އިއްދައިން ކެނޑުން: Difference between revisions

Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: eu:Menopausia
m ރޮބޮޓ ބަދަލު ގެނައުނ: ml:ആർത്തവവിരാമം; cosmetic changes
ފޮޅުވަތް 12:
 
== އިއްދައިންކެނޑުމަށް ދިމާވާގޮތް ==
އިއްދައިން ކެނޑުން ކުރިމަތިވާ މައިގަނޑު ސަބަބަކީ [[ރަހިމު]]ގެ ދެފަޅީގައިވާ [[ބިސްރަވަ]] އިން ބިސްދޫކުރުން ހުއްޓާލުން ނުވަތަ ބިސް އުފެއްދުން މަދުވުމެވެ. ފުރާއުމުރުން ފެށިގެން އަންހެންކުދިންނަށް ކުރިމަތިވާ މައްސަރު ކަންތައް ނުވަތަ [[ޙައިޟުވުން]] ޖެހެނީ [[ސިކުނޑި]]ގައިވާ [[ހައިޕޯތަލަމަސް]]އޭ ކިޔުނު ހިސާބުން [[ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން]] ދޫކުރަން ފެށުމުންނެވެ. މި ހޯރމޯން އަކީ [[ޕިޓޫއިޓަރީ ގްލޭންޑް]] އިން [[ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން]]، އަދި [[ލޫޓީއިނައިޒިންގ ހޯރމޯން]] ދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ް [[ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން]]، ބޭރުވުމަކީ ބިސްރަވައިގެ ތެރޭގައި ބިސް އެކުލެވިގެންވާ ކުދިކުދި ފޮލިކަލްތައް އުފެދި ބޮޑުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ކޮންމެ މަހަކު [[ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން]]، އަދި [[ލޫޓީއިނައިޒިންގ ހޯރމޯން]] ގެ ސަބަބުން ފޮލިކަލް ތައް ފައްކާވެ، ބިސްދޫކުރުމުގެ ތެރޭގައި [[އެސްޓްރަޖަން]]، އަދި [[ޕްރޯޖެސްޓަރޯން]] ބޭރުކުރެއެވެ. ފަހުން މިބުނެވުނު ދެހޯރމޯން އަކީ ބަލިވެ އިނުމުގެ ތެރޭގައި [[ރަހިމު]] ފުޅާވެ، އޭގެ ފަށަލަ ބޯކުރުމުގައި ޒިންމާވާ ދެހޯރމޯންއެވެ. [[ލޫޓީއިނައިޒިންގ ހޯރމޯން]] ދޮންވެ ފައްކާވެފައިވާ ބިސް ފޮލިކަލް އިން ބޭރުކުރުމަށް ބާރުއަޅައެވެ. ބަލިވެ ނީދެއްޖެނަމަ [[އެސްޓްރަޖަން]] އަދި [[ޕްރޯޖެސްޓަރޯން]]ގެ މިންވަރު ދަށްވެ، ރަހިމުގެ އެތެރެއިން ލެވިފައިވާ ދުލިފަށަލަ ފެޅި، ޙައިޟުގެ ލޭގެ ގޮތުގައި ބޭރުވެގެން ދެއެވެ.
 
އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ބިސްރަވައިގެ ތެރޭގައި ހުންނަ ފޮލިކަލްގެ މިންވަރު މަދުވެ، އޭގެ ފެންވަރު ދަށްވެގެންދެއެވެ. މާނައަކީ ބިސް އުެފެއްދުންވެސް މަދުވެގެން ދިއުމެވެ. އެއާއެކު [[އެސްޓްރަޖަން]] އަދި [[ޕްރޯޖެސްޓަރޯން]] ވެސް އުފެއްދުން މަދުވެ، ހުއްޓުމަކަށް އަންނަގޮތް ވެއެވެ. އާޚިރު ނަތީޖާއަކީ މައްސަރު ކަންތަކަށް ބަދަލު އައިސް ހުއްޓެމުންގޮސް މުޅިން މައްސަރުކަންތައް ޖެހުން ހުއްޓިގެން ދިއުމެވެ. އިއްދައިން ކެނޑުން ކުރިމަތިވަނީ މިބީދައިންނެވެ.
ފޮޅުވަތް 19:
އިއްދައިން ކެނޑުމުން އަންހެނުންގެ ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް އާދެއެވެ. އޭގެ ތެރޭގައި ނަފްސާނީ، ޖިސްމާނީ އަދި ޞިއްހީ ބަދަލުތައް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ބަދަލުތައް ގުޅިފައިވަނީ އިއްދައިން ކެނޑުމާއި ކަމަށްވިޔަސް އަނެއް ބައި ބަދަލުތަކަކީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ކަންތައްތަކެވެ.
=== ނަސްލު އުފެއްދުމާއިބެހޭ ބައިތަކަށް އަންނަ ބަދަލުތައް ===
* [[ބިސްރަވަ]] : މިތަނުން ޖިންސީ ހޯރމޯން އުފެއްދުން ހުއްޓުމާއި ގުޅިގެން ބިސްރަވަ އިގެ ސައިޒުން ކުޑަވެ، އެއްވެސް ހަރަކާތެއް ނެތް ހަރުޖިސްމު އަކަށް މަޑުމަޑުން ބަދަލުވެއެވެ.
* [[ބިސް ދަތުރުކުރާ ހޮޅި]] : ބިސް ދަތުރުކުރާ ހޮޅީގެ ސައިޒުން ކުޑަވެ، އޭގެ ސެލްތަކުގައި ހުންނަ ނަރުވާތައް ގެއްލި ނެތިދެއެވެ. ނަތީޖާއެއްގެ ގޮތުން މިހޮޅިއަށް ލިބިގެންވާ ޚާއްޞަ ހަރަކާތް ގެއްލި ބީވެގެންދެއެވެ. މިބުނި ހަރަކާތަކީ ކުރިން ބުނި ނަރުވާތަކުގެ އެހީގައި ބިސް ރަހިމް އާއި ދިމާއަށް ގެންދިއުމެވެ.
ފޮޅުވަތް 27:
* އުރަމަތި: ކިރު ބޭރުކުރާ ގޮށްތައް ހިނދި، އޭގެ ވާންކަން ގެއްލި، ހަންގަނޑުގައި ރޫޖެހި އެލޭގޮތް ވެއެވެ.
 
=== މުޅިހަށިގަނޑަށް އާންމުކޮށް އަންނަ ބަދަލުތައް ===
* އަންހެންވަންތަ ސިފަތައް ގެއްލިދެއެވެ. އަޑުކުރަކިވެ، ހަށިގަނޑުގެ ލޫޅާފަތިކަން ގެއްލިދެއެވެ. ހަންގަނޑުގައި ހުންނަ އޮމާންކަން ގެއްލި ރޫޖެހޭގޮތްވެއެވެ. ހަންގަނޑު ހިކިވެ، ކުރަކިވާގޮތް ވެއެވެ.
* އިސްތަށި ފައިބާން ފަށައެވެ. އަދި ދަތްދޮޅި މަތިމަސް ފަދަ ހިސާބު ތަކުގައި އިސްތަށި ފަޅައި ފިރިހެންވަންތަ ސިފަ ފާޅުވާން ފަށައެވެ.
ފޮޅުވަތް 51:
* ކޮންމެވެސް ކުޅިވަރެއް ކުޅެން ނުވަތަ ލުއި ކަސްރަތެއް ކުރަން އާދަކުރާށެވެ. ކޮންމެ ދުވަހަކުވެސް ހިގާލުމަކީ ފައިދާހުރި ކަސްރަތެކެވެ. އެކަމުގެ ސަބަބުން ހީވާގިވެ، ކާހިތްވެ، ފަސޭހައިން ނިދޭގޮތް ވެއެވެ.
* ހޫނު އެރުން ކުޑަކުރުމަށްޓަކައި ނިދާކޮޓަރި ފިނިކޮށްފައި ބެހެއްޓުން، ގަޔަށްދޫ ހެދުންލުން، އަދި ހޫނުއަރަން ފެށުމުން ފިނިބުއިންތައް ބޭނުން ކުރެވިދާނެއެވެ.
* ބައެއް ކަހަލަ އުދަގޫތަކަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަންޖެހެއެވެ. މިގޮތުން ބައެއް ފަހަރު [[އެސްޓްރަޖަން]] ހޯރމޯންގެ ފަރުވާ ދެވެއެވެ. މިކަމުގެ ސަބަބުން، ހޫނުއެރުން، އަންހެނާގެ ޖިންސީގުނަވަނުގައި ހިރުވައި ކެހުން، އަދި ކުޑަކަމުދާ ނިޒާމްގެ މައްސަލަތައް ކުޑަކޮށްދޭ ކަމުގައި ބުނެވެއެވެ.
 
[[Categoryޤިސްމު:ބަލިތައް]]
 
 
[[Category:ބަލިތައް]]
[[ޤިސްމު:އެކަށޭނަ ލިޔުން]]
 
Line 83 ⟶ 81:
[[lv:Menopauze]]
[[mk:Менопауза]]
[[ml:ആർത്തവവിരാമം]]
[[ml:ആർത്തവ വിരാമം]]
[[nl:Menopauze]]
[[no:Menopause]]