ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރޮޕިން

ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރޮޕިން ނުވަތަ (އިނގިރޭސި ބަހުން: Human chorionic gonadotropin) އަކީ ބަލިވެ އިންނަތަނާހެން ބަނޑުގައި އުފެދެން ފަށާ ކުޑަ ދަރިފުޅުގެ ހަށިގަނޑުން އަދި ފަހުން މާބަނޑުވުމާއި ގުޅިގެން އުފެދޭ މަހުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އަދާކުރާ މައިގަނޑު ވަޒީފާ އަކީ ބިސްރަވައިގައި އުފެދޭ ކޯޕަސް ލޫޓިއަމް ހަލާކުވެބައިބައިވެގެން ދިޔަނުދީ ހިފެހެއްޓުމެވެ. މިހެންވުމުން ކޯޕަސް ލޫޓިއަމް އިން ޕްރޯޖެސްޓަރޯން ދޫކުރަން ފަށައެވެ. ބަލިވެއިނުމަށްޓަކައި މިބުނި ކަންތައްތަކަކީ ވަރަށް މުހިއްމު އެހާމެ ބޭނުންތެރި ކަންކަމެވެ.