ގުރުދާ ބަދަލުކުރުން: Difference between revisions

Content deleted Content added
m ރޮބޮޓ ބަދަލު ގެނައުނ: mk:Трансплантација на бубрег
No edit summary
ފޮޅުވަތް 3:
ތާރީޚް ހެކިދޭގޮތުން އެންމެ ފުރަތަމަ ގުރުދާ ބަދަލު ކޮށްފައިވަނީ [[ގުރުދާ ގައި ވައިކޮތަޅު ހެދުން]] ކުރިމަތިވެފައިވާ އުމުރުން 44 އަހަރުގެ ރުތު ޓަކަރ ކިޔާ އެމެރިކާ އަންހެނެއްގެ އެވެ. އެއީ 17 ޖޫން 1950 ގައެވެ. މިއޮޕަރޭޝަން ކުރެވުނީ ޗިކާގޯގެ އިލިނޮއިސް ގެ އެވަރގްރީން ޕާރކް ގައި ހުންނަ މޭރީ ހޮސްޕިޓަލް ގައެވެ.
 
ގުރުދާ ބަދަލު ކުރަން ޖެހެނީ ގުރުދާ ބަލީގެ ފަހު މަރުހަލާ ނުވަތަ ({{en|End-stage renal disease}}) އަށް ބަލިމީހާގެ ޙާލަތު ވާޞިލްވެއްޖެ ނަމައެވެ. މާނައަކީ ގްލޯމެރިޔޫލަރ ފިލްޓްރޭޝަން ރޭޓް ނުވަތަ ގުރުދާ ގްލޯމެރިޔޫލަސް ތަކުން ލޭ ސާފުކުރާ މިންވަރު 20-25 އިންސައްތަ އަށްވުރެ ދަށަށް ހިގައްޖެ ނަމައެވެ. ގުރުދާ ބަލީގެ ފަހު މަރުހަލާ އަށް ބަލިމީހާގެ ޙާލަތު ގެންގޮސްފާނެ ކަންތައްތަކުގެ ތެރޭގައި [[ހަކުރުބަލި]]، އިންފެކްޝަންތައް، [[ލޭގެ ޕްރެޝަރު މަތިވުންލޭމައްޗަށްދިއުން]]، އަދި [[ގްލޯމެރިޔޫލޯ ނެފްރައިޓިސް]] ފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން [[ގުރުދާ ގައި ވައިކޮތަޅު ހެދުން]] އަދި މިނޫނަސް އުފެދުމުގައި ގުރުދާ އަށް ޖެހޭ ތަފާތު ބަލިތައް ހިމެނެއެވެ.