އުމަވީ ދައުލަތް: Difference between revisions

Content deleted Content added
No edit summary
No edit summary
ފޮޅުވަތް 1:
'''އަމީރު މުޢާވިޔަތް -1'''
 
އަމީރު މުޢާވިޔަތު ނިސްބަތްވަނީ މައްކާގެ ބަނޫއުމައްޔާ ޤަބީލާގެ ޤުރައިޝް ވަންހައަށެވެ. އަމީރު މުޢާވިޔަތް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދިން 602 ވަނައަހަރު މައްކާއަށެވެ. މުޢާވިޔަތު އުފަންވީ އާއިލާ އަކީ އެދުވަސްވަރު މައްކާގެ ވެރިންގެ ކަމުގައި އިސްކޮށް އުޅުނު ބޮޑުންގެ ގޮތުގައި ހިމެނޭ އާއިލާއެވެ. މުޢާވިޔަތުގެ ބައްޕާފުޅު އަބޫ ސުފިޔާނަކީ އޭރު މައްކާގެ ކާފަރުންގެ ތެރޭގައި ހިމެނޭ އިސްވެރިއެކެވެ. މަންމައަކީ ބަދުރު ހަގުރާމާގައި ކާފަރުންނަށް ހިތްވަރު ދިނުމުގައި އެންމެ ކުރީގައި ހުރި ހިންދު ބިންތު ޢަތަބަތެވެ. އަމީރު މުޢާވިޔަތަކީ މީލާދިން 630 ވަނަ އަހަރު މައްކާ ފަތަޚަ ކުރުމާއި ހަމައާއި ޖެހެންދެން ކީރިތި ރަސޫލާއާއި ދެކޮޅުވެރިވެ އުޅުނު މައްކާ މީހުންގެ ތެރޭގައި އިސްކޮށް އުޅުނު ބޮޑެކެވެ.
ފޮޅުވަތް 7:
އަމީރު މުޢާވިޔަތު މީލާދީން 647 ވަނަ އަހަރު އިސްލާމީ ލަސްކަރު އިތުރަށް ވަރުގަދަ ކުރައްވާ ބޭޒަންޓައިން އާއި އިތުރަށް ދިމާކުރައްވާ ހަގުރާމަކުރެއްވިއެވެ. 649 ވަނަ އަހަރު އަމީރު މުޢާވިޔަތުގެ އިސްލާމީ ލަސްކަރު ސައިޕްރަސް ހިފިއެވެ. 654 ވަނަ އަހަރު ހޯޑްސް ފަތަޙަ ކުރިއެވެ. 655 ވަނަ އަހަރު ލައިޑްސްގެ ކަޑުގެ ސަރަޙައްދުގައި އޮތް ބޭޒަންޓައިންގެ ކަނޑުގެ ފައުޖް ވަރުގަދަ ހަމަލާތަކަކަށް ފަހު ބަލި ކުރެއްވިއެވެ. އަދި އަމީރު މުޢާވިޔަތުގެ ބާރު އެނެޓޯލިޔާ ސަރަޙައްދާ ހަމައަށް ފުޅާކުރިއެވެ.
 
 
ޢަލީގެފާނާއި ދެކޮޅަށް ކުރި "ޖަމަލު ހަގުރާމަ"
 
'''ޢަލީގެފާނާއި ދެކޮޅަށް ކުރި "ޖަމަލު ހަގުރާމަ"'''
 
ޚަލީފާ ޢުސްމާން ބިން ޢައްފާން ޚަލީފަކަމުގައި ހުންނަވަނިކޮން މީހަކު އެކަލޭގެފާނު ޝަހީދުކޮށްލުމުން ޚަލީފާކަން ލިބިވަޑައިގަތީ ޢަލީގެފާނަށެވެ. ޢަލީގެފާނުގެ ޚަލީފާކަން ފެށުމާއި އެކު އެކަލޭގެފާނު އިސްލާމީ އުންމަތުގެ އެންމެހާ ކަންކަން ހަމަ މަގައް އެޅުވުމަށް މަސައްކަތް ފެއްޓެވިއެެވެ. އެގޮތުގެ މަތިން ސީރިޔާގައި އޮންނަ އިސްލާމީ ލަސްކަރުން އިންސާފުން ބޭރުން ކުރާ ކަންކަން ހުއްޓުވަން އަމުރުކުރެއްވިއެވެ. އެގޮތުން އަމީރު މުޢާވިޔަތުގެ ލަސްކަރު ބޭޒަންޓައިންގެ ރަށްތައް ހިފުމަށް ފަހު ހާއްސަކޮން ހޯޑްސް ހިފުމަށްފަހު އެރަށުގެ އާސާރީ ބިނާތަކާއި ލޯތައް އެޑެއްސާގެ ވިޔަފާރިވެރިންނަށް ވިއްކި ވިއްކުމުން އެމީހުން 900 ޖަމަލުގެ ލޮއި އެރަށުން ބޭރުކުރިއެވެ. އެކަން ބެލުމަށް ޢަލީގެފާނު އަމުރުކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ސިޔާސީ ވާދަވެރިކަމެއް އަމީރު މުޢާވިޔަތާއި ޢަލީގެފާނާއި ދެމެދު ފެށުނެވެ. އިސްލާމީ ތާރީޚު ދިރާސާ ކުރައްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢަލީގެފާނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ އަމީރު މުޢާވިޔަތާއި ކުރިމަތިލެއް ވުމެވެ.
Line 13 ⟶ 15:
މިދަޑިވަޅުބަލާ ޢަލީގެފާނުގެ ޚަލީފާކަން އަމީރު މުޢާވިޔަތު ޤަބޫލުފުޅު ނުކުރައްވާކަން އާއްމުކޮށް އިޢުލާން ކުރެއްވިއެވެ. އޭރު ރަސޫލާގެ ގިނަ އަސްޙާބީން ތިބީ ޢަލީގެފާނަށް ބައިޢަތު ހިފައިގެންނެވެ. ނަމަވެސް ގިނަ އާންމު މުސްލިމުން ތިބީ މުޢާވިޔަތުގެ ޤަވަރުނަރުކަމުގެ ދަށުން ލިބޭ މާއްދީ އެހީތެރިކަމުގެ މައްޗަށް ބަރޯސާވެ މުޢާވިޔަތުގެފާނުގެ ފަހަތުގައި އެކަލޭގެފާނަށް ތަބާވެގެންނެވެ. ޙަޟުރަތު ޢައިޝާގެފާނާއި ޠޮލްހާ ގެފާނާއި އަލްޒުބައިރުގެފާނު އިއްސަފުގައި ފާޅުގައި ޢަލީގެފާންނާއި ދެކޮޅުހެއްދެވިއެވެ. އަދި އިސްލާމީ ދަޢުލަތް ފުރަތަމަ ފަހަރަށް ބައިބައިވިއެވެ. އިސްލާމީ ލަސްކަރު ދެބަޔަށް ބައިވެ ވަރުގަދަ ފިތުނައެއް އުފެދިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ބޮޑު ހަގުރާމަ އިޢުލާނުކުރެވުނެވެ. ޢަލީގެފާނާއި ދެކޮޅަށް ކުރެވުނު މަސްހޫރު ޖަމަލުގެ ހަގުރާމަ ފެށުނެވެ. ބަސަރާގައި ކުރެވުނު ޖަމަލު ހަގުރާމައިގައި ޢަލީގެފާނުގެ ލަސްކަރު ގަދަވެ ޠޮލްހާ އަދި ޒުބައިރު ގަތުލުވެގެން ދިޔައެވެ. ޢައިޝަތުގެފާނު ހިފާ ހައްޔަރު ކުރެވި ފަހުން ޢަލީގެފާނު އެކަމަނާއަށް މަޢާފުދެއްވާ އެކަމަނާ ރައްކާ ތެރިކަމާއި އެކު މަދީނާއަށް ފޮނުވާލެއްވިއެވެ. މިހަގުރާމައިގައި އަމީރު މުޢާވިޔަތުގެފާނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ނަމަވެސް މިހަގުރާމައގެ އަޑީގައި ހުންނެވީ އަމީރު މުޢާވިޔަތުގެފާނެވެ.
 
 
ސިއްފިން ހަގުރާމަ
 
'''ސިއްފިން ހަގުރާމަ'''
 
 
މީލާދިން 657 ވަނަ އަހަރު ޢަލީގެފާނު ޖަމަލު ހަގުރާމައިން މޮޅުވުމާއި އެކު ސާމުކަރައާއި ދިމާލަށް މިސްރާބުޖެހިއެވެ. އެއީ އަމީރު މުޢާވިޔަތުގެ ލަސްކަރާއި ހަގުރާމަ ކުރައްވާ ސާމްކަރަ ޢަލީގެފާނުގެ ބާރުގެ ދަށައް ގެނައުމަށެވެ. މިގޮތުން ސީރިޔާގެ ދެކުނުގެ ރަށެއްކަމުގައިވާ ޔުފްރާދާއި ހަމައިން އަމީރު މުޢާވިޔަތުގެ ލަސްކަރާއި ބައްދަލުވެ މަޝްހޫރު ސިއްފިން ހަގުރާމަ ފެށުނެވެ. މިހަގުރާމައިގައި ދެލަސްކަރުގެ މުސްލިމުންގެ ތެރެއިން ހަތްދިހަ ހާސް މުސްލިމުން ޤަތުލުވެގެން ދިޔައެވެ. އަދި ކީރިތި ރަސޫލާގެ އަޞްޙާބީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޤަތުލުވެގެން ދިޔައެވެ. އޭގެތެރޭގައި ރަސޫލާގެ އަރިސް ޞަޙާބީއެއް ކަމުގައިވާ އުމުރުން 95 އަހަރުވެފައިވާ ޢަމްރު ބިން ޔާސިރު ހިމެނެވަޑައިގަންނަވައެވެ. ޢަމްރު ބުނު ޔާސިރު ޤަތުލުކުރީ އަމީރު މުޢާވިޔަތުގެ ލަސްކަރުގެ ހަގުރާމަ ވެރިއެކެވެ. މިހަގުރާމާގައި ލޭއޮހޮރުވުން ގިނަވެ ހަގުރާމަ އެއްވެސް ފަރާތަކަށް ކާމިޔާބު ނުލިބި ދިގުލަމުންދާތީ އަމީރު މުޢާވިޔަތުގެފާނުގެ ފަރާތުން މައްސަލަ ހައްލުކުރުމަށް ވަކީލަކު ހަމަޖެއްސުމަށް އެދުނެވެ. އަދި އެއީ އިސްލާމުން އިސްލާމުންނާ ކުރާ ހަގުރާމައެއް ކަމަށް ވުމާއިއެކު އޭރު އިސްލާމުން ހަގުރާމަކުރަމުން އައި ބޭޒަންޓައިނުން ބަލިކުރުމަށް މިހަގުރާމައިގެ ސަބަބުން އަސަރުކުރާނެކަމަށް ބުނެއެވެ.
Line 23 ⟶ 28:
ރަސޫލާގެ ކާފަދަރިކަލުންނަށް ޚަލީފާކަށް ދިނުމަށް ރަސޫލާގެ ޞަހާބީން އެދެމުން ދިޔައެވެ. ނަމަވެސް އަމީރު މުޢާވިޔަތު ގޮތްދޫނުކުރައްވާ ޚަލީފާކަން ބޭނުންފުޅު ވުމުން އިމާމް ޙަސަން ބިން ޢަލީ، މުޢާވިޔަތައް ޚަލީފާކަން ދިނުމަށް އެއްބަސްވިއެވެ. ޙަސަންގެފާނު މިނިންމުން ނިންމީ އިސްލާމީ މުޖުތަމަޢު ނިކަމެތިވެ ބައިބައިވެގެން ދިޔަނުދިނުމަށެވެ. އެއެއްބަސްވުމުގައި މުޢާވިޔަތައް ފަހު ޚަލީފާކަން ޙަސަންގެފާނަށް ދިނުމަށް އަމީރު މުޢާވިޔަތު އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މުޢާވިޔަތުގެ ޚަލީފާކަމުގައި ޙަސަންގެފާނު އާންމު ދިރިއުޅުއްވުމެއްގައި މަދީނާގައި އުޅުއްވުމަށް އެއްބަސްވެލެއްވިއެވެ. އިސްލާމީ ތާރީޚް ފާހަގަ ކުރާގޮތުގައި ޙަސަންގެފާނުގެ އެއްބަސްވުމާއި ހަމައިން އުމަވިއްޔަ ދައުލަތް އުފެދުނީއެވެ.
 
އުމަވީ ދައުލަތުގެ ޚަލީފާއިން
 
'''އުމަވީ ދައުލަތުގެ ޚަލީފާއިން'''
 
އުމަވީ ދައުލަތުގެ ޚަލީފާއިން ނިސްބަތްވަނީ އުމައްޔަދު ވަންހައިގެ ދެއާއިލާއަކަށެވެ. އެއީ ސުފްޔާނީ އާއިލާއާއި މަރްވާނީ އާއިލާއަށެވެ. ސުފްޔާނީ އާއިލާއިން ޚަލީފާކަން ކުރެއްވީ 3 ބޭފުޅުންނެވެ.
Line 38 ⟶ 45:
 
މަރުވާނީ ދަރިކޮޅުގެ ޚަލީފާއިންނަކީ
 
1- މަރުވާން(1) އިބުނު އަލްްހަކަމްއަލްހަކަމް 684 ން 685 އަށް
2- ޢަބްދުލް މަލިކު ބުނު މަރުވާން 685 ން 705 އަށް
3- އަލްވަލީދު ބުނު ޢަބްދުލް މަލިކު 705 ން 715 އަށް
Line 50 ⟶ 58:
11- މަރުވާނު ބުނު މުޙައްމަދު ބުނު މަރުވާން 744 ން 750 އަށް
 
 
އުމަވީ ދައުލަތުގެ ޚަލީފާއިންގެ ތެރެއިން ފާހަގަކޮށްލެވޭ:
 
[[އުމަވީ ދައުލަތުގެ ޚަލީފާއިންގެ ތެރެއިން ފާހަގަކޮށްލެވޭ:]]
'''އަމީރުލް މުއުމިނީން ޚަލީފާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އިބްނު މަރުވާން ބުނު ޙަކަމް'''
 
އަމީރުލް މުއުމިނީން ޚަލީފާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒުއަކީ އިސްލާމީ ގިނަ ޢިލްމުވެރިން ޤަބޫލް ކުރައްވާ ގޮތުގައި ޢަލީ ރަލިޔައްﷲ އަންޙު އަށް ފަހު އިސްލާމީ އުއްމަތުގެ 5 ވަނަ ޚަލީފާއެވެ. އެކަލޭގެ ފާނަށް މިޤަދަރާއި ޢިއްޒަތް އިސްލާމީ އުންމަތުން ދީފާވަނީ އެކަލޭގެފާނުގެ ޒާހިދުކަމާއި ވަރައަވެރިކަމާއި ޚުލްޤު ހެޔޮކަމާއި އިސްލާމްދީނަށް އެކަލޭގެފާނު ލޯބި ކުރާމިންވަރާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރައްޔިތުންނަށް ހެޔޮކަމާއި ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއި އަމިއްލައެދުން އިސްކުރުމެއްނެތި މުޅި އުންމަތުގެ ލާބަޔާއި މަންފާއަށްޓަކައި އެކަލޭގެފާނުގެ މުޅިޙަޔާތް ހޭދަކުރެއްވުމާއި ގުޅިގެންނެވެ. އަމީރުލް މުއުމިނީން ޚަލީފާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒުއަކީީ މުސްލިމު އުއްމަތައް ނަމޫނާ ވެރިއެކެވެ. އެކަލޭގެފާނުގެ ވެރިކަމުގައި ދީނީ ޢިލްމުވެރިންނަށް އިސްކަން ދެއްވިއެވެ. ޢުމުރާނީ ތަރައްޤީ ގެނެސްދެއްވިއެވެ. ތަޢުލީމަށް ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ. ޒުވާނުންނަށް މަގުތައް ފަހިކޮށްދެއްވެވިއެވެ. ވިޔަފާރި ފުޅާކޮށް އިސްލާމުންގެ އަތުން ނެގެމުން އައި ޓެކްސްތައް ކުޑަކުރައްވާ ބައެއް ޓެކްސްތައް ކަޑުއްވާލެއްވިއެވެ. އިސްލާމީ ދަޢުލަތް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރެއްވިއެވެ. ދާޚިލީ ހަމަޖެހުމަށް އިސްކަންދެއްވިއެވެ.
Line 59 ⟶ 69:
" ވެރިން އާންމު ގޮތެއްގައި އިސްކޮށްފައި ތިބެނީ ރައްޔިތުންގެ ކަންކަން ބެލުމަށެވެ. ނަމަވެސް އަހަރެންގެ ކަންކަމާއި އުޅޭނޫޅޭ ގޮތް ބެލުމަށް ރައްޔިތުން މިއަދު އަހަރެން އިސްކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެންގެ ފަރާތުން ނުރަގަޅު ކަމެއްފެނިއްޖެ ނަމަ އަހަންނަށް އިސްލާހުގެ މަގު ދައްކާދޭށެވެ. އަދި އެކަމެއް ކުރިޔަނުދީ ވަގުތުން ހުއްޓުވާށެވެ."
 
 
=='''އުމަވީ ދައުލަތް'''==
 
 
އުމަވީ ދައުލަތުގެ ޒަމާނަކީ އިސްލާމީދީން ދުނިޔޭގެ އެކިކަންކޮޅު ފެތުރިގެން ދިޔަ ރަންޒަމާނެކެވެ. އުމަވީ ދައުލަތުގެ ސަބަބުން މުޅި ހިޖާޒުކަރަ އިސްލާމުންނަށް ފަތަޙަ ކުރެވުނެވެ. އޭރުގެ ރޯމް ދައުލަތުގެ ބާރުތައް ކަނޑުވާލާ ޔޫރަޕާއި އޭޝިޔާގެ ބައްރަށް އިސްލާމީ ހަޟާރަތު ފެތުރިގެންދިޔަ އެވެ. އިސްލާމީ ވަރުގަދަ ދައުލަތެއް އިސްލާމުން ގާއިމް ކުރުމުގައި އުމަވީ ހަލީފާއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އުމަވީ ދައުލަތުގެ ޙަލީފާއިން ނިސްބަތްވަނީ އެއްމަތިފުށުގެ ދެއާއިލާއަށެވެ.
Line 66 ⟶ 78:
އުމަވީ ދައުލަތް ނިމުމަކަށް އައީ އަލް އަންދުލުސް ގައި އައްބާސީ ދައުލަތް އުފެދުމާއި ގުޅިގެންނެވެ. އައްބާސީދައުލަތް އުފެދުނީ އުމަވިއްޔަ ދަރިކޮޅާއި ހާޝިމީ ދަރިކޮޅާއި އޮތް ހަސަދައިގެ ތެރެއިންނެވެ. މީލާދީ 747 ގައި ހާޝިމީ ދަރިކޮޅުގެ ހަގުރާމަވެރިންނަށް އައްބާސީ ދައުލަތުގެ ބާރުގެ ދަށުގައި އޮތް ވަރަށް ގިނަ ސަހަރުތައް ދިޔައެވެ. މީލާދީން 749 ގައި ޤުރާޝަންއާއި ކޫފާ ހާޝިމީންގެ ލަޝްކަރުގެ އަތްދަށަށް ދިޔައެވެ. އަދި އަބޫ އަލް އައްބާސްއަށް ހަލީފާކަމަށް މުސްލިމުން ބައިތުހިފިއެވެ. ކޫފާ ހާޝިމީންގެ އަތްދަށަށް ދިއުމުން އުމަވީދައުލަތުގެ ހަލީފާއަކަށް އޭރު ހުންނެވި މަރުވާން ބުނު މުހައްމަދު ބުނު މަރުވާން ލަސްކަރެއް ހައްދަވާ ހާޝިމީންނާއި ހަގުރާމައަށް ފޮނުއްވެވިއެވެ. މިލަސްކަރު ހަރާނުން ފުރައިގެން އިރާގާއި ދިމާލަށް މިސްރާބުޖަހާ މީލާދީން 750 ވަނަ އަހަރު ޖެނުއަރީމަހުގެ ތެރޭގައި ދެލަސްކަރު ޒަބް ކިޔޭ ސަރަހައްދުން ބައްދަލުވެ ހަގުރާމަ ފެށުނެވެ.
މިހަގުރާމައަކީ މަސްހޫރު ޒަބުރު ހަގުރާމައެވެ. ދެލަސްކަރު ހަގުރާމަކޮށް އެއަހަރުގެ އޭޕްރީލްމަހު އެންމެ ފަހުން އުމަވީ ދައުލަތް ބަލިވެ ހާޝިމީން ގަދަވިއެވެ. ނަތީޖާއެއްގެ ގޮތުން ދިމިސްޤުގައި ކުރަމުންދިޔަ އުމަވީ ދައުލަތް އުވި އައްބާސީ ދައުލަތް ފެށުނީއެވެ. އުމަވީ ދައުލަތުގެ އެންމެ ހަފުގެ ޚަލީފާ މަރުވާން އަވަހާރަކޮށްލެވުނީ އެއަހަރު އޮގަސްޓް މަހު މިސްރުގައެވެ. އުމަވީ ދައުލަތް މީލާދީން 750 ވަނަ އަހަރު ނިމުމަށްފަހުވެސް އުމަވީ ދައުލަތައް ނިސްބަތްވާ ވެރިކަމެއް އަމީރުން ތިއްބަވައިގެން މީލާދީން 756 އަހަރުން ފެށިގެން މީލާދީން 1031 ވަނަ އަހަރާއި ޖެހެންދެން މުރެވުނެވެ. އުމަވީ ދައުލަތައް ނިސްބަތްވާ އަމީރުކަން ކުރެވުނީ ކޮރުދޮބާގައެވެ. އޭރު އައްބާސީ ދައުލަތް ހިގަމުންދިޔައީ ދިމިޝްޤާއި އިރާގުގައެވެ. ފަހުން މިސްރުގައެވެ.
 
[[މެމްބަރު:އުބައިދު|udeylia]] 10:57, 11 މެއި 2010 (UTC)