ގުރުދާގެ ކެންސަރު: Difference between revisions

Content deleted Content added
No edit summary
No edit summary
ފޮޅުވަތް 1:
[[ގުރުދާ]]ގެ ކެންސަރު({{en|Nephroblastoma}})ގެ ތަފާތު ވައްތަރު ތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް ވައްތަރަކީ [[ވިލްމްސް ޓިއުމަރު]]({{en|Wilms Tumour}}) އެވެ. އަނެއް ވައްތަރަކީ [[ގުރުދާ ސެލް ކެންސަރު]]({{en|Hypernephroma}}) ގެ ނަމުން މަޝްހޫރު ވެފައިވާ ވައްތަރެވެ. ވިލްމްސްޓިއުމަރު އަށް '''ނެފްރޯބްލާސްޓޯމާ''' އޭ ވެސް ކިޔައެވެ. މިޓިއުމަރު އެންމެ ފުރަތަމަ ހޯދީ ޖަރުމަނުގެ ސާޖަރީ ޑޮކްޓަރެއް ކަމުގައި ޑރ ވިލްމްސް އެވެ. އެހެންކަމުން މިޓިއުމަރަށް މިބުނި ޑޮކްޓަރުގެ ނަމުން ނަންދެވުނެވެ. އާންމު ގޮތެއްގައި ވިލްމްސް ޓިއުމަރު ކުރިމަތިވަނީ ކުޑަކުދިންނަށް ކަން ފާހަގަ ކުރެވެއެވެ.
 
ކޮންމެ މީހެއްގެ ވެސް ދެގުރުދާ އޮވެއެވެ. މިއީ ތޮޅިއޮށެއްގެ ސިފައިގައި އޮންނަ ގުނަވަނެކެވެ. މިއީ އެތެރެހަށީގައި ބުރަކައްޓާއި ކައިރީގައި އޮންނަ ގުނަވަނެކެވެ. ގުރުދާ ކޮށްދޭ އެއް މަސައްކަތަކީ ލޭގެ ތެރޭގައި އުފެދޭ ބޭނުމެއްނެތް ބައިތައް ފުރާނައިދީ، ކުޑަކަމުދާ ނަޖިހަށް ބަދަލުކުރުމެވެ. ކުޑަކަމުދާ ނަޖިސް ގުރުދާ އިން ފޮނުވަނީ ގުރުތާ ނުވަތަ ޔުރެޓަރ ކިޔާ ދެހޮޅީގެ މަގުން މަސާނާ އަށެވެ. މަސާނާއަށް ޖަމާވާ ކުޑަކަމުދާ ނަޖިސް ހަށިގަނޑުން ބޭރުވަނީ ކުޑަކަމުދާ ހޮޅިންނެވެ. ގުރުދާކޮށްދޭ އަނެއް މަސައްކަތަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރާ މާއްދާއެއް އުފައްދައި ދިނުމާއި، ލޭގެ ރަތް ސެލް، އުފައްދާ މިންވަރު، ވަކި މިންގަނޑެއްގައި ހިފަހައްޓައި ދިނުމެވެ.
ގުރުދާގައި ދެބާވަތެއްގެ ކެންސަރެއް އުފެދެއެވެ. އެއީ ހައިޕަރނެފްރޯމާ،[[ހައިޕަރނެފްރޯމާ]]، އާއި [[ވިލްމުސް ޓިއުމަރު]] ކިޔާ ބާވަތުގެ ކެންސަރެވެ. ހައިޕަރނެފްރޯމާ އާންމުގޮތެއްގައި ބޮޑެތިމީހުންނަށް (ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށް) ޖެހޭއިރު، ވިލްމުސް ޓިއުމަރު ގިނައިން ޖެހެނީ ކުޑަކުދިންނަށެވެ.
 
== ސަބަބު ==
ފޮޅުވަތް 25:
* ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
 
 
 
== މަރުޖިޢުތައް ==