Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: hi:विटामिन डी ފޮހެލުނ: de:Cholecalciferol ބަދަލު ގެނައުނ: it:Vitamina D
No edit summary
ފޮޅުވަތް 2:
ވިޓަމިން ޑީ އެންމެ މުހިއްމު ބައެއް ކުޅެނީ ހަށިގަނޑަށް ކެލްސިއަމް ނަގައި ދިނުމަށެވެ. ހޯރމޯން އެއްގެ ގޮތުގައި މަސައްކަތްކޮށް، ގޮހޮރުގައި އުފެދޭ ކެލްސިއަމް ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ފޯރުވައިދެއެވެ. އެހެން ކަމުން ވިޓަމިން ޑީ އަކީވެސް ހަށިގަނޑަށް ވަރަށް ބޭނުންތެރި މުހިއްމު އެއްޗެކެވެ. ވިޓަމިން ޑީ އިން ހަށިގަނޑަށް ލިބޭ ކެލްސިއަމް ގެ ސަބަބުން ދަތްތަކާއި ކަށި ވަރުގަދަ ކޮށްދެއެވެ.
ވިޓަމިން ޑީ އެކުލެވިގެންވާ ކާނާގެ ބާވަތްތަކުގެ ތެރޭގައި މަހުން ނަގާ ތެޔޮ، ކުކުޅު ބިސް، އަދި ކިރު ހިމެނެއެވެ. ހަށިގަނޑުން ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ކަންތައްތަކަކީ ޅަކުދިންގެ ކަށިމަޑުވުން، ބޮޑެތި މީހުންގެ ގައިގައި ރިއްސާ ކަށިބަލިވުން، ފަދަ ގޮތްތައް ދިމާވުމެވެ. މިގޮތުން އޮސްޓިއޯ މަލަސިއާ ކިޔާ ބައްޔެއް ޖެހެއެވެ.
ކަނޑައެޅިފައިވާ ވިޓަމިން ޑީ ގެ ކެލަމިން({{en|RecommandedRecommended Dietary intake}}) ( ދުވަހެއްގެ ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. ނަމަވެސް މާބަނޑު އަންހެނުންނާއި، ކުޑަކުދިންނަށް ދުވަހެއްގެ މައްޗަށް، 400 އައިޔޫ (އިންޓަނޭޝަނަލް ޔުނިޓް)ގެ ވިޓަމިން ޑީ ލިބޭ ކާނާ ބޭނުންކުރުމަށް ލަފާދެއެވެ.
ވިޓަމިން ޑީ އަކީ އިއްދައިން ކެނޑުމާއި ގުޅިގެން ކަށިގިރެމުންދާ ބައްޔަށް ބޭހެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ. މިމާގިނައިން ކެއުމުން ލޭގައި ކެލްސިއަމް ގިނަވެ، އޭގެ ސަބަބުން ލޮލުން ފެންއައުން، ގައިކެހުން، އަދި ހޮނޑުލެވުން ފަދަ ކަންތައް ދިމާވެއެވެ.