ވަސްކަށި(އިނގިރޭސި ބަހުން: nasal bone) އަކީ ނޭފަތުގެ އެންމެ މައްޗަށް ނުވަތަ ބޭރަށް ހުންނަ ކަށިކޮޅު އެވެ. ވަސްކަށި އުފެދިފައިވަނީ ކުޑަ ދެކަށިކޮޅު ގުޅިގެންނެވެ. އަދި މިކަށިކޮޅުގެ ސައިޒު އެކިމީހުންގެ ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ނޭފަތުގެ މަތިން ދެފަރާތުން އުފެދިފައިވާ ދެކަށިކޮޅު ގުޅިގެން އުފެދިފައިވާ ވަސްކައްޓަކީ ނޭފަތުގެ ބްރިޖް އުފައްދައިދޭ ކަށިކޮޅު ވެސް މެއެވެ. މިއިން ކޮންމެ ކަށިކޮޅެއްގައި ދެފަރާތް އަދި 4 ބޯޑަރު އެކުލެވިގެން ވެއެވެ.