ބިސްރަވައިގެ ކެންސަރު: Difference between revisions

Content deleted Content added
Created page with 'އަންހެނުންގެ ދަރިމައިވުމުގެ ބިސް އުފެދެނީ ބިސްރަވައިގެ ތެރޭގައެވެ. ކޮންމެ އަންހެނެއްގެ ވެސް ދެ...'
(No difference)

17:46, 6 ޖޫން 2010ގެ ނުސްހާ

އަންހެނުންގެ ދަރިމައިވުމުގެ ބިސް އުފެދެނީ ބިސްރަވައިގެ ތެރޭގައެވެ. ކޮންމެ އަންހެނެއްގެ ވެސް ދެބިސްރަވަ ވެއެވެ. ބިސްރަވަ އޮންނަނީ ރަހިމުގެ ދެފަރާތުގައި ބިސްދަތުރުކުރާ ހޮޅީގެ ރަހިމާއި ދުރަށްދިޔަކޮޅުގައެވެ. ރަހިމު އާއި ބިސްރަވަ ގުޅުވައިދޭ ހޮޅިއަކީ ބިސްދަތުރުކުރާ ހޮޅި އެވެ. ބިސްރަވައިގެ ކެންސަރު (އިނގިރޭސި ބަހުން: Ovarian cancer)ު މިއީ އާންމު ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށްޖެހޭ ކެންސަރެކެވެ.

ސަބަބު

ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

އަލާމާތްތައް

  • ދަށްބަނޑަށް އުދަނގޫވުން
  • ބަނޑު ފުފި ހަރުވުން (މިއީ ކެންސަރުގެ އަސަރު ފެތުރި ބަނޑުގައި ފެންހެދުމުން ދިމާވާ ކަމެކެވެ.)
  • ބަރުދަން ލުއިވުން
  • މުޅި ހަށިގަނޑުގައި ފެންހެދުމުގެ ސަބަބުން ނޭވާލާން ދަތިވުން

ފަރުވާ

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ކީމޯތެރަޕީ މިބާވަތުގެ ކެންސަރަށް މާރަގަޅުކަމަކަށް ނުވެއެވެ. ބިސްރަވައިގެ ކެންސަރަށް ފަރުވާ ދިނުމުގައި އޮޕަރޭޝަންކުރާއިރު ބަލީގެ އަސަރު މާބޮޑަށް ފެތުރިފައިވާނަމަ، ރަހިމު، ބިސްދަތުރުކުރާ ހޮޅި، އަދި ބިސްރަވަ އެކުގައި ވެސް ނަގަން ޖެހިދާނެ އެވެ.

މަރުޖިޢުތައް

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005