ޕްރޮސްޓޭޓް ކެންސަރު: Difference between revisions

Content deleted Content added
No edit summary
ފޮޅުވަތް 2:
 
ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަ [[ނަސްލު އުފައްދާ ނިޒާމް]] ގެ ބައެކެވެ. ދަރިފަނި ރަހިމާއި ހަމައަށް ގެންދިއުމާއި، ދަރިފަނި ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށްޓަކައި ޕްރޮސްޓޭޓް ގްލޭންޑް އިން އުފައްދާ ދިޔަވަރު މުހިއްމު ބައެއް ދައުރެއް އަދާކުރެއެވެ. ޕްރޮސްޓޭޓް ކެންސަރު އާންމުކޮށް ފެތުރެނީ ޕްރޮސްޓޭޓް ގްލޭންޑްގެ ބޭރު ފަށަލައިންނެވެ. އެއަށްފަހު ދުރަށްފެތުރި އެހެނިހެން ގުނަންތަކާއި، މައިބަދަ އާއި ކަށިތަކަށް މިކެންސަރު ފެތުރިދާނެއެވެ.
ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިއުފެދުމާއި ބެހޭ ނިޒާމްގައި ހިމެނޭ ގްލޭންޑް އެކެވެ. މިއީ ކުޑަ ކުޑަ ދޫނި ބިހެއްގެ ބޮޑުމިނުގައި ދޫނި ބިހެއްގެ ސިފައިވާ ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ މަސާނާގެ ތިރިން މަސާނާ އާއި ކުޑަކަމުދާ ހޮޅި އާއި ގުޅޭ ހިސާބުގައި އެހޮޅީގެ ވަށައި ލެވިގެންނެވެ. މިގްލޭންޑްގެ މަސައްކަތަކީ މަނީގައި ހިމެނޭ ދިޔަ އުފެއްދުމެވެ. ފިރިހެނުންނަށް ޖެހޭ ކެންސަރު %16 އަކީ ޕްރޮސްޓޭޓް ކެންސަރު އެވެ. އާންމުގޮތެއްގައި އުމުރުން 40 އަހަރަށްވުރެ ހަނގުމީހުންނަކަށް މިބާވަތުގެ ކެންސަރެއް ނުޖެހެއެވެ.
 
ޕްރޮސްޓޭޓް ކެންސަރު އަކީ ފިރިހެނުންގެ ތެރޭގައި ފާހަގަ ކުރެވޭ ޢާންމު ކަމެކެވެ.