Content deleted Content added
No edit summary
No edit summary
ފޮޅުވަތް 65:
}}
 
ލުބުނާނަކީ، ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
 
==އަވަސް ކަޅިއަކުން ބަލައިލުމެއް==
ލުުބުނާނުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. މީގެ އިތުރުން ކޮންޑިޝަނަލް ރަސްމީ ބަހެއްގެ ގޮތުގައި ފަރަންސޭސި ބަސް ބޭނުންކުރެވެއެވެ. ލުބުނާނުގައި ވާހަކަ ދައްކާ ބަސްތަކަކީ އަރަބި ބަސް (ލުބުނާނު ލަހުޖާ) އާއި ފަރަންސޭސި ބަހާއި އިނގިރޭސި ބަހާއި އަރްމީނިޔަން ބަހެވެ.
އިނގިރޭސި ބަހުން ލެބަނީޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބައިރޫތެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ.
ލުބުނާނުގައި އޮންނަނީީ ކޮންފެޝަނަލިސްޓް، އަދި ބަރުލަމާނީ ޖުމްހޫރިއްޔާއެވެ.
ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 124 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.
ބިމުގެ ބޮޑުމިނަކީ 10452 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ lb. އެވެ. ކޯލިން ކޯޑަކީ +961 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލެބަނީޒް ޕައުންޑެވެ.
 
==ނަން==
ލުބުނާނުގެ ނަން އައިސްފައިވަނީ ސާމީ ރޫޓް ބަހެއް ކަމުގައިވާ ލބނ އިންނެވެ. މީގެ މާނައަކީ “ހުދު” އެވެ. މި ނަން ނިސްބަތްކޮށްފައިވަނީ މައުުންޓް ލުބުނާނަށެވެ. އެއީ އެ ފަރުބަދަ މަތީގައިވާ ހުދުކުލައިގެ ބަރަފް (ސްނޯ)އަށް ނިސްބަތްކޮށެވެ.
 
==ޖުޣުރާފީ==
ލުބުނާނުގެ އިރުމައްޗާއި އުތުރުގައި އޮތީ ސޫރިޔާއެވެ. ދެކުނުގައި އޮތީ އިސްރާއީލެވެ. މި ޤައުމު އޮންނަނީ މެދުތެރޭ ކަނޑުގެ އިރުމަތީ އައްސޭރީގައެވެ.
 
==ތާރީޚު==
މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ ޖިބީލް ނުވަތަ ބިބްލޯސްއަކީ ލުބުނާނު ސަރަޙައްދުގައި އެންމެ ކުރީން އާބާދުވި އެއް ޝަހަރެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު ވެސް މެދުކެނޑުމެއްނެތި މީހުން ދިރިއުޅެމުންދާ އެންމެ ދުވަސްވީ ޝަހަރުތަކުގެ ތެރެއިން އެއް ޝަހަރަކީ ޖިބީލްއެވެ.
މި ޝަހަރު އާބާދުވެފައިވާ ކަމަށް އާސާރީ ހޯދުންތަކުން ދައްކަނީ އީސާއީ މީލާދުގެ 5000 އަހަރު ކުރީންނެވެ.
ލުބުނާނުގެ އަޞްލު ރަށްވެހީން ކަމުގައި ފޮއެނީޝިޔަނުންނަކީ ކަނޑު ދަތުރު ފަތުރަށް ވަރަށް ކުޅަދާނަ ބައެކެވެ.
އުސްމާނީ ދައުލަތުގެ ބައެއްގެ ގޮތުގައި 400 އަހަރު ވަންދެން ލުބުނާނު އޮތެވެ. 1918 އަހަރުން ފެށިގެން ލުބުނާނު އޮތީ ފްރެންޗް މެންޑޭޓް އޮފް ސީރިޔާގެ ބައެއްގެ ގޮތުގައެވެ.
ފަރަންސޭސި ވިލާތުގެ ކިބައިން މިނިވަންކަން އެ ޤައުމުން އިޢުލާންކޮށްފައިވަނީ 26 ނޮވެންބަރު 1941 ގައެވެ. މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަނެވުނީ 22 ނޮވެންބަރު 1943 ގައެވެ.
 
==ޑެމޮގްރަފިކްސް==
ލުބުނާނުގެ މިހާރުގެ އާބާދީއަށް ބަލާއިރު، އާބާދީގެ 95% އަކީ އަރަބި ނަސްލުގެ މީހުންނެވެ. 4% އަކީ އަރްމީނިޔަނުންނެވެ. 1% މީހުންނަކީ އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ.
ލުބުނާނުގައި މީހުން އުޅޭ ތަފާތު ދީންތަކަށް ބަލާއިރުގައި ސުންނީ މުސްލިމުންނަކީ އާބާދީގެ 28% އެވެ. ޝީޢީންނަކީ ވެސް އާބާދީގެ 28% އެވެ. 22% އަކީ މާރޫނީންނެވެ. 8% އަކީ ގްރީކް އޮތޮޑޮކްސް މީހުންނެވެ. 5% އަކީ ދުރޫޒުންނެވެ. 4% އަކީ ގްރީކް ކެތަލިކުންނެވެ. 5% އަކީ އެހެން ދީންތަކަށް ނިސްބަތްވާ މީހުންނެވެ. އަރަބި ޤައުމުތަކުގެ ތެރެއިން މުސްލިމުންގެ ނިސްބަތް އެންމެ ދަށް ޤައުމަކީ ލުބުނާނެވެ.
 
==ސަގާފަތު==
މިއަދުގެ ލުބުނާނު އޮތް ސަރަޙައްދަކީ ތަފާތު އެތައް ތަހުޒީބަކާއި ސަގާފަތްތަކެއް އައިސް ބައްދަލުވި ސަރަޙައްދެކެވެ. ޙަޤީޤަތުގައި ލުބުނާނަކީ ފޮއެނީޝިޔަނުންގެ އަޞްލު ވަޒަނެވެ.
ލުބުނާނުގެ މައްޗަށް އޭގެ ފަހުން ބާރު ފޯރުވާފައިވާ މީހުންގެ ތެރޭގައި އާޝޫރީންނާއި ފާރިސީންނާއި ޔޫނާނީންނާއި ރޫމީންނާއި އަރަބީން ހިމެނެއެވެ. މީގެ އިތުރުން ޞަލީބީންނާއި އުސްމާނީ ތުރުކީންނާއި ފަރަންސޭސީން ވެސް ހިމެނެއެވެ.
ލުބުނާނުގެ ސަގާފަތް ބައްޓަންވެގެން ދިއުމުގައި މި ފަރާތްތަކުގެ ނުފޫޒު ވަރަށް ބޮޑެވެ. މީގެ ތެރެއިން ވެސް ބޮޑަށް ފާހަގަކޮށްލެވެނީ އަރަބީންނާއި ފަރަންސޭސީންނެވެ.
 
==އިޤްތިޞާދު==
ލުބުނާނަކީ އަރަބި ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އެންމެ ހުނަރުވެރި މަސައްކަތު މީހުން ތިބި ޤައުމެވެ. އެހެންކަމުން ބޭރު ޤައުމުތަކުގައި މަސައްކަތްކުރާ ލުބުނާނު މީހުން ޤައުމަށް ފޮނުވާ ފައިސާއަކީ ވެސް ލުބުނާނުގެ އިޤްތިޞާދުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އެއްޗެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 13952 ޑޮލަރެވެ.
 
{{Link FA|ur}}