ހާރޓް އެޓޭކް ޖެހުން: Difference between revisions

Content deleted Content added
No edit summary
ފޮޅުވަތް 15:
ފިރިހެނުންނާއި ޒުވާނުންނާއި އަޅާބަލާއިރު، އުމުރުން ދުވަސްވީ މުސްކުޅިންނާއި އަންހެނުންނަށް ހާރޓް އެޓޭކް ޖެހުމުން ފެންނަ އުދަގޫތައް ތަންކޮޅެއް ތަފާތެވެ. ނުވަތަ ހާރޓް އެޓޭކް ޖެހުމާއި ގުޅިގެން ފެންނަ ހަގީގީ ސިފަތައް މުޅިން ނުފެނި ( އަންހެނުންނާއި ދުވަސްވީ މީހުންގެ ކިބައިން ) މުޅިން ނުފެނި ހިގައިދާނެއެވެ. ހާރޓް އެޓޭކް ޖެހުމުން އަންހެނުންގެ ކިބައިން ފެންނަ އެންމެ އާންމު ޢަލާމާތްތަކަކީ [[ނޭވާ ކުރުވުން]]، ވަރުބަލިވުން، އަދި ވަރުދެރަވުން އެވެ. ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހާރޓް އެޓޭކް ޖެހުމުގެ މަސް ދުވަސްކުރިން، ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ނިދިނައުން ފަދަ އުދަގޫތައް އަންހެނުންނަށް ތަހައްމަލު ކުރަންޖެހެއެވެ.
ހާރޓް އެޓޭކް ޖެހޭ މީހުންގެ ތެރެއިން ½ މީހުންނަށް ހިތުގެ ބައެއް މަރުވެ ހަލާކުވުމުގެ ކުރިން އޭގެ ނުރައްކާތެރި ނިޝާންތައް (މޭގައި ރިހުން، މޭތެޅުން، ނޭވާކުރުވުން، ވަރުބަލިވުން ) ފެނިދެއެވެ. ހަމަމިހެން ހާރޓް އެޓޭކް ޖެހޭމީހުންގެ ¼ މީހުންނަށް އެކަން ކުރިމަތިވަނީ ހިމޭން ( އުދަގޫތައް މެދުވެރިވުމެއްނެތި) ކަމެއްގެ ގޮތުގައެވެ. މާނައަކީ އަލާމާތްތައް ފެނުމެއްނެތި ފުރަތަމަވެސް ހާރޓް އެޓޭކް ޖެހުމެވެ. ހާރޓް އެޓޭކް ޖެހުމުގެ ކުރިން އޭގެ އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން އާންމުކޮށް މެދުވެރިވަނީ އުމުރުން ދުވަސްވީ މީހުންނާއި، [[ހަކުރު ބަލި]]ގެ މީހުން، އަދި [[ހިތް ބަދަލުކުރުން]] ފަދަ އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނަށެވެ. ހިތް ބަދަލުކޮށްފައި ތިބޭމީހުންނަށް މިގޮތަށް ( އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން) ދިމާވަނީ ހަދިޔާ ކުރެވުނު [[ހިތް]] ގެ [[ފަތިނާރު]] ތައް [[ހިތް]] އިންދުނު މީހާގެ ހަށިގަނޑާއި ގުޅިފައިނުވާތީ އެވެ.
 
{{ambox | text = މިލިޔުމުގައި 09 މާރޗް 2010 ގެ ހަވީރު ނޫހުގައި ޑރ ޢަބުދުﷲ އުބައިދު ލިޔެފައިވާ ލިޔުމެއްގެ ބައެއް ހިމެނެއެވެ.}}
 
ހިތްހުއްޓުން ނުވަތަ ހާރޓް އެޓޭކްގެ އަލާމާތްތައް ގިނައެވެ. އަދި ތަފާތު ގޮތްގޮތަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވިފައި ވެއެވެ. އެއްފަހަރު ހާޓް އެޓޭކް ޖެހިފައިވާ މީހާއަށް ދެވަނަ ފަހަރަށް އެކަން ދިމާވުން ވެސް އެއީ ހާޓް އެޓޭކް އެއްކަން ފާހަގަ ނުކުރެވިދާނެ އެވެ. އާންމުގޮތެއްގައި ފެންނަ އަލާމާތްތަކަކީ:-
Line 31 ⟶ 33:
* ނޭވާކުރުވުން، އަދި ފުރިހަމަ ނޭވާއެއްލާން އުދަނގޫވުން
* މޫނުމައްޗަށް އަދިރިވުން، އަދި ހޭނެތުން
 
 
== ސަބަބު އަދި ފުރުޞަތު އިތުރުކުރާ ކަންތައްތައް ==