Content deleted Content added
No edit summary
One photograph in higher resolution
ފޮޅުވަތް 1:
ޚޫފޫ ޕިރަމިޑް ބިނާކުރެއްވީ މިޞްރުގައި ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ޚޫފޫ ރަސްގެފާނު އެވެ. އެއީ އޭނާ އަވަހާރަވުމުން ފަސްދާނުލާނެ ތަނެއްގެ ގޮތުގައެވެ. މިޕިރަމިޑް ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 2560 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. އެއްކޮށް ބިނާކޮށް ނިމުނީ ޢީސާގެ ފާނުގެ 2580 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. ބައެއް ލިޔުން ތަކުގައި ޢީސާގެ ފާނުގެ ކުރިން 2600-2500 އަހަރާއި ދެމެދުގައި ކަމަށް ބުނެފައި ވެއެވެ.
 
[[Image:Kheops-PyramidGizeh Cheops BW 1.jpg|300px|]]
ފުރަތަމަ ޕިރަމިޑް ބިނާކުރުމުގެ ޚިޔާލު ކުރެވުނީ ''އައްޓެއް'' ނުވަތަ ''ސްޓޭޖެއް'' ބިނާކޮށް އޭގެ މަތި ނިވާކުރެވޭގޮތަށް ހެދުމަށެވެ. އެއީ މިބުނި އަށި ނުވަތަ ސްޓޭޖްގެ މަތީގައި ރަސްގެފާނުގެ މަހާނަ ބެހެއްޓުމަށްފަހު އޭގެ މަތި ނިވާކޮށް ރައްކާކުރެވޭ ގޮތަށެވެ.