ސައިފް ޢަލީ ޚާން (އުފަންވެފައިވަނީ އޮގަސްޓް 16، 1971 ނިއުދިއްލީ، އިންޑިޔާ) އަކީ ހިންދީ ފިލްމް އެކްޓަރެކެވެ. މިއީ މަންޞޫރު ޢަލީ ޚާން ޕަޓޯޑީ އަދި ފިލްމީ ބަތަލާ ޝަރުމީލާ ޓޭގަރު ގެ ދަރިއެކެވެ. ސައިފް ޢަލީ ޚާންގެ ދެއަންހެންކޮއްކޮ ތިބެއެވެ. އެއީ ފިލްމީ ތަރި ސޮހާ ޢަލީ ޚާން ، އަދި ސަބާ ޢަލީ ޚާން އެވެ. ސައިފް ޢަލީ ޚާން ގެ ފިލްމީ ދާއިރާއަށް ނިކުތީ 1992 ވަނަ އަހަރު ނިކުތް ފިލްމް ޕަރަމްޕާރާ އިންނެވެ. އޭނާގެ ފުރަތަމަ ކާމިޔާބު ފިލްމަކީ 1994 ވަނަ އަހަރު ނިކުތް މޭކިލާޅީ ތޫއަނާޅީ އެވެ. އޭގެ ފަހުން އެއަހަރު ނިކުތް ޔޭދިއްލަގީ އަކީވެސް ކާމިޔާބު ފިލްމެކެވެ.

ސައިފް ޢަލީ ޚާން