Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: ht:Fwa
m ރޮބޮޓ އިތުރު ކުރުނ: hy:Լյարդ; cosmetic changes
ފޮޅުވަތް 29:
=== ފުރަމޭގެ ވަޒީފީ ޔުނިޓް ===
ފުރަމޭ ގެ ބަރުދަނުގައި އެވްރެޖް ގޮތެއްގައި 1.5 ކިލޯ ގްރާމް ހުރެއެވެ. ފުރަމޭގެ ތެރޭގައި ހުންނަ ކުދިކުދި ވަޒީފީ ޔުނިޓް ތަކަށް ކިޔަނީ ''ލޮބިޔޫލް''ނުވަތަ ({{en|Lobule}}) އެވެ. ފުރަމޭ ގެ ތެރޭގައި މިފަދަ ޔުނިޓްތައް 50 ހާހާއި 100 ހާހާއި ދެމެދުގެ އަދަދަކަށް ހުރެއެވެ. މިއިން ކޮންމެ ''ލޮބިޔޫލް'' އެއް އުފެދިފައިވަނީ ''ހެޕަޓަސައިޓް'' ތައް އެތުރިގެން ހެދިފައިވާ ކޮލަމް ތަކަކުންނެވެ. ކޮންމެ ކޮލަމެއް އަނެއް ކޮލަމަކާ ވަކިކޮށްދެނީ ކުދިކުދި [[ލޭހޮޅި]]ތަކުންނެވެ.
[[Imageފައިލް:Liver11.jpg|200px|thumb|left|އެތެރެހަށީގެ ގުނަވަންތައް ދައްކައިދޭ ކުރެހުމެއް]]
=== ފުރަމޭ އޮންނަތަން ===
ފުރަމޭގެ ބޮޑުބައެއް އޮންނަނީ އެތެރެހަށީގައި ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. އަދި އެތެރެހަށިން ހަށިގަނޑުގެ މެދާއި، އަދި ވާތް ފަރާތުގައި ވެސް ފުރަމޭގެ ބައެއް އޮވެއެވެ. މިގުނަވަން އޮންނަނީ [[ފުއްޕާމޭ]] އާއި ޑައަފްރަމްގެ ބަނޑާއި، މޭ ގުޅޭ ހިސާބުގައެވެ.
 
=== ފުރަމޭގެ ބައްޓަން ===
ފުރަމޭ އޮންނަނީ އަނބެއްގެ ބައްޓަމަށެވެ. ފުރަމޭގެ 5 ފަރާތް ހުރެއެވެ. އެއީ މަތީ ފަރާތް، ތިރީ ފަރާތް، ކުރިމަތި ފަރާތް، ފުރަގަހު ފަރާތް، އަދި ކަނާތު އަރިމަތީ ފަރާތް އެވެ. ކަނާތު އަރިމަތީ ފަރާތަކީ އަނބެއްގެ ސިފަޔަށް ފުރަމޭ އޮންނައިރު އޭގެ ތިރީކޮޅެވެ. ފުރަމޭގެ އެއް ފަރާތް އަނެއް ފަރާތާއި ވަކިކުރެވިފައި ހުންނަ ބޯޑަރުތައް އެހާ ރަގަޅަކަށް ނުހުރެއެވެ. ހަމައެކަނި ރަގަޅަށް ވަކިވެފައި އިންނަނީ ތިރީ ބޯޑަރު އެވެ. ތިރީ ބޯޑަރު އަކީ ކުރިމަތީ ފަރާތާއި، ކަނާތު އަރިމަތީ ފަރާތް، ތިރީ ފަރާތާއި ވަކިކޮށްދޭ ބޯޑަރެކެވެ.
 
ފުރަމޭގެ ހުރިހާ ފަރާތްތަކެއް ހުންނަނީ ޕެރިޓޯނިއަމް ނުވަތަ ({{en|Peritoneum}}) އޭ ކިޔޭ ދުލިފަށަލަ އިން ނިވާކުރެވިފައެވެ. މިދުލިފަށަލައިން ނިވާނުވާ ތަންކޮޅެއް ފުރަމޭގެ ތެރޭގައި އިނދެއެވެ. އެތަނަށްކިޔަނީ ފުރަމޭގެ ހުސް ޖާގަ ނުވަތަ ({{en|Bare area of Liver}}) އެވެ.
 
=== ފުރަމޭގެ ލޯބްތައް ===
ފުރަމޭ އެކުލެވިގެންވަނީ ދެ ލޯބް ގެ މައްޗަށެވެ. އެއީ ކަނާތު ލޯބް އާއި ވާތު ލޯބް އެވެ. މިތަނުން ބޮޑުވާނީ ކަނާތު ލޯބް އެވެ. ދެލޯބް ވަކިކުރަނީ އަންނަނިވި ބައިތަކުންނެވެ.
 
ފޮޅުވަތް 45:
** ލިގަމެންޓަމް ޓިރީސް އިންނަ އަޑިކޮޅު:ނުވަތަ ({{en|Fissure for ligamentum teres}}) މިތަން އިންނަނީ ތިރީ ފަރާތުގައެވެ.
 
=== ފުރަމޭގެ ސަތަޙަތައް ===
** ކުރިމަތީ ފަރާތް ނުވަތަ ({{en|Anterior surface}})
ފުރަމޭގެ ކުރިމަތީ ފަރާތް އިންނަނީ ޑައަފްރަމް އަދި [[މައިދާ]]ގެ ކުރިމަތީ ފަރާތާއި ޖެހިފައި އިންނަ ގޮތަށެވެ.
ފޮޅުވަތް 51:
** މަތީ ފަރާތް ނުވަތަ ({{en|Superior surface}})
ފުރަމޭގެ މަތީ ފަރާތް ވެސް އިންނަނީ ޑައަފްރަމް އާއި ޖެހިފައި އިންނަ ގޮތަށެވެ. ޑައަފްރަމް އަކީ ފުރަމޭ މަތީ ފަރާތް، [[ފުއްޕާމޭ]]ގެ ތިރިއާއި، އަދި [[ހިތް]]އާއި ވަކިކޮށްދޭ ހުރަހެކެވެ.
[[Imageފައިލް:Gray1085.png|200px|thumb|left|ފުރަމޭގެ މަތީ ފަރާތް ދައްކައިދޭ ކުރެހުމެއް]]
 
** ފުރަގަހު ފަރާތް ނުވަތަ ({{en|Posterior surface}})
ފޮޅުވަތް 61:
*** ކޯޑޭޓް ލޯބް:ނުވަތަ ({{en|Caudate lobe}}) މިއީ އިންފީރިއާ ވީނާ ކޭވާ ޖެހިފައި އިންނަ އަޑިކޮޅު ގެ ވާތް ފަރާތުގައި އިންނަ ލޯބް އެކެވެ. މިލޯބްގެ ވަށައިގެން ބޯޑަރުލެވިފައިގޮތް މިވަނީ އެވެ. ކަނާތް ފަރާތުގައި އިންނަނީ އިންފީރިއާ ވީނާ ކޭވާ ޖެހިފައި އިންނަ އަޑިކޮޅު އެވެ. ވާތް ފަރާތުގައި އިންނަނީ ލިގަމެންޓަމް ވީނޯސަމް އިންނަ އަޑިކޮޅު އެވެ. ތިރިން އިންނަނީ ޕޯޓާ ހެޕަޓިސް ނުވަތަ ({{en|Porta hepatis}}) އެވެ. އަދި މަތިން އިންނަނީ ވާތު ފުރަމޭ ވެއިން އާއި، ލިގަމެންޓަމް ވީނޯސަމް އެވެ.
 
** ތިރީ ފަރާތް ނުވަތަ ({{en|Inferior surface}})
ފުރަމޭގެ ތިރީ ފަރާތް ވާތު ލޯބް ގައި ފާހަގަކުރެވިފައިވަނީ އެތަނުގައިވާ ގެސްޓްރިކް އިމްޕްރެޝަން ނުވަތަ ({{en|Gastric impression}}) އޭ ކިޔޭ އަޑިކޮޅު ގެ ސަބަބުންނެވެ. މިއީ [[މައިދާ]]ގެ ޖިސްމު އެތަނެއްގައި ޖެހިފައި އިންނަ އަޑިކޮޅެވެ. މިއަޑިކޮޅުގެ ކަނާތް ފަރާތުގައި އޮމާންކޮށް ވަށްކޮށް އިންނަ އުފުލުމެއް ހުރެއެވެ. މިއުފުލުމަށް ކިޔަނީ ޓޫބާ އޯމެންޓޭލް ނުވަތަ ({{en|Tuber omentale}}) އެވެ. މިއުފުލުމަކީ ލެސަރ އޯމެންޓަމް ނުވަތަ ({{en|Lesser omentum}}) ގެ ތިރީ ފަރާތް ޖެހިފައިވާ އުފުލުމެވެ.
[[Imageފައިލް:Gray1087-liver.png|200px|thumb|left|ފުރަމޭގެ ތިރީ ފަރާތް ދައްކައިދޭ ކުރެހުމެއް]]
 
*** ކޯޑްރޭޓް ލޯބް:ނުވަތަ ({{en|Quadrate lobe}}) މިއީ ފުރަމޭގެ ތިރީ ފަރާތުން ކަނާތު ލޯބް ގައި ދިގުއަކަ އެއްހެން އިންނަ ބައެކެވެ. މިލޯބް ވަށައިގެން ބޯޑަރު ކުރެވިފައިވާ ގޮތް މިވަނީއެވެ. ކުރިމަތިން އިންނަނީ ފުރަމޭ ތިރީ ފަރާތެވެ. ފަހަތުން ނުވަތަ ފުރަގަހުން އިންނަނީ ޕޯޓާ ހެޕަޓިސް އެވެ. ވާތް ފަރާތުން އިންނަނީ ލިގަމެންޓަމް ޓިރީސް އިންނަ އަޑިކޮޅު އެވެ. އަދި ކަނާތް ފަރާތުން އިންނަނީ [[ފިތް]] ޖެހިފައި އިންނަ ވަޅުގަނޑު ނުވަތަ އަޑިކޮޅު އެވެ.
ފޮޅުވަތް 72:
ފުރަމޭގެ ކަނާތު އަރިމަތީ ފަރާތް ވެސް ޖެހިފައި އިންނަނީ ޑައަފްރަމް ގައެވެ. މިހިސާބުގައި ޑައަފްރަމްއަކީ 6ން 11 ވަނަ ކައްޓާއި ހަމައަށް ހުންނަ މޭމަތީގެ ކަށިތަކާއި، ކަނާތު [[ފުއްޕާމޭ]]، ފުރަމޭ އާއި ވަކިކޮށްދޭ ހުރަހެކެވެ.
 
=== ޕޯޓާ ހެޕަޓިސް ===
ޕޯޓާ ހެޕަޓިސް އަކީ ފުރަމޭގެ މެދުގައި އިންނަ އަޑިކޮޅެކެވެ. މިއަޑިކޮޅަކީ އެއަޑިކޮޅެއްގެ ތެރެއިން ފުރަމޭ އަށް އޭގެ ލޭހޮޅިތައް ވަދެފައި ހުންނަ އަޑިކޮޅެވެ. ޕޯޓާ ހެޕަޓިސްގެ ތެރެއިން ގޮސް ފުރަމޭގެ ތެރެއަށް ވަދެފައިވާ ބައިތަކަކީ، ''ހެޕަޓިކް ޑަކްޓްތައް''، ''ފުރަމޭ އާޓަރީ'' އަދި އޭގެ ގޮފިތައް، ''ޕޯޓަލް ވެއިން'' އަދި އޭގެ ގޮފިތަކެވެ.
[[Imageފައިލް:Anatomy of liver and gall bladder.png|200px|thumb|left|ފުރަމޭ އަދި އެއާއި ގުޅިފައިވާ [[ބިލިއަރީ ނިޒާމް]] ދައްކައިދޭ ކުރެހުމެއް]]
 
== ފުރަމޭގެ ތެރޭގައި ލޭދައުރުވާ ނިޒާމް ==
ފޮޅުވަތް 82:
== ފުރަމޭގެ ވަޒީފާ ==
=== ފުރަމޭގެ ލޭދައުރުވާ ނިޒާމުންކުރާ މަސައްކަތްތައް ===
 
==== ލޭ ރައްކާކުރުން ====
ފޮޅުވަތް 94:
ފުރަމޭގެ ތެރޭގައި [[ބައިލް ސޯލްޓް]]({{en|Bile salt}}) އުފައްދައި ބޭރުކުރެއެވެ. އަދި [[ބައިލް ޕިގްމެންޓް]]({{en|Bile pigements}}) ތައް ވެސް އުފައްދައި ބޭރުކުރެއެވެ. މީގެ އިތުރުން ފުރަމޭގެ ތެރޭގައި [[ޕްލާޒްމާ ޕްރޮޓީން]] އާއި ، ލޭގަނޑުވުމުގައި ބައިވެރިވާ ބައެއް މާއްދާތައް އުފައްދައެވެ. އަދި 25-ހައިޑްރޮކްސީ ކޮލެކެލްސިފިރޯލް ނުވަތަ ({{en|25-Hydroxycholecalciferol}})ކިޔާ މާއްދާއެއް ވެސް އުފައްދައެވެ.
 
[[Imageފައިލް:Shared_7303_HM-06.jpg|200px|thumb|left|އެތެރެހަށީގެ ބައިތަކަށް ލޭފޯރުކޮށްދޭ ގޮތް ދައްކައިދޭ ކުރެހުމެއް]]
 
=== މެޓަބޮލިޒަމް އާއި ގުޅުންހުރި މަސައްކަތްތައް ===
==== ކާބޯހައިޑްރޭޓް މެޓަބޮލިޒަމް ====
* ގަލަކްޓޯސް ({{en|Galactose}})، އަދި ފުރަކްޓޯސް ({{en|Fructose}}) ގުލޫކޯޒް ({{en|Glucose}}) އަށް ބަދަލުކުރުވުން
ފޮޅުވަތް 113:
* ލޭގަނޑުވުމުގައި ޝާމިލްވާ ބައެއް މާއްދާތައް އުފެއްދުން
 
==== ފެޓް މެޓަބޮލިޒަމް ====
* ހަކަތަ އުފެއްދުމަށް ފެޓީ އެސިޑް ތައް އޮކްސިޑޭޓް ކުރުން: ތަބީޢީ ފެޓް ނުވަތަ ސަރުބީ ފުރަތަމަ ބަދަލުވަނީ ގްލިސަރޯލް ({{en|Glycerol}}) އަދި ފެޓީ އެސިޑް ({{en|Fatty acids}}) އަށެވެ.މިބަދަލުވުމަށް ކިޔަނީ ސަރުބީ ވިރުން ނުވަތަ ސަރުބީ ބައިބައިވުން ({{en|lipolysis}})އެވެ. އެއަށްފަހު ފެޓީ އެސިޑް އޮކްސިޑޭޓް ވެގެން އަސީޓައިލް ރެޑިކަލް ({{en|Acetyl radicles}}) އުފެދެއެވެ. މިބުނި އަސީޓައިލް ރެޑިކަލް ކޯއެންޒައިމް-އޭ ({{en|Co-enzyme-A}}) އާއި އެއްވުމުން އަސީޓައިލް-ކޯ ({{en|Acetyl coA}}) އުފެދިގެން ދެއެވެ. ސިޓްރިކް އެސިޑް ބުރު ({{en|Citric acid cycle}}) ގައި އަސީޓައިލް-ކޯ ގެ ބައެއް އޮކްސިޑައިޒް ވެގެން އެތަކެއް ހަކަތައެއް އުފައްދައެވެ. އަނެއްބައި އަސީޓޯ އަސީޓިކް އެސިޑް ({{en|Acetoacetic acid}}) އަށް ބަދަލުވެ، ފުރަމޭގެ ސެލްތަކުން ފަހުން މިބުނި އެސިޑް ލޭގެ ތެރެއަށް ފޮނުވާލުމުން ލޭގެ ޒަރީޢާއިން އެހެނިހެން ޓިޝޫތަކަށް ބަދަލުވެ، އެޓިޝޫތަކުގެ ތެރޭގައި އޮކްސިޑައިޒް ވެގެން ދެއެވެ.
 
ފޮޅުވަތް 120:
* ކާބޯހައިޑްރޭޓް އަދި ޕްރޮޓީން އިން ފެޓް އުފެއްދުން: މިމަސައްކަތް މައިގަނޑު ގޮތެއްގައި ހިންގަނީ ފުރަމޭގެ ތެރޭގައެވެ.
 
=== ރައްކާ ކުރުމުގެ މަސައްކަތް ===
[[ލޭ]]، ގްލައިކަޖަން، ފެޓް ރައްކާ ކުރުމުގެ އިތުރުން އަންނަނިވި މާއްދާތައް ވެސް ފުރަމޭގައި ރައްކާކޮށް ގުދަން ކުރެއެވެ.
* ބައެއް ވިޓަމިންތައް: ޚާއްޞަކޮށް [[ވިޓަމިން އޭ]]، [[ވިޓަމިން ޑީ]]، އަދި [[ވިޓަމިން ބީ]]12 ރައްކާކުރެއެވެ. އެކި ވިޓަމިން ރައްކާކޮށްފައި ބަހައްޓަނީ އެކި މުއްދަތަށެވެ. ވިޓަމިން-އޭ 10 މަސް ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓައެވެ. ވިޓަމިން-ޑީ 3 ނުވަތަ 4 މަސް ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓައެވެ. އަދި ވިޓަމިން-ބީ12 12 މަސްދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓައެވެ.
[[Imageފައިލް:Bttt.jpg|200px|thumb|right|ބިލިއަރީ ނިޒާމްގެ ބައިތައް ދައްކައިދޭ ކުރެހުމެއް]]
* ދަގަނޑު: [[ދަގަނޑު]]ނުވަތަ ({{en|Iron}}) ފުރަމޭގެ ސެލްތަކުގައި ރައްކާކުރެވިފައި ހުންނަނީ ފެރިޓިން ({{en|Ferritin}}) ގެ ސިފައިގައެވެ. ލޭގެ ތެރޭގައި ދަގަނޑުގެ މިންވަރު މަދުވުމުން ފުރަމޭގައި ހުންނަ ފެރިޓިން އިން ދަގަނޑުގެ ބައި ލޭގެ ތެރެއަށް ދޫކޮށްލައެވެ. އަދި ލޭގެ ދަގަނޑުގެ މިންވަރު މަތިވުމުން ފުރަމޭ އަށް އެބައި ނަގައި ފުރަމޭގައި ރައްކާކޮށްފައި ބަހައްޓައެވެ.
 
އެހެންކަމުން ފުރަމޭ އަކީ [[ލޭގެ ރަތް ސެލް]] ތައް އުފެއްދުމުގެ މަސައްކަތް ހިންގުމަށް ބޭނުންތެރި ގުނަވަނެކެވެ. ސަބަބަކީ މިމަސައްކަތަށް ބޭނުންވާ ބައެއް މާއްދާތައް ފުރަމޭ އިން ފޯރުކޮށްދޭތީ އެވެ. އޭގެ ތެރޭގައި ވިޓަމިން-ބީ12، [[ދަގަނޑު]]، އަދި [[ހިމަގްލޯބިން]] ގައި ހިމެނޭ ގްލޯބިން ({{en|Globin}})ގެ ބައި ހިމެނެއެވެ. މީގެ އިތުރުން [[ލޭގެ ރަތް ސެލް]] މާބަނޑުގައި އޮންނަ ދަރިފުޅުގެ ހަށިގަނޑުގައި ފުރަމޭ އިން އުފައްދައި ދެއެވެ.
 
=== ވިހަ ސާފުކުރުމާއި، ހަރަކާތް ނުކުރާނޭގޮތް ހެދުމުގެ މަސައްކަތް ===
* ވަރަށް ގިނަ ބޭސްތަކުގައި އެކުލެވޭ ވިހަ ބައި ފުރަމޭގެ ތެރޭގައި ސާފު ކުރެއެވެ. މިސާލަކަށް ''ސަލްފަނަމައިޑްސް'' ، ''ޕެނިސިލިން''، ''އިރިތްރަމައިސިން'' ފަދަ ބޭސްތަކުގެ ވިހަ ފުރަމޭގެ ތެރޭގައި ސާފު ކުރުވައެވެ.
* ވަރަށް ގިނަ ހޯރމޯން ތަކުގެ ބާރު ފުރަމޭގެ ތެރޭގައި ކަނޑުލާވައެވެ. އަދި އެހޯރމޯންތައް މަސައްކަތް ނުކުރާނޭ ގޮތް ފުރަމޭގެ ތެރޭގައި ހަދައެވެ.
ފޮޅުވަތް 151:
* ފުރަމޭއަށް އަނިޔާވުން ނުވަތަ ({{en|Liver trauma}})
* ފުރަމޭގެ އިންފެކްޝަންތައް ނުވަތަ ({{en|Liver infections}})
=== ފުރަމޭގެ ކެންސަރު ===
ފުރަމޭގެ ކެންސަރު({{en|Liver cancer}}) އަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ.
 
ފޮޅުވަތް 165:
 
 
=== ފުރަމޭގެ އެންޒައިމްތަކުގެ މިންވަރު ބެލުމަށް ބަރޯސާވާ ޓެސްޓްތައް ===
* ލޭގައި ޓްރާންސް އަމައިނޭސް ނުވަތަ ({{en|Transaminase}}) ތަކުގެ މިންވަރު ހުރިނެތްގޮތް ބެލުން: އަސްޕަރްޓޭޓް ޓްރާންސްއަމައިނޭސް ނުވަތަ ({{en|Aspartate transaminase}}) ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 40-8 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ. އަލަނީން ޓްރާންސްއަމައިނޭސްނުވަތަ ({{en|Alanine transaminase}}) ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 30-5 ޔުނިޓާއި ދެމެދުގެ މިންވަރެކެވެ.
 
ފޮޅުވަތް 183:
 
 
=== ޕްލާޒްމާ ޕްރޮޓީންގެ މިންވަރު ބެލުމަށް ބަރޯސާވާ ޓެސްޓްތައް ===
* ލޭގައި އަލްބިޔޫމިން ނުވަތަ ({{en|Albumin}}) ގެ މިންވަރު ހުރިނެތްގޮތް ބެލުން: އަލްބިޔޫމިން އުފައްދަނީ ހަމައެކަނި ފުރަމޭ އިންނެވެ. ލޭގައި ކޮންމެ ޑެސިލިޓަރެއްގައި 5-3.5 ގްރާމްގެ އަލްބިޔޫމިން ހުރެއެވެ. އެވްރެޖް ގޮތެއްގައި މިއަދަދު އުޅެނީ 4.2 ގްރާމްގައެވެ.
 
ފޮޅުވަތް 207:
* ލޭގައި އެމޯނިޔާ ހުރި މިންވަރު ބެލުން: ފުރަމޭ ފޭލްވުން ފަދަ ބަލިތަކުގައި އެމޯނިޔާގެ މިންވަރު ލޭގައި އިތުރުވެ މަތިވެގެންދެއެވެ.
 
=== ފުރަމޭއިން އުފައްދާ ބައިލް ޕިގްމެންޓް ތަކަށް ބަރޯސާވާ ޓެސްޓްތައް ===
 
* ލޭގެ ބިލިރޫބިން
ފޮޅުވަތް 225:
 
 
=== ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް ===
* ގުލްކޯޒް ޓޯލަރެންސް ޓެސްޓް: ނުވަތަ ({{en|Glucose tolerance test}})
* ގަލަކްޓޯސް ޓޯލަރެންސް ޓެސްޓް: ނުވަތަ ({{en|Galactose tolerance test}})
 
=== ފެޓް މެޓަބޮލިޒަމްގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް ===
* ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 200-150 މިލިގްރާމްގެ ކޮލެސްޓިރޯލްނުވަތަ ({{en|cholesterol}}) އެކުލެވިގެން ވެއެވެ. ރީނދޫވުމުގެ ބައެއް ވައްތަރުގައި ކޮލެސްޓިރޯލް ލޭގައި އިތުރުވެގެން ދެއެވެ. ފުރަމޭ ފޭލްވުން ފަދަ ބަލީގައި ކޮލެސްޓިރޯލްގެ މިންވަރު ހުންނަނީ އާދައިގެ މިންވަރަކަށެވެ.
 
=== ވިހަ ސާފުކުރުމުގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް ===
* ބްރޯމްސަލްފަލީން ނުވަތަ ({{en|Bromsulphalein}}) ޓެސްޓް: މިޓެސްޓް ހެދުމަށް ބްރޯމްސަލްފަލީން ޑައި ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 5 މިލިގްރާމްގެ ނިސްބަތުން އިންޖެކްޝަން ޖަހައިގެން ލޭގެ ތެރެއަށް ފޮނުވާނީއެވެ. އާންމު ގޮތެއްގައި މި މާއްދާގެ 90 އިންސައްތަ 45 މިނިޓްގެ ތެރޭގައި ލެއިން ސާފުކޮށްލާނެއެވެ. ނަމަވެސް ފުރަމޭގެ ބަލިތަކުގައި ލެއިން ސާފުވާ މިންވަރު މަދުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެޑައި ލޭގައި ޖަމާވާނެއެވެ.
 
ފޮޅުވަތް 243:
ފުރަމޭ ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ 1963 ވަނަ އަހަރު އެވެ. މިހާރުވެސް އަހަރަކު 5000 މީހުން ފުރަމޭ ބަދަލުކުރަން ޖެހޭކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. އަދި ފުރަމޭ ބަދަލުކުރާ މީހުންގެ ތެރެއިން 85 އިންސައްތަ މީހުންގެ ފުރާނަ ސަލާމަތް ކުރެވެއެވެ.
 
=== ފުރަމޭ ބަދަލުކުރަންޖެހޭ ބައެއް ޙާލަތްތައް ===
** ފަހު މަރުޙަލާއަށް ގޮސްފައިވާ ފުރަމޭގެ ބަލިތައް: މިސާލަކަށް ފުރަމޭ ހަލާކުވުން
** ކުއްލިއަކަށް ނުރައްކާތެރި ޙާލަތަކަށް ފުރަމޭ ފޭލްވެގެން ދިއުން
ފޮޅުވަތް 264:
 
 
== އަދިވެސް ބައްލަވަ ލައްވާ ==
* [[Liver function tests|ފުރަމޭގެ މަސައްކަތް ބެލުމަށް ކުރެވޭ ޓެސްޓްތައް]]
* [[Hepatocyte|ހެޕަޓޯސައިޓް]]
* [[Bile canaliculus|ބައިލް ކެނެލިކިއުލަސް]]
* [[ބައިލް]]
 
 
ފޮޅުވަތް 276:
* ކުމާރު އެންޑް ކްލާކް ކްލިނިކަލް މެޑިސިން - ސައުންޑާރސް
 
== އިތުރު ފޮޓޯތައް ==
<gallery>
Image:Digestive system showing bile duct.png|ހަޖަމް ކުރުމުގެ ނިޒާމް.
ފޮޅުވަތް 289:
</gallery>
 
[[Categoryޤިސްމު:އިންސާނާގެ ހަށިގަނޑު]]
[[Categoryޤިސްމު:ހަޖަމުކުރާ ނިޒާމް]]
[[Categoryޤިސްމު:ބިލިއަރީ ނިޒާމް]]
[[Categoryޤިސްމު:އެތެރެހަށީގެ ގުނަވަންތައް]]
 
[[an:Figado]]
ފޮޅުވަތް 328:
[[ht:Fwa]]
[[hu:Máj]]
[[hy:Լյարդ]]
[[id:Hati]]
[[io:Hepato]]