މެލިގްނަންޓް މެލަނޯމާ (އިނގިރޭސި ބަހުން: Malignant Melanoma)އަކީ ވަރަށް ހަލުވިކޮށް ފެތުރޭ ކެންސަރުގެ ބާވަތެކެވެ. މިބާވަތުގެ ކެންސަރު ޖެހިފައިވާ މީހުންގެ ކެންސަރު ޖެހިފައިވާ ހިސާބުގެ ލިމްފް ގްލޭންޑްތައް ވެސް ދުޅަވެފައި ހުރެއެވެ.

އަލާމާތްތައް އުނިއިތުރު ގެންނަވާ

  • ހަމުގައި ހުންނަ ކަޅުތިލަ ނުވަތަ އުފަންލަފް ކުއްލިއަކަށް ބޮޑުވާންފެށުން
  • ހަމުގައި ހުންނަ ކަޅުތިލައިން ކުއްލިއަކަށް ލޭއަންނަން ފެށުން
  • ކުދިކުދި ކަޅުތިލަތައް ހަމުގައި އިތުރުވާން ފެށުން

ފަރުވާ އުނިއިތުރު ގެންނަވާ

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005