ހާރޓް އެޓޭކް ޖެހުން: Difference between revisions

Content deleted Content added
ފޮޅުވަތް 72:
 
== ރައްކާތެރިވުން ==
* ދުންފަތުގެ އިސްތިއުމާލުނުކުރުން : މިއީ ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމެވެ. މިއީ އުދަނގޫ އެހެން ނަމަވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
* ދުންބޯ މީހުންގެ ކައިރީގައި ހުރުމަކީ އެދުމުގެ އަސަރު ކައިރީގައި ހުންނަ ދުން ނުބޯ މީހާއަށް ވެސް ކުރާނެ ކަމެކެވެ. ވުމާއެކު ދުންބޯ މީހުންނާއި ދުރުވެ ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
* ކޮލެސްޓްރޯލް މަތިވިޔަނުދޭށެވެ. ކޮލެސްޓްރޯލް މަތިވެފައި ހުރިތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓް ހަދައި މެޑިކަލް ޗެކްއަޕް ހެދުމަކީ ކުރަންޖެހޭނެ ކަމެކެވެ. ވުމާއެކު އަހަރެއްގެ ތެރޭގައި އެއްފަހަރު ނަމަވެސް މިފަދަ ޓެސްޓް ހެދުމަކީ މުހިއްމު ކަމެކެވެ.
* ލޭމައްޗަށްދާމީހުން އެކަމަށް ބޭސް ނުކުރުމަކީ ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަމަކަށްވާއިރު ލޭގެ ޕްރެޝަރު އޭގެ ފުރިހަމަ މިނުގައި ހިފެހެއްޓުމަކީ ހިތުގެ ބަލިތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ. ވުމާއެކު ލޭމައްޗަށްދިއުމާމެދު ފަރުވާ ކުޑަ ނުކުރުމަކީ މުހިއްމު ކަމެކެވެ.
* ފަރުވާ ތެރިކަމާއެކު ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް އެއްފަހަރު ހާޓް އެޓޭކެއް ޖެހި ރަގަޅުވެފައިވާ މީހުން ވެސް ކަސްރަތުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. އޭގެ ސަބަބުން ހަށިގަނޑު ލުއިވެގެންދިއުމާއެކު ހަކުރު ބަލި ފަދަ ބަލިތަކުން ސަލާމަތްވުމަށް އެހީތެރި ވެދެއެވެ.
* ހަށިގަނޑު މާބޮޑަށް ބަރުވެގެން ދިއުމަކީ ވަރަށް ގިނަ ބަލިތަކަށް ދެވޭ ދައުވަތެކެވެ. އޭގެ ތެރޭގައި ކޮލެސްޓްރޯލްމަތިވުން، ލޭމައްޗަށްދިއުން އަދި ހަކުރު ބަލިޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.
* ފައިދާހުރި ކާނާ ބޭނުންކުރުން : މިއީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ތެޔޮ، ހަވާދު، ލޮނު، އަދި ހަކުރު ގިނައިން ހިމެނޭ ކާނާ ބޭނުންކުރުމަކީ ޞިއްޙަތަށް ފައިދާހުރި ގޮތެއް ނޫނެވެ. ތަރުކާރީ އާއި ފަތް އަދި މޭވާގެ ބާވަތްތައް އެކުލެވޭ ކާނާ ބޭނުންކުރުމަކީ ހިތުގެ ބަލިތަކުން މިންޖުވުމަށް ބޭނުންކުރުމަށް އެންމެ ރަގަޅު ތަކެއްޗެވެ.
* އާއިލީ ދިރިއުޅުމާއި އަދި އާންމުދަނީ ހޯދުމަށް މަސައްކަތްކުރާ ދާއިރާގައި ވެސް ހިތްހަމަޖެހޭ އަދި ހާސްކަން ކުޑަ ގޮތަކަށް ކަންކަން ރޭވިފައި ހުރުމަކީ މުހިއްމު ކަމެކެވެ.
[[Category:ބަލިތައް]]
[[ޤިސްމު:އެކަށޭނަ ލިޔުން]]