯވެއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސް މަޖައްލާތަކަށް ވެސް ޗައިނާގައި ފުރުޞަތު ނޯންނަކަމީ ޗައިނާއިން އިިންސާނީ ޙައްޤުތަކަށް އިޙްތިރާމްނުކުރާ ކަމުގެ ހެތްކެކެވެ. އިންސާނުންނަށް ލިބިދޭން ޖެހޭ އަސާސީ ޙައްޤުތައް ޗައިނާގެ ރައްޔިތުންނަށް ލިބިދޭން ޖެހޭނެ ކަމުގައި އެ ޤައުމުގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވި ކަމުގައި ވިޔަސް، ޖިނާއީ ކުށެއްގެ ގޮތުގައި، ދައުލަތާ އިދިކޮޅު ޢަމަލު ހިންގިކަމަށް ބަލައި، މީގެ ތެރެއިން ވަރަށް ގިނަ ޙައްޤުތައް ނިގުޅައިގަނެވޭކަން ފާހަގަކުރެވެއެވެ.

ޢާއްމު ބައެއް މަޢުލޫމާތު އުނިއިތުރު ގެންނަވާ

 

އެއްތްނިކް ގޮތުން ބަލާއިރު ޗައިނާގެ 91% އަކީ ހާން ނަސްލުގެ މީހުންނެވެ. މީގެ އިތުރުން ވެސް ތަފާތު 11 ނަސްލެއްގެ މީހުން ޗައިނާގައި އުޅެއެވެ. ޗައިނާގެ ސަރުކާރަކީ އިލްޙާދީ (އެތީސްޓް) ސަރުކާރެކެވެ. އެހެން ނަމަވެސް އެ ޤައުމުގައި ޓާއޮއިޒަމް، ބުދިޒަމް، އިސްލާމް، ހިންދުއިޒަމް އަދި ކްރިސްޓިއަނިޓީ ހިމެނެއެވެ. ޗައިނާގައި ވަގުތު ބަލަނީ ޖީ.އެމް.ޓީ އަށް 8 ގަޑިއިތުރުވާ ގޮތަށެވެ. ކޯލިން ކޯޑަކީ +86 އެވެ. ޗައިނާގެ ފައިސާއަކީ ރެންމިންބީއެވެ. ޗައިނާގެ ދައުލަތް މިޒަމާނުގެ ގޮތަށް ޤާއިމުވެފައިވަނީ 1 އޮކްޓޯބަރު 1949 ގައެވެ. ޤައުމީ ބަހެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ސްޓޭންޑަރޑް މެންޑަރިންއެވެ. އަކުރެއްގެ ގޮތުގައި ބޭނުންކުރެވެނީ ސިންޕްލިފައިޑް ޗައިނީޒްއެވެ. ޗައިނާގެ އެންމެ ބޮޑު ޝަހަރަކީ ޝަންހާއީއެވެ. ޗައިނާގެ ރައީސަކަށް މިހާރު ހުންނެވީ ހޫ ޖިންޓާއޯއެވެ. ބޮޑުވަޒީރަކީ ވެން ޖިއާބާއޯއެވެ. ޗައިނާގެ އެންމެ މަޝްހޫރުތަނަކީ އެ ޤައުމުގެ ބޮޑު ފާރެވެ. ނުވަތަ ގްރޭޓް ވޯލް އޮފް ޗައިނާއެވެ.