ފިރިހެނުންގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރު: Difference between revisions

Content deleted Content added
Created page with 'ފިރިހެނުންގެ ޖިންސީ ގުނަވަނަށް ކެންސަރު ޖެހެނީ އާންމުކޮށް އުމުރުން 70 އަހަރަށްވުރެ ދޮށީ މީހުންނ...'
(No difference)

17:24, 6 ޖޫން 2010ގެ ނުސްހާ

ފިރިހެނުންގެ ޖިންސީ ގުނަވަނަށް ކެންސަރު ޖެހެނީ އާންމުކޮށް އުމުރުން 70 އަހަރަށްވުރެ ދޮށީ މީހުންނަށެވެ. މިބަލީގައި އެންމެ ނުރައްކާތެރިކަން ބޮޑީ ހިއުމަން ޕެޕިލޯމާ ވައިރަސްގެ އަސަރު ކޮށްފައިވާ މީހުންނަށެވެ. މިވައިރަސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ މިވައިރަސްގެ އަސަރު ކޮށްފައިވާ އަންހެނުންނާއި، އެކު ޖިންސީ ގުޅުން ހިންގުމުންނެވެ.

ސަބަބު

ފިރިހެނުންގެ ޖިންސީ ގުނަވަނަށް ބަލިޖެހޭ ވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް ކެންސަރު ޖެހުމަށް މަގުފަހިކޮށްދޭ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވެއެވެ. އޭގެތެރޭގައި:

  • ހިއުމަން ޕެޕިލޯމާ ވައިރަސްގެ އިންފެކްޝަންޖެހުން
  • އެއްވެސް ސިފައެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން : މިކަމުގެ ސަބަބުން ފިރިހެނުންގެ ޖިންސީ ގުނަވަނުގައިވާ ޑީއެންއޭގެ ސެލްތަކަށް ގެއްލުންވެއެވެ.
  • ޚިތާނު ނުކުރުމުގެ ސަބަބުން ޚިތާނުކުރަންޖެހޭ ހިސާބުގެ ހަމުގެ ދަށުގައި ހަޑިއެއްޗެހި ހަރުލާފައި ހުރުން
  • ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވުން
  • ސޮރައިސިސް ފަދަ ހަމުގެ ބައްޔެއް ޖެހިފައިހުރުން

އަލާމާތްތައް

  • ޖިންސީ ގުނަވަނުގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ގިނަދުވަސްވުން
  • ދުޅަވެ ހަރުވެފައިވާ ތަންތަންކޮޅު ޖިންސީ ގުނަވަނުގައި ހުރުން
  • ލޭ ނުވަތަ އެނޫންވެސް އާދަޔާ ޚިލާފުއެއްޗެއް ޖިންސީ ގުނަވަނުން އައިސްފައިހުރުން
  • ބަލީގެ އަސަރު މާބޮޑަށް ފެތުރިފައިވާނަމަ ދަށްބަނޑުގައި ރިއްސުން

މިބަޔާންކުރެވުނު ގިނަ ކަންތައްތަކަކީ ފިރިހެނުންގެ ޖިންސީ ގުނަވަނަށް ޖެހޭ އެހެން ބަލި ބައްޔާއި ގުޅިގެންވެސް ފެންނާނެ އަލާމާތްތަކަކަށް ވާތީ މިފަދަ އަލާމާތެއް ފެނުނު ކަމުގައި ވިޔަސް އެކަމާމެދު ގޮތެއް ނިންމަންޖެހޭނީ ބަލަންޖެހޭ އެހެން ބެލުންތައް ބެލުމަށްފަހު ގައެވެ.

ފަރުވާ

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005