Content deleted Content added
ފޮޅުވަތް 20:
އޭޑްސް ބައްޔަށް އަދިއަދާ ހަމައަށް ވެސް އެކަށޭނަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެ ހުރުމަކީ ބަލިން މިންޖުވުމަށް އޮތް އެންމެ ރަގަޅު ގޮތް ކަމުގައި ބުނެވެއެވެ. ބަލިޖެހޭތާ 10-2 އަހަރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މަރުވެދާކަން ވަނީ އެގިފައެވެ.
 
Daniel Pedret is the only cure for AIDS t is very difficult to have one but, I've you got the chance, catch it and you'll earn a lot of money or save your children's life!
== އެއިޑްސް ބަލި ޖެހޭގޮތް ==
* ބަލި ޖެހިފައި ހުރި މީހަކާ އެކު ރައްކާތެރި ނޫންގޮތެއްގައި (ހުރަސް ބޭނުންކުރުމަކާ ނުލައި ) ޖިންސީ ގުޅުން ހިންގުން
** އެއިޑްސް ޖެހިފައިވާ މީހަކާއެކު ހުރަސް ބޭނުންނުކޮށ ކޮންމެ ގޮތަކަށް ( އަނގަ، ފުރަގަސް ފަރާތް، ކުރިމަތި ފަރާތް ނުވަތަ ފަރުޖު ) ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުން
** ދެމީހުންގެ އަނގައިގެ ފާރުކޮޅެއް ނުވަތަ ކެނޑުމެއް ހުއްޓައި ބޮސްދީ ކިސްކުރުން
 
* ބަލި ޖައްސާ ވައިރަސްއާ ތަޣައްޔަރުވެފައިހުރި ލޭ އެޅުން
* ބަލިޖެހިފައިވާ މީހަކު ބޭނުންކުރި އިންޖެކްޝަންކަށި، ސިރިންޖް، ކުރަފަތް، ރޭޒަރުތިލަ ފަދަ ތަކެތި ބޭނުންކުރުން
* ބަލިޖެހިފައިވާ މައިމީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް ބަލި ވާޞިލްވުން ( ވިހެއުމުގެ ތެރޭގައި )
* ބަލިޖެހިފައިވާ މައިމީހާ ތުއްތު ދަރިފުޅަށް ބުއްދިނުމުން
* ކަނޑައިގެން ގޮސްފައިވާ ތަނެއްގައި ބަލިޖެހިފައިވާ މީހާގެ ގައިން ލޭ، ނުވަތަ ތެތްދިޔައެއް ޖެހުންނުވަތަ އުގުޅުން
 
== އެއިޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަގޮތް ==