Content deleted Content added
No edit summary
No edit summary
ފޮޅުވަތް 2:
 
== ފަސްމަންޒަރު ==
ފިރުދޯސީގެ ޝާހުނާމާގައި ބަޔާންކޮށްފައި ވާގޮތުން ރުސްތުމަކީ އީރާނުގެ ބަތަލެވެ. އޭނާއަކީ ފާތިހުންގެ ފާތިހެވެ. ޝާހުނާމާގެ އެންމެ ހިތްގައިމު ވާހަކަތަކުގައި ރުސްތުމް ބައިވެރިވެއެވެ. އޭނަގެ ޅަފުރާގައި ރަސްގެފާނު މަނޫޝެހެރް ގެންގުޅުނު މޮޔަވެފައިވާ ހުދުއެތް، އޭނާގެ ކާފަ ސާމް ގެ ވާރުތައިން ލިބުނު ގުރުޒުން އެއްފަހަރުން ޖެހިޖެހީނުން މަރާލިއެވެ. އޭގެ ފަހުން އޭނާ މަޝްހޫރު [[ރަޚުޝް]] އޮޅުކުށް ކިޔަމަން ކުރިއެވެ. ރުސްތުމް މި ނަން އުފެދިގެން އައީ "ރޯދު" އާއި "ތަހުމަ" މި ދެ ލަފުޒުން ކަމަށް ބެލެވެއެވެ. ރޯދު ގެ މާނަ އަކީ ހެދި ބޮޑުވުން، ފައްކާވުން ނުވަތަ ތަރައްގީވުމެވެ. ތަހުމަ ގެ މާނައަކީ ހިތްވަރުގަދަކަމެވެ.
 
=== އުފަންވުން ===
ފާރިސީ ފުލޯކުތަކުގައި ބުނެފައިވާ ގޮތުން ރުސްތުމް ވިހެއުމުގައި އޭނާގެ މަންމަ ރުދަބާ އަށް އުނދަގޫތަކެއް ކުރިމަތިވެ ދިގުދެމިގެން ދިޔައެވެ. އެއީ އެ ދަރިފުޅުގެ ސައިޒު ބޮޑުކަމުންނެވެ. އަދި ވިހެއުމުގެ އުނދަގޫތަކަށް ކެތް ނުކުރެވިގެން ރުދަބާ މަރުވެދާނެކަމަށް އޭނާގެ ފިރި ޒާލް ދުއްޓެވެ. އެހައި ހިސާބުން ޒާލް [[ސިމާގު]] ގެ އެހީއަށް އެދުނެވެ. ދެން ސިމާގް ހާޒިރުވެ "ރުސްތުމްޒާދު" (ކަފާލައިގެން ދަރިފުޅު ނެގުން) ކުރާނެ ގޮތް ކިޔައިދީ ދެމައިންގެ ފުރާނަ ސަލާމަތް ކޮށްދިނެވެ.
 
 
=== ހަފްތު ޚާން ===
ކީކާއުސް، ރުސްތުމްގެ ރަސްގެފާނު މަޒަންދަރުގެ އިފުރީތެއްގެ ހައްޔަރުގެ ދަށަށް ދިޔައެވެ. ރަސްގެފާނު މި އިފުރީތުގެ ފުށުން ސަލާމަތް ކުރުމަށް ރުސްތުމް ވަރުގަދަ އަދި ކާމިޔާބު ދަތުރެއް ކުރިއެވެ. މި ދަތުރަށް ފާރިސި ބަހުން ކިޔަނި ހަފްތު ޚާނޭ ރުސްތުމް އެވެ.
 
== މަތިފުށް ==
ރުސްތުން ކައިވެނި ކުރީ ސަންގަމަންގެ ރަސްގެފާނުގެ އަންހެންދަރި ތަހުމީނާ އާ އެވެ. މި ދެމީހުންނަށް ފިރިހެން ދަރިޔަކު ލިބުނެވެ. ނަމަކީ [[ސޮހްރަބް] އެވެ. ބުނެވޭ ގޮތުގައި ސޮހްރަބް ގަތުލުކުރެވުނީ ހަނގުރާމައިގެ ތެރޭގައި ރުސްތުމްގެ އަތުންނެވެ. ރުސްތުމަށް ގަތުލު ކުރެވުނީ އޭނާގެ ދަރި ކަން އެނގުނީ ޒަހަމް ކުރެވުމަށް ފަހުއެވެ. އޭގެ ފަހުން އޭނާއަށް އަންހެން ދަރިއަކު ލިބުނެވެ. ނަމަކީ ގުޝްސަބް އެވެ. އަދި ހަމަ އެ ބަނޑަށް ފިރިހެން ދަރިއަކުވެސް ލިބުނެވެ. ނަމަކީ ފަރާމަރަޒް އެވެ.